ކުރީ ސަރުކާރަށް ކުރި ތުހުމަތުތަކުގެ އިންކުއަރީއެއް ހަދަން އެދެފި

"ނިމިދިޔަ ރިޔާސީ އިންތިހާބުގައި މި ޕާޓީއާއި ޕާޓީގެ ވެރިކަމާ މެދު ރައްޔިތުންގެ މެދުގައި ނަފްރަތު އުފެއްދުމަށް ރާވައިގެން ބަޔަކު ބުހުތާނު ދޮގުތައް ފަތުރަމުން ދިއުން އެއީ ފެންނާން އޮތް ހަގީގަތެއް،" އެ ގަރާރުގައި ބަޔާންކޮށްފައިވެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: އޭރު އިދިކޮޅު ކުރި ތުހުމަތުތަކުގެ އިންކުއަރީއެއް ހަދަން މަޖިލީހަށް ވަނީ ގަރާރެއް ހުށަހަޅާފައި --

ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ގައުމީ ސަލާމަތަށް އަސަރު ކޮށްފައިވާ ކަމަށް ބުނެ ކޮށްފައިވާ ތުހުމަތުތަކުގެ ހަގީގަތް ދެނެގަތުމަށް ޕަބްލިކް އިންކުއަރީއެއް ހިންގަން ރައްޔިތުން މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣްނީ އެވެ. މި ގަރާރުގެ ފުރަތަމަ ކިޔުން މިއަދުގެ ޖަލްސާގައި ވަނީ އިއްވާފަ އެވެ.

ނިމިދިޔަ އެމްޑީޕީ ސަރުކާރަށް މިހާރު ވެރިކަމުގައި ތިބި އަދި އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި ތުހުމަތުތަކުގެ އިންކުއަރީއެއް ހަދަން ގޮވާލާ ގަރާރެއް ހުށަހަޅާފައި ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސް ކުރުމަށް ފަހު އެވެ. 

ގަރާރުގައި ޕަބްލިކް އިންކުއަރީ ހަދަން އެދިފައިވާ ކަންކަމުގެ ތެރޭގައި ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމްވެ ތިބެ، މިނިވަންކަމާއި އިސްތިގުލާލު ނަގާލުމަށް މަސައްކަތް ކޮށްފައި ތުހުމަތު ފާހަގަ ކޮށްފައިވެ އެވެ. އަދި، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލި ކަމަށް ބުނެ ކުރި ތުހުމަތުތަކާއި، ދައުލަތް ޝާމިލް ކޮށްގެން ހިންގި ކޮރަޕްޝަންގެ ތުހުމަތުތައް ހިމެނެ އެވެ.

"ނިމިދިޔަ ރިޔާސީ އިންތިހާބުގައި މި ޕާޓީއާއި ޕާޓީގެ ވެރިކަމާ މެދު ރައްޔިތުންގެ މެދުގައި ނަފްރަތު އުފެއްދުމަށް ރާވައިގެން ބަޔަކު ބުހުތާނު ދޮގުތައް ފަތުރަމުން ދިއުން އެއީ ފެންނާން އޮތް ހަގީގަތެއް،" އެ ގަރާރުގައި ބަޔާންކޮށްފައިވެ އެވެ.

އެ ގަރާރުގައި ބުނެފައި ވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި އެ ޕާޓީއާއި ޕާޓީގެ ވެރިކަމާ މެދު ރައްޔިތުންގެ މެދުގައި ނަފްރަތު އުފެއްދުމަށް ރާވައިގެން އެކި ދޮގުތައް ފަތުރަމުން ދިއުން އެއީ ފެންނަން އޮތް ހަގީގަތެއް ކަމަށެވެ. އެމްޑީޕީ އަކީ 2005 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ހިންގަމުން އަންނަ އެންމެ ދުވަސްވީ ޕާޓީއަށްވެފައި، އެ ޕާޓީއަކީ އާ ގާނޫނު އަސާސީ އެކުލަވާލައި އަސާސީ ހައްގުތައް ދިވެހިންނަށް ހޯދައިދިން ޕާޓީ ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.

ނިމިދިޔަ އެމްޑީޕީ ސަރުކާރަށް އޭރު ބޮޑެތި ތުހުމަތުތަކެއްކޮށް އޭރު އިދިކޮޅުގައި އޮތް ޕީޕީއެމް-ޕީއެންސީ އިން ވަނީ "އިންޑިއާ އައުޓް" ގެ ނަމުގައި ވަރުގަދަ ކެމްޕޭނެއް ވެސް ކޮށްފަ އެވެ. މަގުމަތީގައި ކޮންމެ ރެއަކުހެން އެއްވުންތައް ބާއްވާފައިވެ އެވެ. އެ ތުހުމަތުތަކަށް އޭރު ސަރުކާރުން މާ ބޮޑު ވާހަކަތަކެއް ދައްކާފައެއް ނުވެ އެވެ.

ކޮމެންޓް

1
450
އަލިކޮއި
5 months ago

ކޮރަޕްޝަން ނެތީތަ؟ އިންޑިއާ ސިފައިން ވެސް އެބަތިބި. ކަނޑުވެސް އެއޮތީ އިއްކާލާފަ. ދެން ބުނަން ތިއުޅެނީ އެއި ދޮގެކޭތަ؟؟؟ ތުހުމަތެކޭ؟؟ ހެޔޮނުވާނެ ބާރެއްލިފަ އޮތަސް ތިހެން އުޅޭކަށް މަޖިލިސް މެމްބަރުން ވެސް

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.