އީއައިއޭ ނުހަދާ ޖޯލި ރިސޯޓްގައި މުރަކަ އަލާކުރާ އަލީ ބޭ ޖޫރިމަނާކޮށްފި

އަދި ބުނީ އެ ކުންފުނި 20،000ރ. އިން ޖޫރިމަނާކޮށް އެ ފައިސާ 30 ދުވަހުގެ ތެރޭގައި ދައްކަން އެ ކުންފުންޏަށް މި މަހުގެ 22 ވަނަ ދުވަހު އަންގާފައިވާނެ ކަމަށެވެ.

އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ފުރިހަމަ ނުކޮށް ޖޯލި ރިސޯޓްގައި މުރަކަ އާލާކުރުމުގެ މަސައްކަތްކޮށްފައި ވާތީ 20،000ރ. އިން ޖޫރިނަމާކޮށްފި އެވެ.

އީޕީއޭ އިން މިއަދު ބަޔާނެއް ނެރެ ބުނީ، ރ. މުރަވަންދޫގައި ހިންގާ ޖޯލި ރިސޯޓްގައި މުރަކަ އާލާ ކުރަން ފެށުމާ ގުޅިގެން އެ މައްސަލަ ބަލައި އެކަމާ ގުޅިގެން އެޖެންސީއަށް މައޫމާތު އެއްކުރި ކަމަށެވެ. 

އެ މައުލޫމާތާއި ދެ ފަރާތުން ބަދަލުކުރި ލިޔެކިޔުންތަކަށް ބެލި އިރު އަދި ޓޫރިޒަމް މިނިސްޓްރީން ހޯދި މައުލޫމާތަށް ބެލި އިރު އީއައއޭ މަރުޙަލާ ފުރިހަމަ ނުކޮށް އެ ރަށުގައި މުރަކަ އާލާކުރުމުގެ މަސައްކަތް އަލީ ބޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ފަށާފައިވާ ކަމަށެވެ.

އަދި ބުނީ އެ ކުންފުނި 20،000ރ. އިން ޖޫރިމަނާކޮށް އެ ފައިސާ 30 ދުވަހުގެ ތެރޭގައި ދައްކަން އެ ކުންފުންޏަށް މި މަހުގެ 22  ވަނަ ދުވަހު އަންގާފައިވާނެ ކަމަށެވެ. މީގެ އިތުރުން ޖޯލި ރިސޯޓްގައި މުރަކަ އާލާކުރަން މިހާރު ކޮށްފައިވާ މަސައްކަތްތަކާއި އެ މަސައްކަތްތަކާ ގުޅިގެން މިހާރު ރަށުގެ ތިމާވެށީގެ ހާލަތު އީއައިއޭ ކޮންސަލްޓަންޓެއް މެދުވެރިކޮށް ވަޒަން ކުރުމަށް ފަހު އެ ކަމާގުޅޭ ރިޕޯޓެއް މަސް ދުވަހުގެ ތެރޭގައި ހުށަހަޅަން ވެސް އެންގި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.