މިއަހަރުގެ ޓްރެވެލް ޝަހުސިއްޔަތު އެވޯޑް މައުސޫމަށް

އެގޮތުން، ދުނިޔޭގެ ޓޫރިޒަމް ސިނާއަތުގައި "އޮސްކާ އެވޯޑު" ގެ ގޮތުގައި ނަން ކުރާ ވޯލްޑް ލީޑިން ޓޫރިޒަމް މަންޒިލުގެ އެވޯޑު، ޖައްސަ ޖައްސައިގެން ރާއްޖެއިން ހަތަރު ވަނަ ފަހަރު ވަނީ ހޯދާފަ އެވެ.

ޓްރެވެލް ޕާސަނިލިޓީ އޮފް ދި އިޔާ އެވޯޑް މައުސޫމް ވަނީ ރޭ ހާސިލް ކުރައްވާފައި --

ޓޫރިޒަމް ދާއިރާގެ އެންމެ މަގުބޫލު އެއް އެވޯޑުކަމުގައިވާ ވޯލްޑް ޓްރެވެލް އެވޯޑް ހަފްލާގައި، "ޓްރެވެލް ޕާސަނިލިޓީ އޮފް ދި އިޔާ 2023" އެވޯޑް، ރާއްޖޭގެ ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމަށް ލިބިވަޑައިގަނެއްޖެ އެވެ.

ދުބާއީގެ މަޝްހޫރު ބްރުޖް އަލް އެރެބް ހޮޓަލުގައި ރޭ ބޭއްވި އެވޯޑް ހަފްލާގައި މި ޝަރަފްވެރި އެވޯޑް މައުސޫމަށް ލިބިވަޑައިގެންފައި ވަނީ އެ ދާއިރާއަށް ކޮށްދެއްވާފައިވާ ހިދުމަތާއި ހޯއްދަވާފައިވާ ކާމިޔާބީތަކުގެ ސަބަބުންނެވެ. 

އެވޯޑް ހާސިލް ކުރެއްވުމަށްފަހު ޓްރެވެލް ނިއުސްއަށް ދެއްވި އުންޓަވިއުއެއްގައި މައުސޫމް ވަނީ ރާއްޖޭގެ އަދި ދުނިޔޭގެ ޓޫރިޒަމް ދާއިރާގައި ޝާމިލްވާ އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވާފަ އެވެ.

ޓްރެވެލް ޕާސަނިލިޓީ އޮފް ދި އިޔާ އެވޯޑް މައުސޫމް ވަނީ ރޭ ހާސިލް ކުރައްވާފައި --

އެހެން އަހަރުތަކެކޭ އެއްގޮތަށް ރޭގެ ހަފްލާގައި ރާއްޖެއަށް އިތުރު މުހިންމު އެވޯޑުތަކެއް ވެސް ވަނީ ލިބިފަ އެވެ. އެގޮތުން، ދުނިޔޭގެ ޓޫރިޒަމް ސިނާއަތުގައި "އޮސްކާ އެވޯޑު" ގެ ގޮތުގައި ނަން ކުރާ ވޯލްޑް ލީޑިން ޓޫރިޒަމް މަންޒިލުގެ އެވޯޑު، ޖައްސަ ޖައްސައިގެން ރާއްޖެއިން ހަތަރު ވަނަ ފަހަރު ވަނީ ހޯދާފަ އެވެ.

މީގެ އިތުރުން، މުޅިން އަލަށް ދޭން ފެށި ރިސެލިއެންސް އެވޯޑް ހާސިލްކުރި ފަސް ގައުމުގެ ތެރޭގައި ވެސް ރާއްޖެ ހިމެނެ އެވެ. އަދި، ދުނިޔޭގެ ލީޑިން ޓޫރިސްޓް ބޯޑް 2023 ރާއްޖޭގެ އެމްއެމްޕީއާރްސީއަށް ލިބިފައިވެ އެވެ. އަދި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދަށް ސްޕެޝަލް އެޗީވްމެންޓް އެވޯޑް ލިބުނެވެ.

ދުނިޔޭގެ ލީޑިން ސީޕްލޭންގެ އެވޯޑް ވެސް ލިބުނީ ރާއްޖެ އަށެވެ. މި އެވޯޑް ލިބުނީ ޓީއެމްއޭ އަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.