ކިއުބާގައި ޑޮކްޓަރުކަން ކިޔެވުމަށް ސްކޮލަޝިޕެއްގެ ފުރުސަތު ހުޅުވާލައިފި

މިނިސްޓްރީން ބުނީ ސްކޮލަޝިޕް ލިބޭ މީހަކަށް ދެކޮޅު ޓިކެޓް ފިޔަވައި އެހެނިހެން ޚަރަދުތަކަށް ކަނޑައަޅާފައިވާ އަދަދަކުން ފައިސާ ފައިސާ ހަމަޖައްސައިދޭނީ ކިއުބާ ސަރުކާރުން ކަމަށެވެ.

ޏ. އަތޮޅު ހޮސްޕިޓަލްގައި މީހަކު ޑޮކްޓަރަށް ދައްކަނީ ---

ކިއުބާގައި ޑޮކްޓަރުކަން ކިޔަވަން ރާއްޖެއަށް ދިން ސްކޮލަޝިޕަކަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ކިއުބާ ސަރުކާރުން ރާއްޖެއަށް ސިއްހީ ދާއިރާއިން ކިޔަވަން ދިން ބެޗްލާސް ޑިގްރީގެ ސްކޮލަޝިޕަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

މި ސްކޮލަޝިޕަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު މިހާރު ވަނީ ކުރިއަށް އޮތް ޑިސެމްބަރު މަހުގެ ހަތަރަކާ ހަމައަށް ހުޅުވައިލާފަ އެވެ. ކޯހަށް ހޮވޭ ފަރާތަކުން ކިޔަވާނީ ކިއުބާގެ ލެޓިން އެމެރިކަން ޔުނިވަސިޓީ އޮފް މެޑިސިން އީއެލްއޭއެމް ގަ އެވެ.

މިނިސްޓްރީން ބުނީ ސްކޮލަޝިޕް ލިބޭ މީހަކަށް ދެކޮޅު ޓިކެޓް ފިޔަވައި އެހެނިހެން ޚަރަދުތަކަށް ކަނޑައަޅާފައިވާ އަދަދަކުން ފައިސާ ފައިސާ ހަމަޖައްސައިދޭނީ ކިއުބާ ސަރުކާރުން ކަމަށެވެ. އަދި ރިޓާން ޓިކެޓް ދިނުމަށް ހަމަޖައްސާފައިވަނީ ދިވެހި ސަރުކާރުން ކަމަށެވެ. 

މި ކޯހުގެ ޝަރުތަކަކީ ޖީސީއީ އޯލެވެލް/އައިޖީސީއެސްސީ އިމްތިހާނުގެ ބަޔޮލޮޖީ، ކެމިސްޓްރީ އަދި ފިޒިކްސް ހިމެނޭގޮތަށް ފަސް މާއްދާއިން ސީ އިން މަތީ ގުރޭޑެއް ހާސިލުކޮށްފައިވާންޖެހެ އެވެ.

އޭގެ އިތުރުން ޖީސީ އޯލެވެލް މާއްދާތަކުގެ ތެރެއިން ބަޔޮލޮޖީ، ކެމިސްޓްރީ އަދި ފިޒިކްސް ނުވަތަ ހިސާބު ހިމެނެނޭ ގޮތަށް ތިން މާއްދާއިން ސީ އިން މަތިން ލިބިފައިވާންޖެހެ އެވެ.

ކިއުބާގައި ކިޔަވާ މި ކޯހަށް ކުރިމަތިލާ މީހުންނަކީ ޑިސެމްބަރު 15 އަށް 25 އަހަރު ފުރިފައި ނުވާ، އަދި އަންހެނެއް ނަމަ މާބަނޑު ފަރާތެއް ކަމުގައި ވެގެން ނުވާނެ އެވެ. 

ފޯމު ހުށަހަޅާނީ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން މިނިސްޓްރީގެ ޕޯޓަލަށެވެ. ކޯހާއިބެހޭ އިތުރު މައުލޫމާތާއި އެޕްލިކޭޝަންފޯމް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.