ޒީނާ ނުކުންނަވާ ޕީއެސްއެމްގެ ނިއުސްރޫމުން އަފްސަލް ނެރެލައިފި

އަފްޒަލް މަސްއޫލިއްޔަތުން ދުރި ކުރި ސަބަބެއް ކަމަށް ވަނީ އޭނާއަކީ ކުރިން އޮތް އެމްޑީޕީގެ ސަރުކާރަށް ފަހިވާ ގޮތަށް ޕީއެސްއެމްގެ ކޮންޓެންޓް ގެންގުޅުއްވި ބޭފުޅެއް ކަމަށް ތުހުމަތުތައް އޮތުމެވެ.

މުހައްމަދު އަފްސަލަށް ނޫސްވެރި ކަމުގެ ރަންގަލަން ދެނީ: އޭނާ ވަނީ މިހާރު މަސްއޫލިއްޔަތުން ދުރުކޮށްފައި

އާ ސަރުކާރުން ދައުލަތުގެ މީޑިއާ ކުންފުނި، ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަން ކުރި ޒީނާ ޒާހިރު މަގާމާ ހަވާލުވެ ވަޑައިގެން، ގެންނަވާ ރީފޯމް ޕްރޮގްރާމްގެ ފުރަތަމަ މަސައްކަތެއްގެ ގޮތުގައި އިއްޔެ ކުޑަކުޑައިރުކޮޅަށް އޮފީހަށް ވަޑައިގެން ޑިރެކްޓަރު ނިއުސް އެންޑް ކަރަންޓް އެފެއާޒް / ޕީއެސްއެމް ނިއުސް ހެޑް މުހައްމަދު އަފްސަލް މަސްއޫލިއްޔަތެއް ނެތް ގޮތަށް އެއް ފަރާތް ކޮށްފި އެވެ. 

ޒީނާ އިއްޔެ ޕީއެސްމްގެ އޮފީ / ޓީވީ ބިލްޑިންގަށް ވަޑައިގަތެވެ. އޭނާ ވަޑައިގެން ހަމަ އެކަނި ބައްދަލު ކުރެއްވީ ކުންފުނީގެ ނިއުސް ޑިޕާޓްމަންޓްގެ ހެޑް، އަފްސަލާ އެވެ. ހަމަ އެކަނި އެޅުއްވެވި ފިޔަވަޅަކީ އަފްސަލް އެކަހެރި ކުރެއްވުމެވެ.

އެ ބަދްދަލު ކުރެއްވުމުގައި އަފްސަލް، ނިއުސްރޫމުން ނެގި ކަމަށް އެނެގެވުމަށް ފަހު ބައްދަލުވުން ރޫޅައިލެއްވެވީ އެވެ. އޭގެ ފަހުން ޒީނާގެ ފަރާތްޕުޅުން އިއްޔެ ވަނީ މެމޯއެއް ވެސް ނެރުއްވާފަ އެވެ.

އެ މެމޯގައި ބުނަނީ ކުންފުނީގެ ނިއުސް ޑިޕާޓްމަންޓް މިހާރުން ފެށިގެން ވަގުތީ ގޮތުން ހިންގުން ސީނިއާ ޖާނަލިސްޓް ހުސައިން އަމީނާއި ހަވާލު ކުރައްވާ ކަމަށެވެ. އަދި އޭނާގެ އެހީތެރިންގެ ގޮތުގައި ދެން ތިއްބަވާނީ ސީނިއާ އެޑިޓަރު އަހުމަދު ޖަދުއާނާއި ސީނިއާ އެޑިޓަރު މުހައްމަދު ޖިނާހް އަލީ ކަމަށެވެ. 

އަދި އެ މެމޯގައި ބުނަނީ މަސްއޫލިއްޔަތުން ދުރުކުރި ޑިރެކްޓަރު ނިއުސް އެންޑް ކަރަންޓް އެފެއާޒް، އަފްސަލް ވަގުތީ ގޮތުން "ދެން ކުރާނީ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު އެންގެވި ކަމެއް" ކަމަށެވެ.

ޒީނާ ޒާހިރު: ވަގުތުން ފިޔަވަޅު އެޅުއްވެވި

އަފްޒަލް މަސްއޫލިއްޔަތުން ދުރި ކުރި ސަބަބެއް ކަމަށް ވަނީ އޭނާއަކީ ކުރިން އޮތް އެމްޑީޕީގެ ސަރުކާރަށް ފަހިވާ ގޮތަށް ޕީއެސްއެމްގެ ކޮންޓެންޓް ގެންގުޅުއްވި ބޭފުޅެއް ކަމަށް ތުހުމަތުތައް އޮތުމެވެ. 

ޒީނާ މި ބަދަލު ގެނެސް އަލަށް ހަމަޖެއްސެވި އަމީނަކީ ވެސް މިދިއަ ރިޔާސީ އިންތިހާބުގެ ތެރޭގައި އޭރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއެކު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭނުގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅެކެވެ.

ސަރުކާރުތައް ބަދަލުވާއިރު އެންމެ ފުރަތަމަ ބަދަލު އަންނަ އެއްތަނަކަށް ޕީއެސްއެމްގެ ނިއުސްރޫމް ވެފައި އޮވެއެވެ. 

ކޮމެންޓް

4
450
އަފްސަލަރ
5 months ago

އަފްސަލުމެން މޑޕ ކޮޅަށް ޖެހިފައި ތިބީ މާބޮޑަށް. އަމީރުގެ ޕާޓެއް ލީމާ އެނގިއްޖެ ޒީނާ ވެސް ގޯސް ނޫންކަން.

ޡުހާ
5 months ago

މިގޮތަށް ބޭރުކުރަންޖެހޭ އެހެން ޑިޕާޓްމަންޓްތައްވެސް އެބަހުރި . ޥެރިންނަށް ވެރިން ފެނިފަތިބޭތަނެއް ޕީއެސްއެމްއަކީ

މިންނާ
5 months ago

ތި އަފްޒަލް އަކީ ކަމެއްވާ މީހެއްވެސް ނޫން. ރަނގަޅު ނިންމުމެއް

ހުނޭ
5 months ago

ހިހި... ފެށުނީ ދޯ! ކަނޑާ ދުއްވާލާ ބޭކާރު ކުނިތައް

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.