"އަހަރެންގެ ކުށަކީ ކޮބާ ހެއްޔެވެ. އެއީ ވަރުބަލިކަމެއް ނެތި ކުރީގެ ރައީސް ޔާމީން ކޯޓުގައި ދިފާއުކޮށް އެހެން އެންމެން ކާމިޔާބުގެ އެންމެ އުސްމިނުގައި އެމަނިކުފާނު ދޫކޮށްލިއިރު އެމަނިކުފާނުގެ އަރިހުގައި ތިބުން ހެއްޔެވެ،"
ކުށަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ދިފާއު ކުރުމުގައި ކޯޓްގައި ވަރުބަލި ކަމެއް ނެތި މަސައްކަތް ކުރުމާއި އިންތިހާބުގެ ބޮޑު ކާމިޔާބާއެކު އެންމެން ޔާމީން ދޫކޮށްލިއިރު އެމަނިކުފާނު އަރިހުގައި ހުންނެވުންތޯ ސުވާލު ކުރައްވާ ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު، ނާއިބު ރައީސް ހުސަައިން މުހަަައްމަދު ލަތީފަށް ވަރުގަދަ ސުވާލެެއް އަމާޒު ކުރައްވައިފި އެވެ.
ޖަމީލްގެ މި ސުވާލު އަމާޒު ކުރެއްވީ ޖަމީލަކީ އިތުބާރު ކުރެވޭ ފަދަ ބޭފުޅެއް ނޫން ކަމަށާއި އެމަނިކުފާނުގެ ބޮޑެތި އޮޅުވާލުންތަކެއް ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕަށް ހާމަވެފައިވާ ނާއިބު ރައީސް ވިދާޅުވުމާއި ގުޅިގެންނެވެ.
ނޫހަކަށް ދެއްވި އިންޓަވިއު އެއްގައި ނާއިބު ރައީސް ވަނީ ޖަމީލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި ބޮޑެތި ތުހުމަތުތައް ކުރެއްވި އެވެ. ވެރިކަމަށް ވަޑައިގަތުމުގެ "ދަހިވެތި" ކަމުގައި ޔާމީން ވިދާޅުވާ އެތައް ވާހަކަފުޅެއް ލީޑާޝިޕާ ހިއްސާ ކޮށްފައިވާ ކަމަަށް ވެސް ތުހުމަތު ކުރެއްވި އެވެ.
ނާއިބު ރައީސްގެ އެ ވާހަކަތަައް ކުރީގެ ނާއިބު ރައީސް ސިފަ ކުރެއްވީ އާންމު ރައްޔިތަކަށް ނާއިބު ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު ދެއްވި ވަރަށް އަން-ޕްރޮޕެޝަނަލް ވާހަކަތަކެއްގެ ގޮތުގައެވެ.
"އަހަރެންގެ ކުށަކީ ކޮބާ ހެއްޔެވެ. އެއީ ވަރުބަލިކަމެއް ނެތި ކުރީގެ ރައީސް ޔާމީން ކޯޓުގައި ދިފާއުކޮށް އެހެން އެންމެން ކާމިޔާބުގެ އެންމެ އުސްމިނުގައި އެމަނިކުފާނު ދޫކޮށްލިއިރު އެމަނިކުފާނުގެ އަރިހުގައި ތިބުން ހެއްޔެވެ،" ނާއިބު ރައީސްގެ ފާޑުކިޔުންތަކާ ގުޅިގެން ޖަމީލް ސުވާލު ކުރެއްވި އެވެ.
ހުސައިންގެ ވާހަކަތައް ދޮގު ކުރައްްވާ ޖަމީލް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ގެނަައުމަށް ވަރަށް ގިނަ މަސައްކަތް ކުރެއްވި ކަމަށެވެ.
ނަމަވެސް ވިދާޅުވީ އެމަނިކުފާނަކީ އަނިޔާވެރި ކަމާއި / އަނިޔާވެރީންގެ ކުރިމަތީ ބޯޖަހާނެ ބޭފުޅެއް ނޫން ކަމަށެވެ. އަދި ކޮންމެ ކަމެއް ކުރިމަތިވީ ނަމަވެސް އެމަނިކުފާނު ގަބޫލު ކުރައްވާ ގޮތާއި ހަގީގަތް ދުވަހަކު ވެސް ދޫކޮށް ނުލައްވާނެ ކަމަށެވެ.
ނާއިބު ރައީސްގެ ފާޑުވިދާޅުވުން ކުރީގެ ނާއިބު ރައީސަށް އަމާޒު ކުރެއްވި އިރު ނާއިބު ރައީސް ހުސައިން އަށް ރައީސް ޔާމީންގެ އަރިހުގައި ކުރީން އޮތް މަގާމު ގެއްލި މިހާރު އެ މަގާމުގައި ހުންނެވީ ޖަމީލެވެ.
އެކަކުގެ ވެސް ކުށެއްނެތް. އެމީހަކު ސަޕޯޓް ކުރާނެ މީހެއް އެނގޭނީ އެމީހަކަށް.
ޔާމީން ކުށަކީ އެތަކެއް ރައްޔިތުން އެމަނިކުފާނަށް ހައްްގުގައި ކާމިޔާބު ހޯދާދިނުމަށް ސަޕޯޓަރުން ގުރުބާންތޯ؟