ރައީސް މުއިއްޒާއި އުރުދުޣާން ބައްދަލު ކުރައްވައިފި

ތުރުކީގެ ދައުލަތުގެ މީޑިއާ އިން ބުނީ ރައީސް ރަޖަބު ތޮއްޔިބު އުރުދުގާންއާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލު ކުރައްވާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

ތުރުކީގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުގާންއާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލު ކުރައްވަނީ

ތުރުކީގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުގާންއާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލު ކުރައްވައިފި އެވެ.

ރައީސް ތުރުކީއަށް ފެއްޓެވީ ރަސްމީ ދަތުރުފުޅެއް ނަމަވެސް އެއީ ފުރަމާނަ ދަތުރުފުޅެއް ނޫނެވެ. މިއީ ރައީސް ރަޖަބު ތޮއްޔިބު އުރުދުގާންގެ ދައުވަތަކަށް ކުރަައްވާ ދަތުރުފުޅެކެވެ.

ތުރުކީގެ ދައުލަތުގެ މީޑިއާ އިން ބުނީ ރައީސް ރަޖަބު ތޮއްޔިބު އުރުދުގާންއާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލު ކުރައްވާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. ނަމަވެސް ދެ ބޭފުޅުންގެ މަޝްވަރާގެ ތަފްސީލެއް ނުދެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވެސް މި ބައްދަލްވުމާއި ގުޅޭ ތަފްސީލު އަދި ހާމައެއް ނުކުރެ އެވެ.

ތުރުކީއަށް ކުރައްވާ މި ދަތުރުފުޅުގައި ދެ ދުވަސް ތުރުކީގައި ހޭދަ ކުރައްވާއިރު ރައީސް އުރުދުގާނާއެކު ދެ ގައުމުގެ މެދުގައި ބަައިލެޓްރަލް މަޝްވަރާތައް ބާއްވަވާ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން ކުރެވެން ހުރި ކަންކަމާބެހޭ ގޮތުން ވެސް ހިޔާލު ބަދަލު ކުރައްވާނެ ކަމަށް ކުރީން ރައީސް އޮފީހުން ބުންޏެވެ.

އަދި މި ދަތުރުފުޅުގައި ރާއްޖޭގެ ވިޔަފާރި އާއި އިގްތިސޯދު ފުޅާ ކުރުމަށާއި ތަރައްގީ ކުރުމަށް ތުރުކީއަށް ވެދެވޭނެ އެހީތެރި ކަމާއި ތުރުކީގެ އިގްތުސޯދާއި ވިޔަފާރީގެ ތެރެއިން ރާއްޖޭގެ އިގްތިސޯދުގެ ތެރެއަށް ގެނެވޭނެ އާ ފުރުސަތުތަކާ ބެހޭ ގޮތުން ވެސް ދެ ބޭފުޅުންގެ މެދުގައި ވާހަކަފުޅުތައް ބާއްވަވާނެ ކަމަށް ވެސް ބުންޏެވެ.

ތުރުކީން ޑުބާއީއަށް

ރައީސް މުއިއްޒުގެ މި ދަތުރުފުޅަށް ފަހު އެ މަނިކުފާނު ދެން ވަޑައިގަންނަވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި މި މަހުހުގެ 30 ވަނަ ދުވަހު ފަށާ ކޮޕް-28 ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަތުމަށް ޑުބާއީ އަށެވެ. އެއީ ރައީސް މުއިއްޒު ބައިވެރިވެ ވަޑައިގަންނަވާ ފުރަތަމަ ބައިނަލްއަގުވާމީ ސަމިޓް / ކޮންފަރެންސެވެ.

ޔުނައިޓެޑް ނޭޝަން ކްލައިމެޓް ޗޭންޖް ކޮންފަރެންސް - ކޮޕް28 - މި އަހަރު ޑުބާއީގައި ކުރިޔަށް ދާނީ ނޮވެމްބަރު 30 އިން ޑިސެންބަރު 12 އަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.