ޒުވާން ރަމްޒީ ؛ އެގްރި މީހުނާ ދަނޑވެރިކަމަށް ރީތި ރަމްޒެއް

ޒުވާން މި ދަނޑުވެރިޔާ، ބުނަނީ އެގްރިދާއިރާއަށް ނުކުންނަން ބޭނުންވާ ޒުވާނުންނަށް އޭނާގެ އެހީތެރިކަން އަބަދުވެސް އޮންނާނެ އެވެ. ދަނޑަށް ނުކުންނަން ބޭނުންވާ ޒުވާނުންނަށް އެނާގެ ތަޖުރިބާއާ ކާމިޔާބު ހިއްސާކޮށް އެހީތެރިވެ ދޭނެ އެވެ.

ރާއްޖޭގެ އެގްރި ސިނާއަތް ވެސް މަޑުމަޑުން ކުރިއަށް ދެއެވެ. ދަނޑުވެރިން އެ މަސައްކަތުގައި ބޭނުންކުރަމުން އައި އުކުޅުތަކާއި ގޮތްތައްވެސް މިޒަމާނާއެކު ބަދަލުވަމުން އާވެ ޒަމާނީ ވަމުން ދެއެވެ. އަބްދުﷲ ރަމްޒީ މަޝްހޫރުވެފައި ވަނީ ޒުވާން ދަނޑުވެރިޔާގެ ގޮތުގަ އެވެ. ރަމްޒީއަކީ ރާއްޖޭގައި ޒަމާނީ ދަނޑުވެރިކަން ކުރަމުން އަންނަ މަދު ޒުވާނުންގެ ތެރެއިން ފާހަގަކޮށްލެވޭ ރަމްޒެކެވެވެ. 

ޒުވާން މި ދަނޑުވެރިޔާ ދަނޑަށް ނުކުތީ ވަރަށް މުހިންމު ބޭނުމެއްގަ އެވެ. އޭނާގެ ނިޔަތަކީ ރާއްޖޭން ބޭރުން އެތެރެކުރާ މޭވާއާއި ތަރުކާރީ ފަދަ ބާވަތްތަކަށް ދިވެހިން ބަރޯސާވުން ކުޑަކޮށް ދޭން އެހީއެއް ވުމެވެ. ދިވެހިންގެ އުފެއްދުންތެރިކަން އިތުރު ކުރާން މަސައްކަތް ކުރުމެވެ.

އޮޓޯ ޕޮޓް ސްމާޓް ފާމިން ޓެކްނޮލޮޖީ ބޭނުން ކޮށްގެން ރަމްޒީ ކުރާ ދަނޑުވެރިކަން ފެށީ، އެސްއެމްއީ ބޭންކުގެ ލޯނެއްގެ އެހީގަ އެވެ. ރަމްޒީ ބުނި ގޮތުގައި މަސައްކަތް ފެށުމަށް ބޭނުންވާ ފައިސާ ބޭނުންވި ވަގުތު ހޯދައިދޭން އެސްޑީއެފްސީން ދިން ފުރުސަތަކީ މި މަސައްކަތް ކާމިޔާބުކަމާއެކު ފެށުމަށް މަގުފަހިވި މައިގަނޑު ސަބަބެވެ.

މަސައްކަތް އިތުރު ހަރުފަތަކަށް ގެންދަން އެސްއެމްއީ ބޭންކުން އަދާކުރި ދައުރާ މެދު ރަމްޒީގެ ވާހަކަ ދައްކަ އެވެ؛ އޭނާ ބުނާ ގޮތުގައި މަސައްކަތް ފަށަން ދެ މިލިއަން ރުފިޔާގެ ލޯނެއް އެސްއެމްއީ ބޭންކުން ނެގި އެވެ. އެ ލޯނުގެ އިންޓްރަސްޓް ރޭޓު ކުޑަވެފައި ލޯނު ހޯދަން ފަސޭހަ ގޮތްތަކެއް އޮތުމުން ކުރަން ބޭނުންވާ ދަނޑުވެރިކަން ރީއްޗަށް ކުރެވެ އެވެ. 

