އެމްޑީޕީން ކެނޑިގެން ލޯޔަރު އާސިފް ޔާމީން ޕާޓީއަށް

ޔާމީންގެ ވަކީލުންގެ ޓީމުގައި ކުރީން ހިމެނުނަސް ފަހުން ވަކީލުންގެ ޓީމުގައި އާސިފް ހިމެނިވަޑައެއް ނުގަންނަވަ އެވެ. ނަމަވެސް އާސިފް ގެންދެވީ ޔާމީންގެ ދިފާއުގައި ވާހަކަ ދައްކަވަމުންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކުރީގެ ވަކީލް އާދަމް އާސިފް: މިހާރު ވަނީ ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވާ ޕާޓީއަށް ސޮއިކުރައްވާފައި --

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަކީލުންގެ ޓީމުގައި ކުރިން މަސައްކަތް ކުރެއްވި އާދަމް އާސިފް، އަލަށް އުފައްދާ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އަށް ސޮއި ކުރައްވައިފި އެވެ.

މީގެ ކުރިން ޕީޕީއެމް މެމްބަރެއްގެ ގޮތުގައި ހުންނެވި އާސިފް އެ ޕާޓީން ވަކިވެގެން އެމްޑީޕީއާ ގުޅުނީ ނިމިދިޔަ ރިޔާސީ އިންތިހާބު ތެރޭގަ އެވެ. އޭނާ އެމްޑީޕީއަށް ސޮއި ކުރައްވާފައި ވަނީ އިންތިހާބަށް ދެ ދުވަހަށް ވެފައި އޮއްވަ އެވެ.

އެމްޑީޕީން ވަކި ވުމަށްފަހު އާސިފް ރޭ ވަނީ ޕީއެންއެފްއަށް ސޮއި ކޮށްފަ އެވެ. އޭނާ ރޭ ވަނީ ކުރީން ޕީޕީއެމް އަދި މިހާރު ޕީއެންއެފް ހިންގާ އޮފީހުގައި ރައީސް ޔާމީނާއެކު ބޭއްވި ބައްދަލުވުމުގައި ވެސް ބައިވެރިވެވަޑައިގެންފަ އެވެ.

ޔާމީންގެ ވަކީލުންގެ ޓީމުގައި ކުރީން ހިމެނުނަސް ފަހުން ވަކީލުންގެ ޓީމުގައި އާސިފް ހިމެނިވަޑައެއް ނުގަންނަވަ އެވެ. ނަމަވެސް އާސިފް ގެންދެވީ ޔާމީންގެ ދިފާއުގައި ވާހަކަ ދައްކަވަމުންނެވެ. 

ރިޔާސީ އިންތިހާބަށް ޔާމީނަށް ކުރިމަތި ނުލެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމި ދުވަހު ވެސް ރައީސް ސޯލިހާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދެއްކެވި އެވެ. މީގެ ކުރިން ޔާމީން މިނިވަން ކުރުމަށް ގޮވާލާ ބޭއްވި ހަރަކާތްތަކުގައި އިސްކޮށް އަޑު އުފުއްލެވުމުގައި މަސައްކަތް ކުރެއްވި އެވެ.

ނަމަވެސް ކުއްލިއަކަށް ޕީޕީއެމްއިން ވަކިވެވަޑައިގެން އެމްޑީޕީއާ ގުޅުން ވަރަށް ގިނަ ބަޔަކު ވަނީ އޭނާއަށް ފާޑުކިޔައި ނުރުހުން ފާޅުކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.