70 އަހަރުގައި އެންމާބަނޑު ދެކުދިން ވިހައިފި

މިއީ ތިން އަހަރު ތެރޭގައި ނަމުކުވާޔާ ވިހެއި ދެވަނަ ފަހަރެވެ. 2020 ގައި އޭނާ އަންހެން ކުއްޖަކު ވިހެއެވެ. އޭނާ ބުނި ގޮތުގައި އޭނާ ދަރީން ހޯދާން ބޭނުންވީ ދަރިން ނުލިބޭ ކަމަށް ބުނެ މަލާމާތް ކުރުމުންނެވެ.

ސަފީނާ ނަމުކުވާޔާ: އޭނާ ވިއްސީ ސިޒޭރިއަން އޮޕަރޭޝަނެއްގައި

އައިވީއެފް ފަރުވާއަށް ފަހު ޔޫގެންޑާގެ އުމުރުން 70 އަހަރުގެ މީހަކު އެންމާބަނޑު ދެ ކުދިން ވިހައިފި އެވެ. 

ސަފީނާ ނަމުކުވާޔާ ވިއްސީ ވެރިރަށް ކަމްޕާލާގެ ފާޓިލިޓީ ސެންޓަރެއްގައި ސިޒޭރިއަން އޮޕަރޭޝަނެއް މެދުވެރިކޮށެވެ. އޭނާއަށް ލިބުނީ ފިރިހެން ކުއްޖަކާއި އަންހެން ކުއްޖެކެވެ.

ވިހެއި އެންމެ ދުވަސްވީ މީހުންގެ ތެރޭގައި ހިމެނިފައިވާ ނަމުކުވާޔާ ބުނީ "މިއީ އަޖައިބެއް" ކަމަށެވެ. އޭނާ ވިއްސި ހޮސްޕިޓަލުން ވެސް އޭނާއަށް މަރުހަބާ ކިޔައި ބުނީ މިއަކީ މެޑިކަލް ކާމިޔާބީއަކަށް ވުރެ ބޮޑު ކަމެއް ކަމަށެވެ. 

ވިމެންސް ހޮސްޕިޓަލް އިންޓަނޭޝަނަލް އެންޑް ފާޓިލިޓީ ސެންޓަރުގެ ފާޓިލިޓީ ސްޕެޝަލިސްޓް ޑރ. އެޑްވާޑް ތަމަލޭ ސާލީ ބީބީސީއަށް ވިދާޅުވީ އައިވީއެފް ޕްރޮސީޖާއަށް މަންމަ ބޭނުން ކުރީ ޑޯނާ ބިހާއި ބައިވެރިޔާގެ ސްޕާމް ކަމަށެވެ. މި ތުއްތު ދެ ކުދިން 31 ހަފްތާގައި ދުވަސް ނުފުރާ ވިހެއުމަށް ފަހު އިންކިއުބޭޓަރުތަކުގައި ތިބި ކަމަށެވެ. އަދި ޑރ. ސާލީ ވިދާޅުވާ ގޮތުގައި އެ ދެބެން މިވަގުތު ވެސް ތިބީ ރަނގަޅަށެވެ.

މީގެ ކުރިން 2019 ވަނަ އަހަރު އުމުރުން 73 އަހަރުގައި އިންޑިއާގެ މީހަކު އައިވީއެފް ފަރުވާއަށް ފަހު ޓްވިންސް ވިހެ އެވެ.

"އަހަރެމެންނަށް ހާސިލް ކުރެވުނީ އާދަޔާ ހިލާފު ކަމެއް - އެފްރިކާގެ އެންމެ ދޮށީ މަންމަ އުމުރުން 70 އަހަރުގެ ޓްވިންސް ވިހެއުން!" ޑަބްލިޔުއެޗްއައި އެންޑް އެފްސީން ފޭސްބުކް ޕޭޖުގައި ލިޔެފައި ވެއެވެ.

ނަމުކުވާޔާ ޔޫގަންޑާގެ "ޑެއިލީ މޮނިޓާ" ނޫހަށް ބުނީ އޭނާގެ ބަލިވެ އިނުމަށް ދަތިތަކެއް ކުރިމަތިވި ކަމަށާއި އަދި އޭނާގެ ބައިވެރިޔާ، އޭނާއަށް ޓްވިންސްއެއް ލިބެން އުޅޭކަން އެނގުމުން އޭނާ ދޫކޮށްލާފައި ދިޔަ ކަމަށެވެ.

"ފިރިހެނުން އެހާ ގަޔަކާ ނުވޭ އެއް ކުއްޖަކަށް ވުރެ ގިނަ ކުދިން ލިބޭ ކަމަށް ބުނުމުން. އަހަރެން އެޑްމިޓް ކުރި ފަހުން އަހަރެންގެ މީހާ [ބައިވެރިޔާ] އަދި އެފަހުން ދުވަހަކު ވެސް ނުފެނޭ،" އޭނާ ބުންޏެވެ.

މިއީ ތިން އަހަރު ތެރޭގައި ނަމުކުވާޔާ ވިހެއި ދެވަނަ ފަހަރެވެ. 2020 ގައި އޭނާ އަންހެން ކުއްޖަކު ވިހެއެވެ. އޭނާ ބުނި ގޮތުގައި އޭނާ ދަރީން ހޯދާން ބޭނުންވީ ދަރިން ނުލިބޭ ކަމަށް ބުނެ މަލާމާތް ކުރުމުންނެވެ.

"އަހަރެން މީހުންގެ ދަރިން ބަލަހައްޓައިދީ ބޮޑުވަމުން އަހަރެން ދޫކޮށްލާތަން ފެނުނީ. މުސްކުޅިވުމުން އަހަރެން ބަލަހައްޓާނީ ކާކުބާއޭ ހިތަށް އެރި،" އޭނާ ބުންޏެވެ. 

ކޮމެންޓް

1
450
ބިންޔާމިން
5 months ago

ބަޔަކު ބުނާހާ އެއްޗަކަށް ޗެލެންޖް ކުރަން އުމުރުން މިހާ މަތިވުމުން ކުދިން ހޯދުމަލީ ކުދިންނަށް ދެވޭ ނިކަމެތި ކަމެއް. އެކުދިން ދުނިޔެ އަށް ގިނަ ކުރުން ނޫން ކަމެއް ނުވާނެ. 70 އަހަރުން މަތިވީމަ ދެން ގާއިގަނޑަކަށް އޭނަ ވެސް އެވަނީ ކުޑަކުދިން ގެ ލެވެލް ގެ މެންޓަލިޓީ އަށް. ފިޒިކަލި ވެސް އުނދގޫ ތހަކެއް ހުންނާނެ. އެވީ ގޮތުން ބައިވެރިޔާ ވެސް ފިލީ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.