ބަފައެއް، ވެރިއެއް، ފަރުދެއް ؛ އަހުރެންގެ ޒިންމާއެއް އެބައޮތް

ދައުވަތަކާއެކު އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެންމެން މި ވިސްނާ ވިސްނުންތަކާ، ކުރާ މަސައްކަތުގެ ސަބަބުން، އެދެވޭ ރަނގަޅު ނަތީޖާތަކެއް ނެރެވޭކަން ކަށަވަރު ކުރަން ހިނގައިގަންނަމާހެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ކޮޕް-28 ގެ ކޮންފަރެންސްގައި ތަގުރީރު ކުރައްވަނީ

ކޮޕް-28 ސަމިޓް -- ކޮންފަރެންސް އޮފް ދަ ޕާޓީސް ޓް ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގެ ޓޮޕް ލީގު ސެގްމެންޓްގައި އިއްޔެ ދިވެހިރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދެއްކެވި އެވެ. އެއަކީ ދިވެހިރާއްޖޭގެ ރައީސް ކަމުގައި ހުންނަވައި އެ މަނިކުފާނު މިރާއްޖެ ތަމްސީލު ކުރައްވާ ބައިނަލްއަގުވާމީ ފުރަތަމަ ސަމިޓެވެ. ދެއްވި ތާރީހީ ތަގުރީރު ވެސް މެއެވެ. ކޮޕް-28 ގެ ޕޯޑިއަމްގައި ވަރަށް މުހިންމު މެސެޖްތަކެއް ރާއްޖެއަށާއި ދުނިޔެއަށް ރައީސް މުއިއްޒު ދޫކޮށްލެއްވި އެވެ. 

ރާއްޖޭގެ ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިތާވީ 15 ދުވަހުގެ މުއްދަތަށް އިޝާރާތެއް ކުރެއްވުމާއެކު ވިދާޅުވި ގޮތުގައި އެ މަނިކުފާނު ދިވެހިރާއްޖޭގެ ޒައާމަތަށް ވަޑައިގަތީ ގައުމީ މަސްލަހަތު ހިމާޔަތް ކުރާން ވައުދު ވެގެނެވެ. ކޮންމެ ދިވެއްސަކަށް ވެސް ފާގަތި މުސްތަގުބަލެއް ހޯދައިދޭނެ ކަމަށް ވެސް ވައުދު ވެގެނެވެ. އެ ވައުދުތައް ފުއްދައި ދޭން ކުރެވެން ހުރި ހުރިހާ ކަމެއް ވެސް ކުރައްވާށެވެ.

"އަހުރެން އެ ވައުދުތައް ވީ، އަހުރެންގެ ކުޑަކުޑަ ގައުމުގެ އަމިއްލަ ބާރު ނުފޯރާ އެތައް ކަމެއް އެބަހުރިކަން އެނގިހުރެ އެވެ. މިފަދަ އެއް މައްސަލައަކީ މޫސުމަށް އަންނަ ބަދަލުތަކެވެ... މި ސަމިޓަށް، ދިވެހި ރާއްޖޭގެ ރައްޔިތުންގެ ފަރާތުން، ދިވެހީންކުރާ އުންމީދުތައް ދަންނަވާލާނެ ކުޑަ ފުރުސުތެއް ދެއްވާށެ،" 

އެ މަނިކުފާނުގެ ބާރު ގަދަ މަސެޖްތައް އަންނާން ފެށީ މި އަންނަ ގޮތާ ދާދި ކައިރި އިބާރާތް ތަކަކުންނެވެ. ތަރުޖަމާއިން މާނައެއް ފުރޮޅިފައި އިންނަމަހީ މާފެވެ:

"ބަފައެއްގެ ހައިސިއްޔަތުން ދަރީންނަށްޓަކައި އަހުރެން އުފުލަން ޖެހޭ ޒިންމާތަކެއްވެ އެވެ. އެއީ ކުދީންގެ މުސްތަގުބަލަށްޓަކަ އެވެ. އަދި ކިއެއް، ވެރިއެއްގެ ހައިސިއްޔަތުން އަހުރެންގެ ރައްޔިތުންނަށްޓަކައި އަހުރެން އުފުލަން ޖެހޭ ޒިންމާތަކެއް ވޭމެ އެވެ. މި ދުނިޔެއިން އެއް ފަރުދެއްގެ ހައިސިއްޔަތުން ދުނިޔެއަށް / ދުނިޔޭގެ ބިމަށްޓަކައި ވެސް އަހުރެން އުފުލަން ޖެހޭ ޒިންމާތަކެއް ވެސް އެބަ ވެއެވެ."

