ތުހުމަތުތައް ދޮގު ކުރައްވާ ޒަމްޒަމް ވިދާޅުވީ އުޅެނީ "ފްރޭމް" ކުރަން ކަމަށް

ޝެއިހް ޒަމްޒަމް އަކީ އަރަބިއްޔާ ސުކޫލުގެ ގިނަ ދަރިވަރުންނާއި ބެލެނުވެރީންގެ މެދުގައި ވަރަށް މަގުބޫލު ޓީޗަރެކެވެ. ބެލެނިވެރީންނާ ވަރަށް ގާތް ގުޅުމެއް އޮވެ އެވެ.

އައްޝައިހް ޒަމްޒަމް ފާރިސް: ޝެއިހަށް ކުރާ ތުހުމަތުތައް ދޮގު ކުރެއްވި

އަރަބިއްޔާ ސުކޫލުގެ ދަރިވަރުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތުކޮށް އެ ސުކޫލުގެ މުދައްރިސް، ދީނީ އިލްމުވެރިޔާ އައްޝައިހް ޒަމްޒަމް ފާރިސް އަށް ކުރާ ތުހުމަތުތައް ޝެއިހް ދޮގު ކުރައްވައިފި އެވެ.

ޒަމްޒަމް އަށް ކުރާ ތުހުމަތުތަކާއި ގުޅިގެން ފުލުހުން އެ މައްސަލަ ބަލަމުންދާ ކަމަށް އެނގިފައިވެ އެވެ. ބައެއް ދަރިވަރުންގެ ބަޔާންތައް ނަގާފައިވާއިރު އެ މައްސަލަ ބަލަން ފެށީ ޖެންޑާ މިނިސްޓްރީއާ އެޑިއުކޭޝަން މިނިސްޓްރީން އެދިގެން ކަަމަށް ވެސް އެނގިފައިވެ އެވެ. އެ ދެ މިނިސްޓްރީން އެ މައްސަލަ ބަލަން އެދުނީ ނިމިގެންދިޔަ ސަރުކާރުގަ އެވެ.

ތުހުމަތުތައް ދޮގު ކުރައްވާ ޒަމްޒަމް ވަނީ މި ކަމަކީ މީގެ ކުރީން ވެސް އޭނާ "ފްރޭމް" ކުރަން ހިންގި ފަދަ އަމަލެއް ކަމުގައި ވިދާޅުވެފައެވެ. ކުރީން ވެސް އެކަން ކާމިޔާބު ނުވި ކަމުގައި ވިދާޅުވެ މި ފަހަރުވެސް ހަގީގަތް ހާމަ ވާނެ ކަމަށް ވިދާޅުވި އެވެ.

އަދި އެ ކަމުގެ ފަހަތުގައި ތިބި މީހުން ހާމަވާނެ ކަމަށް ވެސް ވިދާޅުވި އެވެ. ޝެއިހް ވަނީ ކެރޭނަމަ އެކަމާއި ވާހަކަ ދައްކަން ތުހުމަތު ކުރާ މީހުންގެ ކިބައިން އެދިފައެވެ. 

ސޯޝަލް މީޑިއާގައި ވަރަށް އެކްޓިވް، ޝެއިހް ޒަމްޒަމްއާ ގުޅޭ މައްސަލައެއް ބަލާ ކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ. ނަމަވެސް އެފަދަ މައްސަލައެއް ފުލުހުން ބަލަމުންދާ ކަން ވަނީ ޔަގީން ކުރެވިފައެވެ.

ޝެއިހް ޒަމްޒަމް އަކީ އަރަބިއްޔާ ސުކޫލުގެ ގިނަ ދަރިވަރުންނާއި ބެލެނުވެރީންގެ މެދުގައި ވަރަށް މަގުބޫލު ޓީޗަރެކެވެ. ބެލެނިވެރީންނާ ވަރަށް ގާތް ގުޅުމެއް އޮވެ އެވެ. އަރަބިއްޔާގެ ދިފާއުގައި ބެލެނިވެރީން ކުރާ މަސައްކަތު ގައި ޓީޗަރެއްގެ ހައިސިއްޔަތުން އެންމެ ބޮޑު އެހީތެރިކަމެއް ދެއްވާ އެއް ބޭފުޅަކީ ވެސް ޒަމް އެވެ. އެކަމާއި ގުޅިގެން ސުކޫލުގެ މެނޭޖްމަންޓްގެ ބައެއް ބޭފުޅުންްގެ ނުރުހުން ޝެއިހަށް އޮވެ އެވެ. އަދި އެޑިއުކޭޝަން ގައި އިސްކޮށް ތިއްބެވި ބައެއް ބޭފުޅުންގެ ވެސް ނުރުހުން އޮވެ އެވެ.

މީގެ ކުރީން އެފަދަ ބައެއް ބޭފުޅުން ވަނީ ހަގީގަތެއް ނެތް ވާހަކަތަކެއް ބޭރަށް ނެރެގެން ނަމަވެސް "ބޭޒާރު" ކޮށްލާނެ ކަމަށް ބުނެ ޝެއިހަށް އިންޒާރު ވެސް ދީފައެވެ.

ކޮމެންޓް

2
450
ހޯދާ ބަލާ
5 months ago

ޒަމްޒަމް ފާރިޝް ގެ ހަގީގަތެއް އަދި ނޭނގެ..އިނގޭ ހަގީގަތަކީ ޒަމްޒަމް ___ ފުންނާބު އުސްބޭފުޅެއްކަން! ހަގީގަތަކީ ހޯދާ ބަލާ މީހުނަށް ފެންނާނެ އެއްޗެއް!

އަލީ ބިން ޔޫސުފް
5 months ago

ދަންނާށެވެ. ކުށެއްނެތް މީހުން ބަދުނާމް ކުރާމީހުން ﷲ ބޭޒާރު ކުރައްވާނެއެވެ. އެއީ ﷲގެ ސުންނަތެވެ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.