އަލީވަހީދު ކިބައިން އިނގިރޭސިވިލާތް މާފަށް އެދި ބަދަލުދޭން ނިންމައިފި

އިނގިރޭސި ވިލާތުގައި ހުއްޓާ އަލީ ވަހީދު ހައްޔަރު ކުރީ ވިސާގެ މުއްދަތު ހަމަވެގެން ކަމަށް ބުނެ އެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

އިނގިރޭސިވިލާތުން އަލީ ވަހީދު ހައްޔަރު ކުރީ ގަވައިދާ ހިލާފަށް ކަމަށް ކަނޑައަޅައި އަލީ ވަހީދުގެ ކިބައިން މާފަށް އެދުމާއެކު އޭނާއަށް 20،000 ޕައުންޑް ދޭން ނިންމައިފި އެވެ.

އަލީ ވަހީދު މިއަދު ވިދާޅުވީ "އިނގިރޭސިވިލާތުން، އަޅުގަނޑުގެ ކިބައިން މައާފަށް އެދި، އެ ގައުމުގެ ސަރުކާރުން އަޅުގަނޑު ހައްޔަރުކުރީ ގާނޫނާ ހިލާފަށްކަން ކަނޑައަޅައި، ވިހިހާސް ސްޓާލިންގ ޕައުންޑުން އަޅުގަނޑަށް ބަދަލުދޭން ނިންމައިފި" ކަމަށެވެ.

އޭނާ އަދި ވިދާޅުވީ "ވަގުތު ނެގިއަސް ހައްގަށް ނަސްރު ލިބޭނެ" ކަމަށެވެ.

އިނގިރޭސި ވިލާތުގައި ހުއްޓާ އަލީ ވަހީދު ހައްޔަރު ކުރީ ވިސާގެ މުއްދަތު ހަމަވެގެން ކަމަށް ބުނެ އެވެ. އޭނާ އޭރު އެ ގައުމަށް ގޮސް ހުރީ ޖިންސޯ ގޯނާގެ އެތައް ދައުވާއެއް އުފުލާފައިވަނިކޮށް ބޭސް ފަަރުވާއަށް ކަމަށްބުނެ ކޯޓު މެދުވެރިކޮށް ވިސާ ހޯދައިގެންނެވެ. އޭނާ ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ މިދިޔަ ފެބްރުއަރީ 10، 2021 ގަ އެވެ. 

އަލީ ވަހީދު ތަަމްސީލު ކުރާ ލޯފާމުން ބުނީ އޭނާ ރާއްޖެ އަދި އިނގިރޭސިވިލާތުގެ އިމިގްރޭޝަން ގާނޫނާއި ހިލާފުނުވާ ކަމުގެ ޔަގީންކަން ބަންދުކުރި ފުރަތަމަ ހިސާބުން ފެށިގެން ސާބިތު ހެކިތައް ހިއްސާކޮށްފައިވާ ކަމަށެވެ. އަދި ދެ ގައުމުގެ ގާނޫނުތައް ތަން ދޭ އެންމެ މަތީ ދަރަޖައެއްގައި އޭނާގެ ހުރިހާ ގާނޫނީ ހައްގުތައް ރައްކާތެރިކޮށް އަދި މަސްލަހަތު ހިމާޔަތް ކުރުމުގެ މަސައްކަތް އިނގިރޭސި ވިލާތުގެ ވަކީލުންގެ ޓީމަކާއި ގުޅިގެން އޭނާގެ ލޯފާމުން މަސައްކަތް ކުރި ކަމަށެވެ.

"... އަޅުގަނޑުމެން ގުޅިފައިވާ ވަކީލުންގެ ޓީމުން ކުރެވުނު ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ނުހަނު އަވަހަށް އަލީ ވަހީދު ބަންދުން މިނިވަންވެގެން ދިޔުމުގެ އިތުރަށް އޭނާ ބަންދުކުރެވުނީ ވެސް އެއްވެސް ހަގީގަތެއް ނެތް ތުހުމަތެއްގެ މައްޗަށް ބިނާކޮށް އިނގިރޭސި ގާނޫނާއި ހިލާފަށްކަންވެސް މިއަދު ވަނީ ހާމަވެގެންގޮސްފައި،" 

އަލީ ވަހީދު އިނގިރޭސި ވިލާތުން ހައްޔަރުކުރި މައްސަލާގައި އެގައުމުގެ ސަރުކާރުގެ މައްޗަށް ދައުވާ ކުރުމުގެ ކުރިން ގުޅިފައިވާ ވަކީލުންގެ ޓީމުން އެގައުމުގެ ސަރުކާރާއެކު ކުރެވުނު މަޝްވަރާއާއެކު، އެ ހައްޔަރަކީ ގާނޫނާއި ހިލާފު ހައްޔަރެއް ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން އެއްބަސްވެފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ. އަދި ގާނޫނާއި ހިލާފަށް އެ ގައުމުގެ ފުލުހުން މެދުވެރިކޮށް އަލީ ވަހީދު ހައްޔަރުކުރުމުން އިނގިރޭސިވިލާތު ސަރުކާރުގެ ފަރާތުން އޭނާ ކިބައިން ވަނީ މައާފަށް އެދިފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.