އުރުދުގާންގެ ދައުވަތަކަށް ރައީސް މުއިއްޒު ތުރުކީއަށް ވަޑައިގެންފި

މި ދަތުރުފުޅަށްފަހު އެ މަނިކުފާނު ދެން ވަޑައިގަންނަވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި މި މަހުހުގެ 30 ވަނަ ދުވަހު ފަށާއި ކޮޕް-28 ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަތުމަށް ޑުބާއީ އަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާއި އަނބިކަނބަލުން މެޑަމް ސާޖިދާ ފުރާ ވަޑަިގަތުމުގެ ކުރީން ސަލާމް ކުރެއްވުމަށް ހަނާ އަޅުއްވާލައްވަނީ

ތުރުކީގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުގާންގެ ދައުވަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތުރުކީއަށް ފުރާވަޑައިގެންފި އެވެ. 

މިއަދު ހެނދުނު ރައީސް ތުރުކީއަށް ފެއްޓެވީ ރަސްމީ ދަތުރުފުޅެއް ނަމަވެސް އެއީ ފުރަމާނަ ދަތުރުފުޅެއް ނޫނެވެ. އެނގިފައިވާ ގޮތުގައި އެ މަނިކފާނުގެ ވެރިކަމުގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅު / ސްޓޭޓް ވިޒިޓް އޮތީ އެކުވެރި ސައުދީ އަރަބިއްޔާއަށެވެ. 

ތުރުކީއަށް ކުރައްވާ މި ދަތުރުފުޅުގައި ދެ ދުވަސް ތުރުކީގައި ހޭދަ ކުރައްވާއިރު ރައީސް އުރުދުގާނާއެކު ދެ ގައުމުގެ މެދުގައި ބަައިލެޓްރަލް މަޝްވަރާތައް ބާއްވަވާ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން ކުރެވެން ހުރި ކަންކަމާބެހޭ ގޮތުން ވެސް ހިޔާލު ބަދަލު ކުރައްވާނެ އެވެ.

އަދި މި ދަތުރުފުޅުގައި ރާއްޖޭގެ ވިޔަފާރި އާއި އިގްތިސޯދު ފުޅާ ކުރުމަށާއި ތަރައްގީ ކުރުމަށް ތުރުކީއަށް ވެދެވޭނެ އެހީތެރި ކަމާއި ތުރުކީގެ އިގްތުސޯދާއި ވިޔަފާރީގެ ތެރެއިން ރާއްޖޭގެ އިގްތިސޯދުގެ ތެރެއަށް ގެނެވޭނެ އާ ފުރުސަތުތަކާ ބެހޭ ގޮތުން ވެސް ދެ ބޭފުޅުންގެ މެދުގައި ވާހަކަފުޅުތައް ބާއްވަވަ އެވެ.

ތުރުކީން ޑުބާއީއަށް

ރައީސް މުއިއްޒުގެ މި ދަތުރުފުޅަށް ފަހު އެ މަނިކުފާނު ދެން ވަޑައިގަންނަވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި މި މަހުހުގެ 30 ވަނަ ދުވަހު ފަށާ ކޮޕް-28 ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަތުމަށް ޑުބާއީ އަށެވެ. އެއީ ރައީސް މުއިއްޒު ބައިވެރިވެ ވަޑައިގަންނަވާ ފުރަތަމަ ބައިނަލްއަގުވާމީ ސަމިޓް / ކޮންފަރެންސެވެ.

ޔުނައިޓެޑް ނޭޝަން ކްލައިމެޓް ޗޭންޖް ކޮންފަރެންސް - ކޮޕް28 - މި އަހަރު ޑުބާއީގައި ކުރިޔަށް ދާނީ ނޮވެމްބަރު 30 އިން ޑިސެންބަރު 12 އަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.