މިދިޔަ އަހަރާ އަރާ ހަމަކޮށްފި ؛ ދެން އޮތީ އާ ރެކޯޑެއް

މި އަހަރުގެ މިހާތަނަށް 1.6 މިލިއަން ޓޫރިސްޓުން ވަނީ ހަމަވެފަ އެވެ. މިއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އައި ޓޫރިސްޓުންގެ އަދަދު ހުރި މިންވަރެވެ.

ވާޖިން އެޓްލާންޓިކްގެ ދަތުރުތަށް ރާއްޖެއަށް ފެށުން: މި ފްލައިޓުގެ ސަބަބުން ރާއްޖެ އަންނަ ޔޫރަޕު ޓޫރިސްޓުންގެ އަދަދު އިތުރު ވެގެންދާނެ -- އެމްއޭސީއެލް

މިދިޔަ އަހަރު ރާއްޖެއަށް އައި އަދަދަށް މި އަހަރުގެ މިހާތަނަށް ބަލާއިރު ވަނީ ޓޫރިސްޓުން އައިސް ހަމަވެފަ އެވެ. މިހާރު އިތުރަށް އަންނަ ޓޫރިސްޓުންގެ ނަމްބަރާއެކު މި އަހަރު ޓޫރިޒަމްގެ ނަމްބަރުން އާ ރެކޯޑެއް ގާއިމް ކުރާނެ އެވެ. 

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަށް ދައްކާ ގޮތުގައި 1.6 މިލިއަން ޓޫރިސްޓުން ހަމަވެފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. ނަމަވެސް މިހާރު ޓޫރިސްޓުން އަންނަ އަދަދުން ބަލާނަމަ މި އަހަރު ވަނީ 1.6 މިލިއަން ޓޫރިސްޓުން ހަމަވެފަ އެވެ. މިއީ ޓޫރިޒަމްގެ އާ ރެކޯޑެކެވެ. 

ޓޫރިޒަމް ތަފާސް ހިސާބުތަށް ދައްކާ ގޮތުގައި މިދިޔަ މަހުގެ 22 ވަނަ ދުވަހާ ހަމައަށް ބަލާނަމަ 1,636,010 މިލިއަން ޓޫރިސްޓުން ވަނީ އައިސްފަ އެވެ. މިއީ މިދިޔަ އަހަރުގެ މިހާތަނަށް އައި 1,447,003 މިލިއަން މީހުންނާ އަޅާބަލާނަމަ 13 ޕަސެންޓުގެ އިތުރުވުމެކެވެ. 

ގިނައިން ޓޫރިސްޓުން އައި ގައުމުތައް

  • 1.ރަޝިއާ - 187,452
  • 2.އިންޑިއާ - 176,672
  • 3.ޗައިނާ - 172,023
  • 4.އިނގިރޭސިވިލާތް - 133,845
  • 5.ޖަރުމަނު - 118,746
  • 6.އިޓަލީ - 96,476
  • 7.ޔޫއެސްއޭ - 64,395
  • 8.ފްރާންސް - 43,055
  • 9.ސްޕެއިން - 35,165
  • 10.ސުވިޒަލޭންޑް - 32,655

މި އަހަރުގެ މިހާތަނަށް ބަލާއިރު އެންމެ ގިނައިން ޓޫރިސްޓުން އައިސްފައި ވަނީ ރަޝިއާއިންނެވެ. އެ ގައުމުން 187,452 މީހުން އައިސްފައިވެ އެވެ. އަދި ދެވަނާގައި އޮތީ އިންޑިއާ އެވެ. އެ ގައުމުން 176,672 މީހުން އައިސްފައި ވެއެވެ. 

މި އަހަރުގެ އެވްރެޖު ޓޫރިސްޓުން ނުވަތަ ދުވާލެއްގެ މައްޗަށް އަންނަ ޓޫރިސްޓުންގެ އަަދަދު ހުރީ 5,034 ގަ އެވެ. އަދި އެވްރެޖުކޮށް ޓޫރިސްޓުން މިހާރު ރާއްޖޭގައި ތިބެނީ 7.6 ރެއެވެ. 

ސަރުކާރުގެ އަމާޒު 1.9 މިލިއަން

މި އަހަރުގެ މިހާތަނަށް 1.6 މިލިއަން މީހުން އައިސްފައިވާއިރު ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ 1.9 މިލިއަން ޓޫރިސްޓުންގެ އަމާޒެއް ކަނޑައަޅާފަ އެވެ. 

ކޮމެންޓް

1
450
މިސް ޝަންޝައިން
1 year ago

ޓްވަރިޒަމްގެ ނަމުންނަމަ "ސީޒަން " ތެރޭގައި އަދި ގިނަވާނެ. އަދި އެއަރޕޯޓް ހަދާ ނިމުނީމަ އަދި ގިނަވާނީ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.