ދިވެހިރާއްޖޭގެ ރައީސް، މުއިއްޒު ދުނިޔެއަށާއި ދުނިޔޭގެ ލީޑަރުންނަށް އިޝާރާތް ކުރައްވާ "އަހުރެން ފަދައިން ތިޔަ އެންމެހާ ބޭފުޅުންނަށް ވެސް ހަމަ އެ ޒިންމާތައް އެބައޮތް،" ކަމަށް ވިދާޅުވެ ދެއްވާފައި، ނުހަނު މުހިންމު ދައުވަތެއް ވެސް ދުނިޔެ އާއި ލީޑަރުންނަށް ދޫކޮށްލެވެވި އެވެ.

ދައުވަތަކާއެކު އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެންމެން މި ވިސްނާ ވިސްނުންތަކާ، ކުރާ މަސައްކަތުގެ ސަބަބުން، އެދެވޭ ރަނގަޅު ނަތީޖާތަކެއް ނެރެވޭކަން ކަށަވަރު ކުރަން ހިނގައިގަންނަމާހެވެ. އޭރަށް އެންމެނަށް އޮތް ޒިންމާތައް ފުރިހަމައަށް އަދާ ކުރުމަށް މަގުފަހިވަމުން ދާނޭ މެއެވެ.

"ބޭނުން އޮތީ ރައްޔިތުންނަށްޓަކަ އެވެ! ބިމަށްޓަކަ އެވެ! އަދި ދަރީންނާ، ދަރީންގެ ދަރީންނަށްޓަކަ އެވެ."

ދިވެހިރާއްޖޭގެ ރައީސް ވިދާޅުވި ގޮތުގައި މިރާއްޖޭގެ ޖަޒީރާއަށްވާ ކުދި ރަށްތަކަކީ، ވިލުންތެރި، ސާފު ފެހި މާހައުލަކަށް ހަދަން އިސްވެ ހުންނަވާނީ ސީދާ އެމަނިކުފާނެވެ. މުޅި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދާނެ "ފެހި މަޝްރޫއެއް" ހިންގާން ދިވެހިރާއްޖެ ވައުދު ވެއެވެ.

ތިމާވެއްޓާ ރައްޓެހިވާން އިއާދަހަކަތައަށް މިރާއްޖެ ރުޖޫއަވާ ދަތުރު ހަލުއިކޮށް އަމާޒު ހިފަނީ މިރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 ޕަސެންޓް ހޯދޭނެ އިއާދަހަތަކައިގެ ނިޒާމެއް ހިނގާ ފަސް އަހަރުގެ ތެރޭ ގާއިމު ކުރާށެވެ. ވިދާޅުވެ ދެއްވި މައުލޫމާތަކުން އެނގުނު ގޮތުގައި މިހައިރުން މިރާއްޖޭގައި އިއާދަހަކަތަ ބޭނުން ކުރާން ލިބޭ މިންވަރު ހުރީ ހަތަރު ޕަސެންޓްގަ އެވެ.

"އަޅުގަނޑުމެން މި ކަނޑައަޅާ ލަނޑުދަނޑިއަށް 600 މިލިއަން ޑޮލަރު އިތުރަށް ހޯދަން ޖެހޭނެ އެވެ. ދިވެހިރާއްޖެއަށް މިކަން ވާން އޮތީ، ތިޔަ ބޭފުޅުންގެ އެހީތެރި ކަމާއެކުގަ އެވެ."

ދިވެހިރާއްޖޭގެ ރައީސް ވިދާޅުވި ގޮތުގައި ދިރި ތިބޭށާއި ދިރިއުޅުން ބިނާ ކުރަން އަދި ނާޒުކު ތިމާވެށި ރައްކާތެރި ކަމާއެކު ބާއްވާން ނުހަނު ބޭނުންވެ އެވެ. އަވަސްއަވަހާ ވިޔަސް އަދި ލަސްލަހުން ވިޔަސް ވެއްޓަށް ލިބެމުންދާ ކޮންމެ ގެއްލުމަކުން އަރައިގަތުމަށް އެހީތެރިކަން ބޭނުންވެ އެވެ. ދެން އިޝާރާތް ކުރެއްވީ މޫސުމަށް އަންނަބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަންނާން އެހީތެރި ވެދޭނެ "ލޮސް އެންޑް ޑޭމަޖް ފަންޑަ" ށެވެ.

