މޭޔަރު ކަމަށް ކުރިމަތިލައްވާ އާޒިމަށް މާރިޔާގެ ތާއީދު ދީފި

މާލޭގެ މޭޔަރު ކަމުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ރައީސް މުއިއްޒު، ރާއްޖޭގެ ވެރިކަމަށް ވަޑައިގަތުމުންނެވެ.

މާރިޔާ އަހުމަދު ދީދީ

މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލައްވާ އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ ތާއީދު ދެއްވައިފި އެވެ. 

މާރިޔާ އެކްސްގައި ވިދާޅުވީ އޭނާ ގަބޫލު ކުރައްވާ ގޮތުގައި އާޒިމް މާލެ ސިޓީ މޭޔަރުގެ މަގާމަށް ވާދަ ކުރައްވަނީ، އެމްޑީޕީގެ ކެންޑިޑޭޓަކު އެ މަގާމުގަ ހުރުމަށް އެދިވަޑައިގަންނަވާތީ އެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އޭނާއަކީ އެ މަގާމަށް އެންމެ އެކަށީގެންވާ ބޭފުޅާ އަދި އަޅުގަނޑުގެ ފުރިހަމަ ތާއީދު އެބޭފުޅާއަށް ލިބޭނެ. އެބޭފުޅާއަކީ ހެޔޮ ވިސްނުމެއް ގެންގުޅޭ ކަން ކުރެއްވޭނެ ބޭފުޅެއް. އެމަނިކުފާނުގެ ކެމްޕޭނުގައި މަސައްކަތް ކުރުމަށް އަޅުގަނޑު ތައްޔާރު، އެމަނިކުފާނަށް ކާމިޔާބީއަށް އެދެން!" މާރިޔާ ވިދާޅުވި އެވެ. 

މާލޭ މޭޔަރު ކަމަށް ވާދަ ކުރެއްވުމަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކު ރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ކުރީގެ ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފާއި ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރާއި ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް ޙުސައިން ވަހީދު ހިމެނެ އެވެ. އަދި ދަ ޑިމޮކްރެޓްސް ޕާޓީގެ ފަރާތުން ވެސް ވަނީ މާލެ މޭޔަރު ކަމަށް ކެންޑިޑޭޓަކު ނެރެން ނިންމާފަ އެވެ.

ޑިމޮކްރެޓްސްގެ ފަރާތުން މުހައްމަދު ސައިފް ފާތިހް ވާދަ ކުރައްވާ ގޮތަށް އެ ޕާޓީން ކަނޑައަޅާފައިވާއިރު އޭނާއަކީ މާލޭ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.