އޭނާ ދެކޭ ގޮތުގައި އެފަދަ އެހެން ފަރާތްތައް ވެސް މާލީ އެހީ ހޯދަން އެ ބޭންކު ފުދެ އެވެ. ދަނޑުވެރިންނަށް ފަހި ފުރުސަތުތަކެއް ހޯދައި ދިނުމަށްޓަކައި އެސްޑީއެފްސީން ދޫކުރާ "ދަނޑުވެރި ނަފާ" ލޯނު މިހާރުވެސް އޮތީ ހުޅުވާފަ އެވެ.

"ދަނޑުވެރިންނަށް އެސްޑީއެފްސީން މިހާރު ފަހިކޮށްދީފައި އޮތް ފުރުސަތު ރަނގަޅު" އޭނާ ބުންޏެވެ. "ކުރިއަތް އޮތްތަނުގައި ލޯނު ދޫކުރާއިރު މަސައްކަތައް ބަލައި ރާއްޖޭން ބޭރުން ތަކެތި ގެންނަންޖެހޭ ފަރާތްތަކަށް ދިވެހި ފައިސާގެ ބަދަލުގައި ޑޮލަރު ލިބޭނެ އިންތިޒާމެއް ހަމަޖެހިގެންދިއުމަކީ ލިބޭނެ ލުޔަކަށް ވާނެ،" 

ރަމްޒީގެ ފޯކަސް އަކީ އޮޓޯ ޕޮޓް ބޭނުން ކޮށްގެން ކިއުކަމްބާ ހެއްދުމެވެ. އޭނާ ބުނާ ގޮތުގައި މިވަގުތު މަސައްކަތް ކުރަނީ މަހަކު އަށް ޓަނުގެ ކިއުކަމްބާ އުފެއްދޭ ވަރަށް ދަނޑު ތައްޔާރު ކުރާށެވެ. އަދި މަސައްކަތް އިތުރަށް ފުޅާ ކުރަން ދެވަނަ ވިސްނުމެއް ވެސް ގެންގުޅެ އެވެ. އެއީ އޮޓޯ ޕޮޓް ފާމިން ބޭނުން ކޮށްގެން އެހެން ބާވަތްތައް އުފެއްދުމެވެ. 

ސްމާޓް ޕޮޓް ފަދަ ޓެކްނޮލޮޖީއަކީ ރާއްޖެއާ ވަރަށް ގުޅޭ ޓެކްނޮލޮޖީއެކެވެ. ބޭނުންވަނީ ކޮންމެ ތިން ދުވަހަކުން ނޫނީ ހަތަރު ދުވަހުން ހާވެސްޓް ލިބޭނެ އަދި ދެމެހެއްޓެނިވި ގޮތަކަށް އެކަން ކުރެވޭނެ ގޮތް ހޯދުމެވެ.

"މީގެ ބޭނުމަކީ ހިދުމަތަށް ބަރޯސާ ވެވޭގޮތަށް މެދުނުކެނޑި ސަޕްލައި ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުން" އޭނާ ބުންޏެވެ.

ޒުވާން މި ދަނޑުވެރިޔާ، ބުނަނީ އެގްރިދާއިރާއަށް ނުކުންނަން ބޭނުންވާ ޒުވާނުންނަށް އޭނާގެ އެހީތެރިކަން އަބަދުވެސް އޮންނާނެ އެވެ. ދަނޑަށް ނުކުންނަން ބޭނުންވާ ޒުވާނުންނަށް އެނާގެ ތަޖުރިބާއާ ކާމިޔާބު ހިއްސާކޮށް އެހީތެރިވެ ދޭނެ އެވެ.

އެސްޑީއެފްސީން އެހީވި ރަމްޒީ، ޒުވާން ދަނޑުވެރިޔާގެ ގޮތުގައި ކުރިއަރަމުން ދަނީ އެހެން ޒުވާނުންނަށް ނަމޫނާއަކަށް ފުދޭނެ ރަމްޒެއް ފަދައިންނެވެ.

"އިތުރު ޒުވާނުން މި ދާއިރާގައި ހަރަކާތްތެރިވާތަން ފެނުމަކީ ދެކެން ބޭނުންވާ ދުވަހެއް،" 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.