ހައިކަލް އެހެން ބުނެލީ ހިތާމަވެރި ރާގެއްގަ އެވެ. ނާޝިދު ފުންކޮށް ނޭވާއެއް ދޫކޮށް ލަމުން އިށީންނެވެ.
- އެޕިސޯޑް 38 -
ނާޝިދު ބަލަން އިނީ ހައިކަލްއާ ދިމާއަށެވެ. ހައިކަލް ދެކެ ނާޝިދު އިނީ ހިތްހަމަ ނުޖެހިފައެވެ. ނަމަވެސް ހައިކަލް ކުރި އާދޭހުން ހައިކަލްގެ ވާހަކަތައް އަޑު އަހާލަން ނާޝިދު މަޑުކޮށްލީއެވެ. އިންތާގައި ހަމަޖެހެލީއެވެ. ހައިކަލް ދައްކަން އުޅެނީ ކޮން ވާހަކައެއް ބާއޭ އޭރުވެސް ނާޝިދުގެ ހިތް އޭނާއާ ސުވާލު ކުރަމުން ގެންދިޔައެވެ.
ހައިކަލްގެ ފަރާތުން ފެންނަމުން ދިޔަ ހިމޭން ކަމުގެ ސަބަބުން ކިހިނެއް ވީތޯ ނާޝިދު އަހާލިއެވެ. ހައިކަލްގެ ފަރާތުން އެއްވެސް އެއްޗެއް އޭނާ ނުބުނެ އިނުމުންނެވެ. ހައިކަލް އިނީ އިންތިހާއަށް މާޔޫސްވެފައިކަން އޭނާގެ މޫނުމަތިން ޝައްކެތް ނެތް މިންވަރަށް ދިޔައީ ހާމަ ވަމުންނެވެ. ހައިކަލް ކުށްވެރި އެއް ފަދައިން ބަލައިލީ ނާޝިދުގެ މޫނަށެވެ.
"ނާޝިިދު.. އަހަރެން ވަރަށް ބެލިން ނާޝިދު ބުނި ގޮތަށް ނިއުޝާއާ ގާތް ނުވަން.. އެގޮތަށް އަހަރެން އަމަލު ވެސް ކުރިން.. އެކަމު އިއްޔަގަ.. އަހަރެން އެގޭގަ ނިދާފަ އޮއްވަ ނިއުޝާ އަމިއްލައަށް އައިސް އަހަރެންނާ އެކު އެކަން ކުރަން ފެށީ.. ވަގުތާ، ހާލަތާ އެކު އަހަރެންނަށް ވެސް އެގަޑީ ކެތްނުވީ.. އަހަރެން ވެސް މީ ބޮޑު ފިިރިހެނެއް.. ހުރިހާ ހިއްސުތަކެއް ސަލާމަތުން ހުރި.. ނިއުޝާ އަކީ އަހަރެން ހީކުރި ވަރަށް ވުރެ އަޚްލާޤީ ގޮތުން ދަށް މީހެއް. އޭނައަށް އަހަރެންގެ ފަރާތުން އެކަހަލަ އެއްވެސް އިޝާރާތެއް ނުލިބެނީސް އޭނަ ރޭގަ އަހަރެންނާ އެކު އިސްވެ އެކަން ކުރަން ފެށީ.." ހައިކަލްގެ ވާހަކަތަކުން ނާޝިދު އިންތިހާއަށް ދެރަވިއެވެ. ނަމަވެސް ރުޅި އާއި ހިތާމަ މަޑުކޮށްފައި މި ވަގުތަކީ ފަޔާޒް ނިއުޝާގެ ކިބައިން ސަލާމަތް ކުރަން ވީ ވަގުތު ކަމުގައި ދެކެން ނާޝިދު ބޭނުންވިއެވެ.
"ނާޝިދަށް އެނގޭތަ؟ ރޭގަ.. ނިއުޝާ އަހަރެންނާ އެކު އެކަމެއް ކުރަމުން އޭނައަށް ބުނެވުނީ އެހެން މީހެއްގެ ނަމެއް.. މާއިޒްއޭ ބުނެވުނީ... އެހެން ބުނެފަ އޭނާ އެކަން އޮޅުވާލަން ވެސް އުޅުން.. އެކަމު އަހަރެން ހަނދާންގަ އެބަހުރި.. ހަމަ މާއިޒް އޭ ބުނީ.." ހައިކަލް ދެއްކި ވާހަކަތަކުން ފަޔާޒް ހައިރާން ވިއެވެ. ނިއުޝާގެ ޙަޤީޤަތް ދެނެގަންނަން ބޮޑަށް ޝައުގުވެރިވެގެން ދިޔައެވެ.