ކޮޕް-28 އާއެކު އެ ފަންޑުގެ ބޭނުން ހިފަން ފަށައިގަތުމަށް، ޑުބާއީގައި ތިބެ ލީޑަރުން ހުކުރު ދުވަހު އެއްބަސްވެފައި ވެއެވެ. އެކަން މައްޗަށް ނުހަނު އުފާ ކުރައްވާ އުންމީދުތައް އާ ކުރައްވަމުން ދިވެހިރާއްޖޭގެ "އަށެއް" / ރައީސް މުއިއްޒު އަދާ ކުރެއްވެވީ ޝުކުރެކެވެ؛ އެއީ ޔޫއޭއީން އިސްނަގައި އެކަމަށް މަގު ދެއްކުމުން ގައުމުތަކުން ތާއީދު ދީ ފަންޑަށް އެހީ އޮއްސާލުމުގެ ޔަގީންކަން ލިބި ވަޑައިގަތުމުންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު

"މި ފަންޑުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފޭނެ ކަމަށް އުންމީދު ކުރަމު އެވެ. އަދި އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ގައުމުތަކަށް މި ފަންޑުގެ މަދަދު ފަސޭހައިން ހޯދޭނެ ކަމަށް ވެސް އުންމީދު ކުރަމު އެވެ."

ދިވެހިރާއްޖެ ފަދަ އެހެން ހުރިހާ ޖަޒީރާ ގައުމެއް ހިމޭނެ ގޮތުން ފުނި ކުރައްވާ ދިވެހިރާއްޖޭގެ ރައީސް ވިދާޅުވި ގޮތުގައި ދުނިޔޭގެ ޖަޒީރާ ގައުމުތަކުގެ ކޮންމެ މުރަކަކޮޅަކާއި ކޮންމެ ވެލިފުކަކާއި ކޮންމެ މަހަކާއި ކޮންމެ ރުކަކާއި ގަހެއްގައިމެ އަގެއްވެ އެވެ.

"އެ ތަކެއްޗަށް ލިބޭ ކޮންމެ ގެއްލުމަކީ ވެސް އަޅުގަނޑުމެންގެ ގައުމަށް، އަޅުގަނޑުމެންގެ މުޅި އިގްތިސޯދަށް ލިބޭ ގެއްލުމެކެވެ!"

ދެން މޫނު އަނބުރާލައްވައި ދިވެހިރާއްޖޭގެ ރައީސް މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު ކުޑަކުރަން ގައުމުތަކުން އަޅާ ފިޔަވަޅުތަކަށް ނުކުތާ ތަކެއް ވެސް ފާހަގަ ކޮށް ދެއްވި އެވެ: 

ނުކުތާ އެކެއް:

  • 1.ގްލޯބަލް ސްޓޮކްޓޭކްގައި ޕެރިސް އެއްބަސްވުމާ އެއްގޮތަށް، 1.5 ޑިގްރީގެ މިސްރާބުގެ އަމާޒުތަކަށް ވާސިލުވާ ޕްލޭނެއް
  • 2.ޕްލޭން ވާން ޖެހޭނީ، ހަމަހަމަ، އަދި ލިބެން ހުރި އެންމެ ރަނގަޅު އިލްމުގެ އަލީގައި ހަދާ ޕްލޭނަކަށް
  • 3.މޫސުމީ ބަދަލުތަކުގެ ނޭދެވޭ ގެއްލުން ކުޑަކުރަން ކަނޑައެޅި ނެޝަނަލީ ޑިޓަމައިންޑް ކޮންޓްރިބިއުޝަންތައް، ހަރުދަނާވާން ޖެހޭ

ނުކުތާ ދޭއް:

  • 1.މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރަން ފައިސާ ހޯދޭނެ އުނދަގޫ ލުއި ކޮށްދޭން ޖެހޭ
  • 2.ކޮންމެ އަހަރަކު މި މެސެޖު ތަކުރާރު ކުރަމުން ދާކަން
  • 3.މި އަމާޒު ހާސިލްވުމުގައި މިތިބީ އަދިވެސް ދުރުގައިކަން
  • 4.ބޭނުމީ މޫސުމީ ކަންކަމަށް ސީދާ ހޭދަކުރެވޭ މާލިއްޔަތެއް
  • 5.އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމަށް އިސްކަންދެވޭނެ އާ ގޮތްތަކެއް
  • 6.ދުނިޔޭގެ މާލީ ކަންކަން ހިނގާ އުސޫލާ އޮނިގަނޑަށް ބޮޑު ބަދަލެއް ގެންނަން ޖެހޭ
  • 7.ވަކި ހަމަތަކަކާ ގަވާއިދުތަކެއްގެ ތެރޭން ކަންކަން ހަމަޖެހެންދެން އިންތިޒާރު ކުރެވޭކަށް ނެތް
  • 8.ފައިސާގެ ގާބިލްކަމާ ކަންކުރެވޭނެ ގާބިލްކަން ވަޒަންކޮށްކޮށް ތިބޭނެ ވަގުތެއް ނެތް
  • 9.ފައިސާ ލިބޭނެ ގޮތްތައް ފަސޭހަވެ، ފައިސާ ދިނުމުގައި ބަލާ މިންގަނޑު މުރާޖައާކުރަން ޖެހޭ

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.