ފުލުހުން ބުނީ މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ކަމަށެވެ. އަދި ފަހުން އެ މީހުންގެ ސްޕޮންސަރުންނާއި ހަވާލު ކޮށްފައިވާ ކަމަށެވެ.
މާލެ ސިޓީގައި ރޭ މާރާމާރީ ހިންގި ބިދޭސީން ހައްޔަރު ކުރުމަށް ފަހު އެ މީހުންގެ ސްޕޮންސަރާ ހަވާލު ކޮށްފި އެވެ.
ރޭގެ މާރާމާރީ ހިނގީ ބިދޭސީ ހަތަރު މީހެއްގެ މެދުގައެވެ. ފުލުހުން ބުނީ ރޭ 12:23 ހާއިރު ކޮރޮސްރޯޑުން މާލެ އައި ބިދޭސީންތަކެެއް މާރާމާރީ ހިންގާފައިވާ ކަމަށެވެ.
މާރާމާރީ ގައި އެއްވެސް މީހަކަށް ބޮޑު އަނިޔާ އެއް ނުލިބެ އެވެ.
ފުލުހުން ބުނީ މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ކަމަށެވެ. އަދި ފަހުން އެ މީހުންގެ ސްޕޮންސަރުންނާއި ހަވާލު ކޮށްފައިވާ ކަމަށެވެ.
ބޭރު މަގުގައި ބިދޭސީން މާރާމާރީ ހިންގި ވީޑިއޯ ވެސް ވަނީ އާންމު ވެފައެވެ. އެ ވީޑިއޯގައި ތިން ފިރިހެނަކު ވެގެން އަތުން އެހެން ފިރިހެނަކަށް ހަމަލާ ދޭ މަންޒަރު ފެނެ އެވެ. އަދި ފަހުން އެހެން ފިރިިހެނަކު އައިސް ހަމަލާ ދޭ މަންޒަރު ފެނެއެވެ.
އޭރު އަންހެނަކު ދިޔައީ ރޮއެ ހަޅޭލަވަމުންނެވެ.
އެއީ އިންޑިއާ ބަޔަކާއި ލަންކާ ބައެއް ކަމަށް އެނގިފައިވެއެވެ.