ރައީސް މުއިއްޒުއާއެކު ދެމި ހުންނާނަން: ނާޒިމް

މުއިއްޒުގެ ސަރުކާރާ އެކުު އެމްއެންޕީގެ އެންމެހާ މެންބަރުންނާއި އެމަނިކުފާނު ސާބިތުކަމާ އެކު ދެމިހުންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ނާޒިމް ދެއްވި އެވެ.

މުއިއްޒުގެ އަރިހުގައި ދަނގެތީ ދާއިރާގެ މެންބަރު / އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާ އެކުު އެމްއެންޕީގެ ހުރިހާ މެންބަރުންނާއި އެމަނިކުފާނު ދެމި ހުންނަވާނެ ކަމުގެ ޔަގީންކަން މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް މުހައްމަދު ނާޒިމް މިރޭ ދެއްވައިފި އެވެ.

"އެކްސް" ގައި ނާޒިމް ކުރެއްވި ޕޯސްޓެއް ގައި ވިދާޅުވީ އުޖާލާ ޒަމާނަކަށް ދިވެހި ރައްޔިތުންގެ ފުރިހަމަ ތާއީދާ އެކު ގައުމުގެ ވެެރިކަމަށް އިންތިހާބު ކުރެއްވި ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާ އެކުު އެމްއެންޕީގެ އެންމެހާ މެންބަރުންނާއި އެމަނިކުފާނު ސާބިތުކަމާ އެކު ދެމިހުންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ. 

"އަޅުގަނޑުގެ އެދުމަކީ ގައުމުގެ ތަރައްގީ އާއި ރައްޔިތުންގެ ހެވާލާބައަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިއަށް ގެންދަވާ ތަރައްގީގެ މަސައްކަތު ގައި ރައްޔިތުން އެއްބާރުލުން ދެއްވުމުގައި ދެމިތިއްބެވުމެވެ،" ނާޒިމްގެ ޕޯސްޓް ގައި ވިދާޅުވި އެވެ.

އެމްއެންޕީ އަކީ ރައީސް މުއިއްޒުގެ ސަރުކާރުގެ ބައިވެރިއެެކެވެ. ދެވަނަ ބުރުގައި އިންތިހާބުން ކާމިޔާބު ހޯދާ ދިނުމަށް ނާޒިމް އާއި އެމްއެންޕީގެ ލީޑާޝިޕްގެ ބޭފުޅުން މުއިއްޒާ އެކު ވަރަށް ގިނަ ރަށްރަށަށް ވަޑައިގެންނެވި އެވެ. 

ނާޒިމާއި އެމްއެންޕީގެ ތާއީދު އޮތްކަން ހާމަކޮށްފައި މިވަނީ ޕީޕީއެމްގެ ރައީސް، އަބްދުﷲ ޔާމީން އެ ޕާޓީ ދޫކުރައްވާ އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވާފައި ވަނިކޮށެވެ. ޔާމީނާމެދު ރައީސް މުއިއްޒާއި ސަރުކާރުގެ ވެރީން އަދި ދެ ޕާޓީގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން އަމަލު ކުރެއްވި ގޮތުން ޔާމީން ވަނީ އެމަނިކުފާނަށް އިތުބާރު ކުރެއްވޭ ބޭފުޅުންނާ އެކު އާ ޕާޓީ އުފެއްދުމުގެ ހުއްދަ އަށް މާދަމާ އެދޭނެ ކަން ހާމަކޮށްފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.