ރައީސް ކޮޕް-28 ކޮންފަރެންސަށް ދުބާއީއަށް ވަޑައިގެންފި، ތަގުރީރު ކުރައްވާނީ މާދަމާ

ދުނިޔޭގައި ނަގާ ފުރަތަމަ "ގްލޯބަލް ސްޓޮކްޓޭކް" (ޖީއެސްޓީ) އިން ޕެރިސް އެއްބަސްވުން ތަސްދީގުކުރި ފަހުން ލިބުނު ކުރިއެރުންތަކުގެ މިންވަރު ވަޒަން ކުރާނީ މި ކޮންފަރެސްގަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ދުބާއީއަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަވާ ދަންނަވާ އިސްތިގުބާލު ކުރައްވަނީ

ކޮޕް-28 / ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ޔުނައިޓެޑް އަރެބް އެމިރޭޓްސްގެ ދުބާއީއަށް ވަޑައިގެންފި އެވެ. 

ރައީސް ކޮޕް-28 އަށް ޑުބާއީއަށް ވަޑައިގަތީ އަރިހުގައި، މަތީ ފަންތީގެ ވަފްދަކާވެސް އެކުގަ އެވެ. ކޮޕް-28 އަށް ރައީސް މުއިއްޒު ރޭ ވަޑައިގަތީ، އެ މަނިކުފާނު ތުރުކީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެވެ.

ކޮޕް-28 ބައްދަލުވުމަކީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް ރާވާފައިވާ ކަންކަމާ ގުޅޭ މައުލޫމާތު ބައިނަލްއަގުވާމީ މައިދާނުގައި ހިއްސާ ކުރަން ލިބޭ ފުރުސަތެކެވެ. ކޮޕް-28 ބައްދަލުވުމުގައި ރައީސް ތަގުރީރު ކުރައްވާނީ މާދަމާ އެވެ.

ކޮޕް-28 ކޮންފަރެންސް - ކޮޕް- 28 ބައްދަލުވުމަކީ ޕެރިސް އެއްބަސްވުމާ ގުޅިގެން ދުނިޔެއަށް ލިބިފައިވާ ކުރިއެރުންތައް ދެނެދެގަތުމުގެ ކަންކަން ކުރަމުންދާ ދަނޑިވަޅުގައި މުހިންމު ދައުރެއް އަދާކުރާނެ ބައްދަލުވުމެކެވެ. ދުނިޔޭގައި ނަގާ ފުރަތަމަ "ގްލޯބަލް ސްޓޮކްޓޭކް" (ޖީއެސްޓީ) އިން ޕެރިސް އެއްބަސްވުން ތަސްދީގުކުރި ފަހުން ލިބުނު ކުރިއެރުންތަކުގެ މިންވަރު ވަޒަން ކުރާނެ އެވެ. އޭގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރަމުންދާ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދިޔުމުގައި ދިމާވާ ގޮންޖެހުންތައް ހައްލު ކުރަން މަގުފަހިވެގެންދާނެ އެވެ

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.