ތުރުކީ ސަރުކާރުން ވަނީ އަންނަ އަހަރުން ފެށިގެން ރާއްޖެއަށް ޚާއްސަކޮށް 30 ސްކޮލަޝިޕްގެ ފުރުސަތު ދޭނެ ކަމުގެ ޔަގީންކަން ދީފަ
ތުރުކީން ރާއްޖެއަށް ކޮންމެ އަހަރަކު 30 ސްކޮލާޝިޕްގެ ފުރުސަތު ދޭން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ތުރުކީން އެ ޔަގީންކަން ދީފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތުރުކީއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. ރައީސް އޮފީހުން ބުނީ އަންނަ އަހަރުން ފެށިގެން ރާއްޖެއަށް 30 ސްކޮލާޝިޕް ދޭނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ.
މި ސްކޮލާޝިިޕް ފުރުސަތު ދިން އިރު ރައީސް މުއިއްޒާއި ރައީސް ރަޖެބް ތޮއްޔިބު އުރުދުޣާންގެ ރަސްމީ މަޝްވަރާތަކަށް ފަހު ދެ ގައުމުގެ ފަރާތުން ވަނީ، "އެގްރީމަންޓް އޮން ޓްރޭޑް އެންޑް އިކޮނޮމިކް ކޯޕަރޭޝަން ބިޓްވީން ދަ ގަވަމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވަމަންޓް އޮފް ދަ ރިޕަބްލިކް އޮފް ތުރްކިއޭ" ގައި ސޮއި ކުރައްވާފަ އެވެ.
މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުހައްމަދު ސައީދެވެ. ތުރުކީން ސޮއި ކުރެއްވީ މިނިސްޓާ އޮފް ޓްރޭޑް ޕްރޮފެސަރު ޑރ. އޮމަ ބޮލަޓް އެވެ. ސޮއި ކުރުން އޮތީ ރައީސް މުއިއްޒާއި، ތުރުކީގެ ރައީސް އުރުދުގާންގެ ކުރިފުޅުމަތީގަ އެވެ