މި އަހަރުގެ ބަޖެޓުން އެންމެ ބޮޑު ހަރަދެއް ކޮށްފައި ވަނީ ރިކަރަންޓް ހޭދައަށެވެ. އަދި އެއް ބަޔަކަށް ޕީއެސްއައިޕީއަށް ވެސް ބޮޑު ހޭދައެއް ކޮށްފައި ވެއެވެ.
މިއީ ދެ ބަޖެޓެކެވެ، މި ބަޖެޓު ހަރަދާއި އާމްދަނީގެ އެކުލަވައިލީ ރިޔާސީ އިންތިހާބަށް ފަހު ފަސް އަހަރުގެ ދައުރު ނިންމާލި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުންނެވެ. މި ބަޖެޓުގެ ބާކީ އޮތް ދެ މަސް ހަރަދު ކުރާނީ މިހާރު އޮތް ސަރުކާރުންނެވެ. ނިމެމުން މިދާ މި އަހަރުގެ ބަޖެޓުން މިހާތަނަށް 39.5 ބިލިއަން ހަރަދު ކުރިއިރު، މި އަހަރު އާމްދަނީގެ ގޮތުގައި 28.7 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
ފިނޭންސުން ބުނި ގޮތުގައި މި އަހަރުގެ މިހާތަނަށް ބަޖެޓުން ޖުމްލަ 39,545.6 ބިލިއަން ވަނީ ހަރަދުވެފަ އެވެ. މިއީ މި އަހަރު ހަރަދު ކުރަން ދިން 47,227.5 ބިލިއަން ރުފިޔާގެ ބަޖެޓުގެ ބޮޑު ޕަސެންޓެކެވެ. މީގެ އިތުރުން މި އަހަރުގެ މިހާތަނަށް ބަޖެޓުން އާމްދަނީއަށް ލިބިފައި ވަނީ 28,716.0 ބިލިއަން ރުފިޔާ އެވެ. މި އަހަރު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވަނީ 32,497.4 ބިލިއަން ރުފިޔާ އެވެ.
މި އަހަރުގެ ބަޖެޓަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 28.6 ބިލިއަން ރުފިޔާ އެވެ. މި އަހަރު ލިބޭނެ ކަމަށް އަންދާޒާ ކުރީ 23 ބިލިއަން ރުފިޔާ އެވެ. މި އަހަރު ހިލޭ އެހީއަށް 2.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބުނި ނަމަވެސް މިހާތަނަށް ލިބުނީ 490.2 މިލިއަން ރުފިޔާ އެވެ.
މި އަހަރުގެ އެހެން ހަރަދު ތަކެއް -- މި އަހަރުގެ މިހާތަނަށް ލޯނު ދައްކަން 1.9 ބިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފަ އެވެ. މި އަހަރު ހަރަދު ކުރަން ނިންމާފައި ވަނީ 2.5 ބިލިއަން ރުފިޔާ އެވެ. ސޮވެރިން ޑިވްލޮޕްމަންޓް ފަންޑް (އެސްޑީއެފް) އަށް މިހާތަނަށް 873.2 މިލިއަން ރުފިޔާ ވަނީ ޖަމާކޮށްފަ އެވެ. މީގެ އިތުރުން ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް (ޕީއެސްއައިޕީ) މަޝްރޫއުތަކަށް 9.2 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
އަދި ބަޖެޓަށް އިތުރަށް 17.2 ބިލިއަން ރުފިޔާ ހޯދަން ޖެހެ އެވެ. މިއީ މުޅި ބަޖެޓުގެ 70 ޕަސެންޓް ރިކަރަންޓް ހޭދައަށް ހަރަދު ކުރާނެ ބަޖެޓެވެ. މި ބަޔަކަށް 35 ބިލިއަން ރުފިޔާ ހޭދަވާނެ އެވެ. އަދި ތަރައްގީގެ މަޝްރޫއު ނުވަތަ ޕީއެސްއައިޕީ މަޝްރޫއުތަކަށް 8.6 ބިލިއަން ރުފިޔާ ހަރަދު ކުރާނެ އެވެ. އަދި ކެޕިޓަލް ހަރަދުގެ ނަމްބަރަކީ ހަ ބިލިއަން ރުފިޔާ އެވެ.