އެމްޑީޕީގެ ވަގުތީ ރައީސަކަށް ރައީސް އިބޫ

ގައުމީ މަޖިލީހުން މިއަދު ވަނީ ރައީސް ސޯލިހްގެ ކެބިނެޓް ގައި ހިމެނިވަޑައިގެންނެވި އެ ޕާޓީގެ ހުރިހާ މިނިސްޓަރުން ވެސް ގަައުމީ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ހަމަޖެއްސުމަށް ވެސް ނިންމާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް

ނިމިގެންދިޔަ ސަރުކާރު ހިންގި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސަކަށް ކުރީގެ ރައީސް / އެމްޑީޕީގެ ކުރީގެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހަމަޖައްސައިފި އެވެ.

މި ނިންމުން ނިންމީ އެމްޑީޕީން މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާ ގައެވެ. އއ. އުކުޅަހު ގައި އޮތް ގަައުމީ މަޖިލީހުގެ ޖަލްސާ ގައި މި ނިންމުން ނިންމީ އެގޮތަށް ހުށައެޅި ހުށައެޅުން ފާސް ކުރުމުންނެވެ.

ގަައުމީ މަޖިލީހުގެ މި ނިންމުމަކީ ވަގުތީ ނިންމުމެކެވެ. އެ ޕާޓީން އެންމެ ފަހުން ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލްވުމު ގައި ވެސް ވަނީ ރައީސް ސޯލިހްގެ ވެރިކަން ނިމުމާއެކު އެމަނިކުފާނަށް އޮތް އިސް ލީޑަރުގެ މަގާމު ގެއްލޭނެތީ އެހެން މަގާމަކަށް ވަގުތީ ގޮތުން އައްޔަން ކުރުމަށް ބައެއް މެންބަރުން ހުށައަޅާ އެކަމާ ވާހަކަ ދައްކާފައެވެ.

ގައުމީ މަޖިލީހުން މިއަދު ވަނީ ރައީސް ސޯލިހްގެ ކެބިނެޓް ގައި ހިމެނިވަޑައިގެންނެވި އެ ޕާޓީގެ ހުރިހާ މިނިސްޓަރުން ވެސް ގަައުމީ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ހަމަޖެއްސުމަށް ވެސް ނިންމާފައެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ރިޔާސަތު ގައި ޕާޓީގެ އިދާރީ އިސް ބޭފުޅުން

އެމްޑީޕީގެ ރައީސްގެ މަގާމަށް ރައީސް ސޯލިހް މިރޭ ހަމަޖެެއްސެވިއިރު އެމަނިކުފާނު ހުންނެވީ ރާއްޖެ އިން ބޭރު ގައެވެ.

ދަ ޑިމޮކްރެޓްސް އާ ގުޅިވަޑައިގަތުމަށް މީގެ މަސްތަކެއް ކުރީން ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ މެންބަރު ކަމުން ވަކިވެވަަޑަައިގަތުމުން ރައީސްގެ މަގާމު އޮތީ ހުސްވެފައެވެ.

އޭގެ ކުރީން އެމްޑީޕީގެ ނާއިބު ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޝިފާޒު ވެސް ވަނީ އެ ޕާޓީން ވަކިވެވަޑައިގެންފައެވެ. 

އެމްޑީޕީގެ ނާއިބު ރައީސްގެ މަގާމު ވެސް އޮތީ އޭގެ ފަހުން ހުހަށެވެ. ވަރަށް އަވަހަށް އެ ދެ މަގާމަށް ހުޅުވާލާ އިންތިހާބު ބާއްވާނެ އެވެ. އެކަމަށް ރަސްމީ ތާރީހެއް ނުދެ އެވެ.

ނަަމަވެސް އެތެރޭގެ އިންތިހާބު ފަސްކުރީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ހިނގަމުންދާތީ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.