ދުނިޔޭގެ އެކި ކަންކޮޅުތަކުން އާއްމުންގެ ވޯޓާއެކު ރާއްޖޭން ބަލިކުރި ގައުމުތަކުގެ ތެރޭގައި ދުބާއީ، އިންޑޮނޭޝިއާ، ނިއުޒިލޭންޑް، ސްޕެއިން އަދި ވިއެޓްނަމް ފަދަ މަޝްހޫރު ގައުމުތައް ހިމެނެ އެވެ.
ދުނިޔޭގެ އެންމެ ފުރިހަމަ ޓޫރިޒަމް މަންޒިލް، ނުވަތަ ވޯލްޑް ލީޑިން ޓޫރިޒަމް މަންޒިލުގެ އެވޯޑު، ޖައްސަ ޖައްސައިގެން ރާއްޖެއިން ހަތަރުވަނަ ފަހަރު ހޯދައިފި އެވެ.
ވޯލްޑް ޓްރެވަލް އެވޯޑުން ދޭ މި އެވޯޑު މީގެ ކުރިން ވަނީ 2020 ވަނަ އަހަރާއި 2021 އަދި 2022 ވަނަ އަހަރު ވެސް ލިބިފަ އެވެ. އެހެންވެ މިއީ މި އެވޯޑުގެ އެންމެ ފުރިހަމަ މަންޒިލްތަކަށް ރާއްޖެ ޖައްސަ ޖައްސައިގެން ހޮވުނު ހަތަރު ވަނަ ފަހަރެވެ، ރާއްޖެއަށް މި އަހަރު ވެސް މި އެވޯޑު ލިބިފައި ވަނީ ދުނިޔޭގެ ޓޫރިޒަމްގެ މަޝްހޫރު ގިނަ ގައުމުތަކާ ވާދަ ކޮށެވެ. ރާއްޖޭން ވަނީ 17 ގައުމެއް ބަލި ކޮށްފަ އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން އާއްމުންގެ ވޯޓާއެކު ރާއްޖޭން ބަލިކުރި ގައުމުތަކުގެ ތެރޭގައި ދުބާއީ، އިންޑޮނޭޝިއާ، ނިއުޒިލޭންޑް، ސްޕެއިން އަދި ވިއެޓްނަމް ފަދަ މަޝްހޫރު ގައުމުތައް ހިމެނެ އެވެ.
މީގެ ކުރިން ވެސް ރާއްޖެ އިން ވަނީ އެކި އަހަރުތަކުގައި މި އެވޯޑް ހާސިލްކޮށްފަ އެވެ.
ދުބާއީގެ ބުރުޖް އަލް އަރަބްގައި ރޭ ބޭއްވި އެވޯޑް ހަފްލާގައި އެންމެ ޝަރަފްވެރި ދެ މަގާމު މިއަހަރު ވެސް ކާމިޔާބު ކުރީ ރާއްޖެއިންނެވެ. އެގޮތުން، އެންމެ މަގުބޫލު މަންޒިލުގެ އެވޯޑުގެ އިތުރުން ދެން ކާމިޔާބު ކޮށްފައި ވަނީ ދުނިޔޭގެ ލީޑިން ބޯޑް 2023 ހާސިލްކޮށްފަ އެވެ. މި އެވޯޑް ލިބިފައި ވަނީ ޓޫރިޒަމް އިޝްތިހާރު ކުރާ އެމްއެމްޕީއާރްސީ އަށެވެ. މިއީ ޖެހިޖެހިގެން އެމްއެމްޕީއާރްސީ އިން މި އެވޯޑް ހާސިލްކުރި ދެވަނަ ފަހަރެވެ.
އިތުރަށް ނޯމިނޭޓްވި އެވޯޑްތައް؛
މިއަހަރު ޑަބްލިއުޓީއޭގެ އެވޯޑްސްއަށް އަލަށް ތައާރަފްކުރި ގްލޯބަލް ޓޫރިޒަމް ރެސިލިއެންސް އެވޯޑް ލިބުނު ފަސް ގައުމުގެ ތެރޭގައި ވެސް ރާއްޖެ ވަނީ ހިމެނިފަ އެވެ. މިއީ ސްޓްރެޓެޖިކް ގޮތެއްގައި ކެޕޭސިޓީ ބިނާކޮށްގެން ޑިސްޓްރަޕްޝަންތަކުން ހަލުވިކަމާއެކު އަރައިގަތުމުގައި ދުނިޔޭގެ ފަތުރުވެރިކަމުގެ ސިޔާއަތުގެ އެންމެ ކުރީ ސަފުގައި ނަގާކިޔާލެވޭ ފަސް ގައުމަށް ދިން އެވޯޑެކެވެ.