ޕާޓީން ދޮގު ކުރިއަސް ޖުމްހޫރީ ޕާޓީގެ ހަރަކާތް ހުއްޓާލައި، ޕާޓީ އުވައިލަން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާމް ކައުންސިލަށް ހުށަހަޅުއްވި ކަމަށް ކައުންސިލްގެ ބައެއް މެންބަރުން ވިދާޅުވަމުން ގެންދެ އެވެ.
މިދިޔަ ރިޔާސީ އިންތިހާބުގައި ކުރިމަތިވި ބޮޑު ނާކާމިޔާބީގެ އަލީގައި ކުރިއަށް އޮތްތަނުގައި އިތުރަށް ހަރުދަނާ ކުރަން ކުރެވެން ހުރި ކަންކަން ކުރަން ޖުމްހޫރީ ޕާޓީ އޮތީ އެކުގައި ކަމަށް އެޕާޓީން ބުނެފި އެވެ.
"ސަންގު" ޓީވީގެ ޕްރޮގްރާމެއްގައި ރޭ، އެ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހް ވިދާޅުވީ ރިޔާސީ އިންތިހާބުން އެ ޕާޓީއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ ހުރިހާ ދިމާއެއްގައި ހެދުނު ގޯސްތަކެއްގެ ސަބަބުން ކަމަށެވެ. އެ ހަގީގަތްތަކުގެ ފުނަށް ދެވޭނީ އެ މައްސަލަ ދިރާސާ ކުރުމުން ކަމަށެވެ.
އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބުން ބަލިވުމުން ލިބުނު މާޔޫސް ކަމުގައި ހަމަހިމޭން ވެގެން ނުތިބޭނެ ކަމަށާއި ޖޭޕީ ދާނީ ބާރު ދުވެލީގައި ކުރިއަށް ކަމަށެވެ.
"ކެމްޕޭން ކުރުމުގައި މައްސަލަތަކެއް ހުރީމަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ބަލިވީ. ހުރިހާ ދިމާލެއްގައި ވެސް މައްސަލަ ހުރީމަ. ނަމަވެސް އެ އިންތިހާބުން ބަލިވި ބަލިވުމުގެ މައްޗަށް ހުން އައިސް ރަޖާ ލައިގެން ފޮށާ އަޅައިގެން އެނދުމައްޗަށް އަރާ ގޮތަކަށް ނެތިން. މިތިބީ ބާރަށް ކުރިއަށް މިސްރާބު ޖަހާފަ،" އަލީ ސޯލިހް ވިދާޅުވި އެވެ.
އޭނާ މިހެން ވިދާޅުވި ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެދި ވަޑައިގަތުމަކަށް ޖުމްހޫރީ ޕާޓީގެ ހަރަކާތްތައް ހުއްޓާލައި، ޕާޓީ އުވައިލަން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާމް ކައުންސިލަށް ހުށަހަޅުއްވި ކަމަށް ކައުންސިލްގެ ބައެއް މެންބަރުން ވިދާޅުވެ އެވެ. އަދި އެ އަޑުތައް ފެތުރުނެވެ.
ނަމަވެސް ޖޭޕީން އެ ވާހަކަތައް ދޮގުކުރެ އެވެ. ބުނަނީ ޖޭޕީ ދުވަހަކު ވެސް އުވައެއް ނުލާނެ އެވެ.
ޖުމްހޫރީ ޕާޓީއަކީ ރާއްޖޭގައި ތިން ވަނަ އަށް މެންބަރުން އެންމެ ގިނަ ޕާޓީ އެވެ. ނަމަވެސް މިދިއަ ސެޕްޓެމްބަރު މަހުގެ ނުވަ އެއްގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓްގައި ގާސިމް އިބްރާހީމަށް ލިބި ވަޑައިގަތީ ލަދުގަންނަވަރުގެ ދަށް ނަތީޖާއެކެވެ. ލިބި ވަޑައިގަތީ ހައެއްކަ ހާސް ވޯޓެވެ.
5000 ވޯޓު ވެސް ނުލިބުނީމާ އަދިވެސް ތިޔަ ކިޔަނީ ޕާރޓީ ހެއްޔެވެ؟ އާނ ސައި ޕާރޓީވެސް ހުރޭ ދޯއެވެ. ؟