އެގްރިވަޒީރު ޑރ. ރަމީލާއަށް ކެންސަރުގެ އާލާސްކަންފުޅެއް، މުޅި ސަރުކާރު އެކަމަނާއާއެކު

ދިވެހި ސަރުކާރުގެ ހިދުމަތް ރަމީލާ ފެއްޓެވީ ނަރުހެއްގެ ވަޒީފާއިންނެވެ. އެއީ 1990 ވަނަ އަހަރުއެވެ.

މިނިސްޓަރު ޑރ. އައިޝަތު ރަމީލާ

ކެންސަރުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓްގެ އެގްރިވަޒީރު ޑރ. އައިޝަތު ރަމީލާ ރާއްޖޭން ބޭރަށް ފުރާވަޑައިގަތުމަށް ނިންމެވި ކަމަށް އެކަމަނާ އާއި ދިވެހި ސަރުކާރުން ހާމަ ކޮށްފި އެވެ.

އެކަމަނާގެ އާލަސްކަންފުޅު، އެކަމަނާ ފުރަތަމަ ހާމަ ކުރެއްވެވީ ފޭސްބުކް ޕޯސްޓެއް މެދުވެރިކޮށެވެ. އެ ޕޯސްޓުގައި އެ ކަމަނާ ވިދާޅުވެފައި ވަނީ ކެންސަރު ބަލީގެ އާލަސްކަންފުޅެއްގައި އުޅުއްވާ ކަމަށާއި އެ ބަލި މިހާރު ހުރީ އެޑްވާންސް ސްޓޭޖުގައި ކަމަށެވެ. ނަމަވެސް އެކަމަނާ ތަހައްމަލު ކުރައްވަނީ ކެންސަރުގެ ކޮން ބާވަތެއް ކަން ހާމަ ކުރައްވާފައެއް ނުވެއެވެ. 

އެކަމަނާ ލިޔުއްވާފައި ވަނީ މިހެނެވެ: 

"ހައިޕަތާމިކް އިންޓްޕެރިޓޮނިއަލް ކިމޯތެރަޕީ އަދި ރޭޑިއޭޝަން ނެގުމަށް މިއަދު ރާއްޖެއިން ބޭރަށް ފުރަން ވަނީ ހަމަޖެހިފައި. ހުރިހާ ބޭފުޅުން ވެސް އަޅުގަނޑަށް ހެޔޮ ދުއާ ކޮށްދިނުން އެދެން،"

ހައިޕަތާމިކް އިންޓްޕެރިޓޮނިއަލް ކިމޯތެރަޕީ، މި ފަރުވާއަކީ  ބަނޑުގެ ކެންސަރަށް ދޭ ފަރުވާއެކެވެ.

ރައީސާއި މުޅި ސަރުކާރު ރަމީލާއާއެކު:

މިނިސްޓަރު ރަމީލާއަށް ކެންސަރުގެ އާލާސްކަންފުޅެއް މެދުވެރިވުމާއެކު ރައީސް މުއިއްޒު ވަނީ އެކަމަނާއަށް އަވަސް ޝިފާއަކަށް އެދި ވަޑައިގެންފަ އެވެ. އަދި އެކަމަނާ ފަރުވާގެ ކަންކަމުގައި ދެވެން އޮތް ހުރިހާ އެހީތެރިކަމެއް ދެއްވުމާއެކު މުޅި ސަރުކާރު އެކަމާނާއާ އެކުގައި އޮތް ކަމަށް ވެސް ވަނީ ވިދާޅުވެފައި ވެއެވެ.

އެކަމަނާ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވާ ގަދަވެ ވަޑައިގެން ހެޔޮ ހާލުކޮޅުގައި ވީހާވެސް އަވަހާ އަލުން ހިދުމަތަށް ވަޑައިގަތުމަށް މުޅި ސަރުކާރު އިންތިޒާރުގައި އޮތް ކަމަށް ރައީސް ވިދާޅެ އެކަމަނާއަށް ހަމްދަރުދީ ފާޅު ކުރައްވާފައިވާއިރު އެކަމަނާ ހެޔޮ ހާލުކޮޅުގައި އެނުބުރި ވަޑައިގަންނަވަންދެން އެކަމަނާގެ ވުޒާރާގެ ކަންކަން ހިންގުމަށް އިންތިޒާމްތަކެއް ސަރުކާރުން ގެންދަވަނީ ރާއްވަވަމުންނެވެ.

ޑރ. އައިޝަތު ރަމީލާ - ރަމީލާ ވަނީ، މިނިސްޓާ އޮފް ސްޓޭޓް ފޯ ހެލްތުގެ މަގާމާއި މިނިސްޓާ އޮފް ސްޓޭޓް ފޯ ހެލްތު އެންޑް އެންޑް ފެމެލީގެ މަގާމުވެސް އަދާ ކުރައްވާފައެވެ.

ދިވެހި ސަރުކާރުގެ ހިދުމަތް ރަމީލާ ފެއްޓެވީ ނަރުހެއްގެ ވަޒީފާއިންނެވެ. އެއީ 1990 ވަނަ އަހަރުއެވެ. ވޭތުވެ މިދިޔަ 33 އަހަރުދުވަހުގެ ތެރޭ ސަރުކާރާ އަދި އަމިއްލަ ވިޔަފާރިތަކާ ހިދުމަތްތަކުގެ ދާއިރާގައި ވެސް ރަމީލާގެ ހިދުމަތް ދިވެހި ގައުމަށް ދިޔައީ ލިބެމުން ދިޔަ އެވެ. އެކަމަނާ ވަނީ 2010 ވަނަ އަހަރު ސޯޝަލް ސައިންސްގެ ދާއިރާއިން މެލޭޝިއާގައި ޕީއެޗްޑީ ހާސިލް ކުރައްވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.