ރާއްޖޭގައި އެޗްއައިވީ ޖެހިފައިވާ މީހުންގެ އަދަދު މަދު ނަމަވެސް ގިނަބަޔަކަށް މި ބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ބެލެވޭ ކަންކަން ރާއްޖޭގައި ކުރެވިފައިވާ ދިރާސާތަކުން ފެންނަން އެބަހުރި ކަމަށް ކުރީގެ ހެލްތް މިނިސްޓަރު އަހްމަަދު ނަސީމް ވަނީ އިންޒާރު ކުރައްވާފައެވެ.
އެއިޑްސް ބައްޔަށް ފަރުވާ ހޯދަމުންދާ 22 މީހަކު ރާއްޖޭ ގައި އެބަ ތިބި ކަަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
މިއަދަކީ ދުނިޔޭގެ އެއިޑްސް ދުވަހެވެ. މި ދުވަހާއި ގުޅިގެން ރާއްޖޭ ގައި އެ ބަލީގެ ހާލަތު އޮތް ގޮތުގެ ތަފާސް ހިސާބު އެޗްޕީއޭ އިން ވަނީ އާންމުކޮށް ފައެވެ.
އެ އެޖެންސީން ބުނި ގޮތުގައި 1991 ވަނަ އަހަރު ރާއްޖެއިން އެއިޑްސް ބަލި ޖެހިފައިވާ މީހަކު ފެނުނު ފަހުން މިހާތަނަށް 40 މީހަކަށް ވަނީ އެ ބަލި ޖެހިފައެވެ. އެއީ 34 އަހަރު ފިރިހެނުންނާއި ހަ އަންހެނަކަށެވެ. އޭގެ ތެރެއިން 15 މީހަކު ވަނީ މަރުވެފައެވެ. އެ ބަލީގައި މިދިޔަ އަހަރު މީހަކު މަރުވެފައެއް ނުވެ އެވެ.
އެޗްޕީއޭގެ ތަފާސް ހިސާބު ދައްކާ ގޮތުން އެއިޑްސް ޖެހިފައިވާ 25 މީހަކު އެބަ ތިއްބެވެ. ނަމަވެސް އެ އެޖެންސީން ބުނީ ފަރުވާ ގައި ތިބީ 22 މީހެއް ކަމަށެވެ. ދެން ހިމެނޭ ތިން މީހުންގެ މައުލޫމާތެއް ނުދެ އެވެ.
އެޗްއައިވީއަށް ޕޮޒިޓިވް 450 ބިދޭސީއަކު ރާއްޖެއިން ފާހަގަވެފައިވާ ކަމަށް މިދިޔަ އަހަރު ހެލްތް މިނިސްޓްރީން ބުންޏެވެ.