"ނާޝިދު.. އަހަންނަށް މާފު ކުރޭ!" ހައިކަލް މާފަށް އެދުމުން ނާޝިދު ހިނިތުންވުމަކާ އެކުގައި ބަލައިލީ ހައިކަލްއާ ދިމާއަށެވެ.
"ހައިކަލްއަށް އަހަރެން އިތުބާރު ކުރަން.. މާފު ވެސް ދީފިން.. ތީ ހަމައެކަނި ހައިކަލްގެ މައްސަލައެއް ނޫން.. ތީގަ ހަޤީޤީ ކުށްވެރި އަކީ ނިއުޝާ.. ހައިކަލް ކުރިއަށް ގެންދޭ! އަހަރެން އުއްމީދު ކުރަން އެއްވެސް ޙާލެއްގައި ރޭގަ ވީ ކަހަލަ ކަމެއް ނިއުޝާއާ އެކު ނުކުރާނެ ކަމަށް.." ފަޔާޒް އެހެން ބުނެލުމުން، ހައިކަލް އާނއެކޭ ބުނެ ދެން އެފަދަ ކަމެއް ތަކުރާރު ނުވާނެ ކަމުގެ ޔަޤީންކަން އޭނާ ދިނެވެ.
***
ނިއުޝާ އަދިވެސް އިނީ ޖެހި ބުދެއްހެން ގަނޑު ވެފައެެވެ. އޭނާގެ ދެލޮލަށް ފެނުން ފޮޓޯ ގަނޑު ޤަބޫލު ކުރަން ދަތިވެފައެވެ. ބައްޕައަށް ޤުޅާފައި މީ ކިހިނެއްވީ ކަމެއް ތޯ އަހަން އޭނާ ބޭނުން ވެއެވެެ. ނަމަވެސް އެއިން އެއްވެސް ކަމެއް ކޮށްގެން އެދެވޭ ނަތީޖާ އެއް ނިއުޝާއަށް ނުލިބި، ލަދެއްގެ ބެދޭނެ މީހަކީ ވެސް ހަމަ ނިއުޝާކަން އޭނާ ދަނެއެވެ. ކުރާނެ ކަމެއް ނޭނގިގެން ކޮޓަރީގެ ދެކޮޅަށް ނިއުޝާ ހިނގަމުން ގެންދިޔައެވެ. އެންމެ ރަނގަޅު ގޮތަކަށް ނިއުޝާއަށް ވިސްނުނީ އެކަމާ އަޅާނުލާށެވެ. ނޭނގޭ ކަމަށް ހަދާލައިގެން ހުންނާށެވެ. ނަމަވެސް އެއީ ދާއިމީ ހައްލެއް ނޫންކަން ނިއުޝާ ޤަބޫލު ކުރެއެވެ.
މާއިޒް ސަމާ އާ ކައިވެނި ކުރީ ނިއުޝާއާއި ސަމާއާ އޮތް ގުޅިގެން އެނގިގެން ކަމެއް ނުވަތަ ނޫންކަމެއް ނިއުޝާއަކަށް ނޭނގެއެވެ. ފަހަރެއްގާ ސަމާ މާއިޒަށް ސިއްރުކޮށްގެން ހުރުން ވެސް އެކަށީގެންވެއެވެ. މާއިޒަށް ހުރިހާ ކަމެއް އެނގި ހުރެ ކުރި ކައިވެންޏެއް ނަމަ، ޔަޤީންކޮށް އެއީ ނިއުޝާއަށް ދައްކަން ކުރި ކައިވެންޏެއްކަމުގައި ވާނެއެވެ. މިއީ ހައްތަހާ ވެސް ނިއުޝާގެ ސިކުނޑީގައި އާލާވަމުން ދާ ޚިޔާލުތަކެވެ.
