ރާއްޖޭގެ އެމްބަސީއެއް ތުރުކީގައި ހުޅުވަނީ

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ރާއްޖޭގެ އެމްބަސީއެއް ތުރުކީގައި ހުޅުވުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަން މަޝްވަރާކުރައްވާނެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރު

ތުރުކީގައި ދިވެހި ރާއްޖޭގެ އެމްބަސީއެއް ހުޅުވަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ ފުރަތަމަ ރަސްމީ ދަތުފުޅުގައި ތުރުކީއަށް ވަޑައިގެން ތުރުކީގައި މިވަގުތު ތިބި އަދި ދިރިއުޅޭ ދިވެހިންނާއެކު ބޭއްވެވި ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގައި ތުރުކީގައި އުޅޭ ދިވެހިން ވަނީ ރާއްޖޭގެ އެމްބަސީއެއް ތުރުކީގައި ނެތުމުން ދިމާވާ އުނދަގޫތައް ރައީސް މުއިއްޒަށް ދަންނަވާފަ އެވެ. 

އެ ވާހަކަތަކާ ގުޅިގެން ރައީސް ރާއްޖޭގެ އެމްބަސީއެއް ތުރުކީގައި ހުޅުވުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް މަޝްވަރާ ކުރައްވާނެ ކަމަށެވެ. 

މީގެ އިތުރުން އެ ގައުމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެކައުންޓްތަކުން ފައިސާގެ ލިމިޓް މިހާރު އޮތް ގޮތުން ދިމާވާ ދަތިތަކަށް ހައްލު ހޯދައި ދެއްވުމަށް ވެސް ދިވެހިން އެދުނެވެ. އެކަމަށް އިޝާރާތް ކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ގައުމީ ބޭންކާ އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައި ހައްލެއް ހޯއްދަވައި ދެއްވާނެ ކަމަށެވެ.

ކޮމެންޓް

1
450
މުބީނާ
5 months ago

ތުރުކީ އަށް ދާންވާ އިރަށް އަވަހަށް ތިކަން ނިންމާލަދީ. މިހާރު ވަރަށް ގިނަ ދިވެހިން ތުރުކީއަށް ދޭ. ތި އީ ވަރަށް ރަނގަޅު ނިންމުމެއް

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.