ބޭންކް ކާޑު ލިމިޓަށް ހައްލު ހޯދަން މަސައްކަތް ސަރުކާރުން ފަށައިފި

ރައީސް އެހެން ވިދާޅުވީ، ތުރުކީއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ އެކު އެގައުމުގެ ނޭޝަންސް ލައިބްރަރީގައި ރޭ ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުއިއްޒު ތުރުކީގައި ދިރިއުޅޭ ދިވެހިންނާ އެކު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޭ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުން ރާއްޖޭން ބޭރުގައި ކުރެވޭ މުއާމަލާތްތަކަށް މިހާރު ކަނޑައަޅާފައިވާ ލިމިޓުތަކަށް ހައްލެއް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ، ތުރުކީއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާއެކު އެގައުމުގެ ނޭޝަންސް ލައިބްރަރީގައި ރޭ ބޭއްވެވި ބައްދަލު ކުރެއްވުމުގައި އެ މީހުންނަށް ހުރި ދަތިތަކުގެ ވާހަކަ އަޑު އައްސަވާ ވާހަކަފުޅު ދައްކަވަމުންނެވެ. 

އެ ބައްދަލުވުމުގައި ތުރުކީގައި ދިރިއުޅެމުން އަންނަ ދިވެހިން ވަނީ، އެ ގައުމުގައި ދިރިއުޅުމުގައި ހުރި ގޮންޖެހުންތަކާއި ކަންބޮޑުވުންތައް ރައީސާ ހިއްސާކުރައްވައި އެކަންކަމުގައި ސަރުކާރުގެ އެހީތެރިކަމަށް އެދިވަޑައިގެންފަ އެވެ.

އެމީހުން ފާހަގަ ކުރި ބައެއް ގޮންޖެހުންތަކުގެ ތެރޭގައި ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ނެތުމާއި ރާއްޖެއިން ބޭރުގައި ބީއެމްއެލްގެ އެކައުންޓްތަކުން ފައިސާ ނެގޭ ވަރު ލިމިޓްކޮށްފައި އޮތުމުގެ ސަބަބުން ކުރިމަތިވާ ދަތިތަކާއި އެކިއެކި ތަމްރީނުތައް ފުރިހަމަ ކުރުމަށް އެ ގައުމުގައި ތިބި ފަރާތްތައް ޗުއްޓީގައި ރާއްޖެ އަށް އަނބުރާ ދިއުމަށް ކުރިމަތިވާ ގޮންޖެހުންތައް ހިމެނެ އެވެ.

މީގެ އިތުރުން ތަމްރީނާއި ސްކޮލަޝިޕް ފުރުސަތުތައް ދިވެހިންނަށް އިތުރަށް ފަހިކޮށްދިނުމަށް ވެސް ރައީސްގެ އަރިހުން އެދިވަޑައިގެންނެވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.