އެސްޓީއޯ އަންކާރާ ނައިޓް މި ފަހަރު އެފްއެޗްޓީއެސްއާއެކު

ތުރުކީން އިމްޕޯޓްކޮށް، އެސްޓީއޯ ޕީޕަލް ޗޮއިސް އިން ވިއްކާ "އަންކާރާ" ބްރޭންޑުގެ ޕާސްތާއަކީ ތުރުކީގައި މަގުބޫލު ޕާސްތާ ބްރޭންޑެކެވެ.

މިދިޔަ އަހަރު އެސްޓީއޯ އަންކާރާ ނައިޓް އައްޑޫ ސިޓީގައި ބޭއްވުމުގެ ތެރެއިން

ތުރުކީއިން އިމްޕޯޓުކޮށް، އެސްޓީއޯ ޕީޕަލް ޗޮއިސް އިން ވިއްކާ "އަންކާރާ" ބްރޭންޑުގެ ޕާސްތާއަށް ހާއްސަކޮށްގެން ކުރިޔަށްގެންދާ "އަންކާރާނައިޓް" މިރޭ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގައި ބާއްވާނެ އެވެ. 

ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސް (އެފްއެޗްޓީއެސް) އާ ގުޅިގެން ކުރިޔަށް ގެންދާ އަންކާރާ ނައިޓްގައި އަންކާރާ ޕާސްތާގެ ރަހަ ބެލުމުގެ ފުރުސަތު އަދި ލައިވް މިއުޒިކް އޮންނާނެ އެވެ.

މިރޭގެ 8:00 އިން 10:30 އަށް ކުރިޔަށް ގެންދާ އަންކާރާ ނައިޓަށް ޒިޔާރަތްކޮށް އިނާމެެއް ހޯދުމުގެ ފުރުސަތު ވެސް ލިބިގެންދާނެ އެވެ.

ތުރުކީން އިމްޕޯޓްކޮށް، އެސްޓީއޯ ޕީޕަލް ޗޮއިސް އިން ވިއްކާ "އަންކާރާ" ބްރޭންޑުގެ ޕާސްތާއަކީ ތުރުކީގައި މަގުބޫލު ޕާސްތާ ބްރޭންޑެކެވެ. އަންކާރާ ބްރޭންޑްގެ ޕާސްތާގެ ކްލެސިކް ރޭންޖާއި ވިޓަމިން ރޭންޖު، ތަރުކާރީ، ބުރޭން، ހޯލް ވިޓް ގިނަ ވެރައިޓީތަކެއްގެ ޕާސްތާ، އެސްޓީއޯ ޕީޕަލް ޗޮއިސް އިން ވިއްކަ އެވެ. 

އަންކާރާ ވިޓަމިން ސީރީޒަކީ ވިޓަމިނުން ފުރިފައިވާ، ހުރިހާ އުމުރުފުރަޔަކަށް ވެސް ވިޓަމިންގެ ބޭނުންތައް ފުއްދައިދިނުމުގެ އިތުރުން މީރު ރަހައެއް ލާ ޕާސްތާއެކެވެ. އަދި ކުޑަކުދިން ނަށް ކަމުދާނެގޮތަށް އުފައްދައިފައިވާ ތަރުކާރީ ސީރީޒަކީ ދުޅަހެޔޮ ކާނާ ކެއުމަށް އިސްކަންދޭ މީހުންނަށް ވެސް ވަރަށް ރަނގަޅު ޗޮއިސް އެކެވެ.

އެސްޓީއޯ އަންކާރާ ނައިޓް މިދިޔަ އަހަރު ކުރިޔަށްގެންދިޔައީ އައްޑޫ ސިޓީގައެެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.