***
ދުވަސްތައް ދައުރުވަމުންދެއެވެ. ދުވަހަކަށްފަހު، ދުވަހެކެވެ. އެގޮތުގައި 1 މަސް ފާއިތުވެގެން ގޮސްފިއެވެ. ސަމާ އާއި މާއިޒް އުޅެމުން ދިޔައީ އުފާވެރި ދިރިއުޅުމެއްގައެވެ. ސަމާ ބޭނުންވާ ގޮތަށް އޭނާއަށް ހުރިހާ ކަމެއް ވެސް ވެއެވެ. ސަމާއަށް ނުވާ ހަމަ އެންމެ ކަމެއް ވެސް ނޯއްނަ ފަދައެވެ. މާއިޒްގެ ބޭންކްތަކުގެ އެކައުންޓްތަކަށް ބޭނުން ވަގުތެއްގައި ސަމާއަށް އެކްސަސް ވެވޭ ގޮތް ވަނީ ވެފައެވެ. މާއިޒްގެ އެކައުންޓްތަކުން ލައްކައިން ރުފިޔާ މަދުވަމުން ދިޔައީ މާއިޒަށް ރޭކާ ވެސް ނުލައެވެ.
ރިޝްފާ ބޭނުންވީ މާއިޒް ހުލިކޮށްލާށެވެ. މާއިޒްގެ ވިޔަފާރިތައް ފުޑުފުޑުކޮށްލާ، މާއިޒް ނިކަމެތި ކޮށްލާށެވެ. ރިޝްފާގެ ޚިޔާލާ އެއްގޮތަށް ސަމާ ގެންދިޔައީ އަމަލު ކުރަމުންނެވެ. ރިޝްފާ އާއި ސަމާ ރާއްޖެއިން ބޭރުގައި އެކައުންޓުތައް ހުޅުވާ، އެމީހުން ގެންދިޔައީ އެ އެކައުންޓްތަކަށް ހާހުން ޑޮލަރާއި ޔޫރޯ ޖަމާކުރަމުންނެވެ. އެއިން އެއްވެސް ކަމެއް މާއިޒަށް ރޭކާލާ ގޮތެއް ނުވިއެވެ. މާއިޒް އެޔަށް ވުރެ ބޮޑަށް ސަމާ ދެކެ ލޯބިވެއެވެ. ސަމާއަށް އިތުބާރު ކުރެއެެވެ.
ކައިވެންޏަށްފަހު، މާއިޒަށް އޭނާގެ ދަރިން ތިބިކަން ހަނދާން ވަނީ މަހަކު އެއްފަހަރު ހަރަދު ކުރަން ޖެހޭ ވަގުތުގައި އެކަންޏެވެ. އިސްވެ ދަރިންނާ ގުޅާލައި އެކުދިންގެ ހާލުބަލާލަން މާއިޒަށް ވަގުތެއް ނުލިބެއެވެ. ދަރިންނާއި މާއިޒްއާ އޮންނަ ގުޅުން ހީނުކުރާ ވަރަށް ހީނަރުވެގެން ދިޔަ އިރު ވެސް އެކަން މާއިޒަށް ރޭކާނުލައެވެ. ސަމާގެ ޖާދޫގައި ޖެހި މުޅި ޙަޔާތް ގެއްލެމުން ދިޔައީ ނުހަނު އަވަހަށެވެ.
ނިއުޝާ އާއި ހައިކަލްގެ ގުޅުން ވަރަށް ރަނގަޅު ވެއްޖެއެވެ. ނިއުޝާ އާއި ހައިކަލް ބައްދަލުކޮށް ވާހަކަ ނުދައްކަ ހަމަ އެންމެ ދުވަހެއް ވެސް ނާދެއެވެ. ކޮންމެ ދުވަހަކު އެތައް އިރަކު އެމީހުން ވާހަކަދައްްކަން ތިބެއެވެ. ހައިކަލް އާ ކައިވެނި ކުރަން ބޭނުންވާތީ ފަޔާޒްގެ ގާތުން ވަރިވާން ބޭނުންވާ ކަމަށް ނިއުޝާ ބުނީ އޭނާ އިސްވެއެވެ. ހައިކަލް އެކަމަށް އެއްބަސް ވިއެވެ. ނިއުޝާ ނިންމީ ވީ އެންމެ އަވަހަކަށް ނާޝިދުގެ ގާތުގައި ބުނެގެން ފަޔާޒްއާ ދިމާވެވޭނެ ގޮތެއް ހަދާށެވެ. ފަޔާޒްގެ އަންބެއްގެ ރޯލުން ތާއަބަދަށް ދުރަށްދާށެވެ. (ނުނިމޭ)
އަނެއް ޕާރޓް ވީހާވެސް އަވަސްކޮއް ކިޔާލާ ހިތްވޭ