ޖޭއެސްސީއަށް ރައީސްގެ މެމްބަރާއި ބަންޑާރަ ނައިބު އައްޔަނުކޮށްފި

މި ދެ ބޭފުޅުން މިއަދު ޖޭއެސްސީ މެމްބަރު ކަމަށް އައްޔަނުކުރުމަށްފަހު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މަގާމުގެ ފަތްކޮޅު އަރުއްވާފަ އެވެ.

ޖޭއެސްސީގެ މެމްބަރު ކަމަށް އައްޔަނުކުރެއްވި ރައީސުލްޖުމްހޫރިއްޔާގެ މެމްބަރު، އުސްތާޒް މުހައްމަދު ސަމީރަށް ރައީސް ފަތްކޮޅު އަރުއްވަނީ --

ޖުޑިޝަލަ ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން އައްޔަނު ކުރާ މެމްބަރާއި ބަންޑާރަ ނައިބް މިއަދު އައްޔަނުކޮށްފި އެވެ.

ޖޭއެސްސީއަށް ރައީސުލްޖުމްހޫރިއްޔާގެ މެމްބަރެއްގެ ގޮތުގައި އައްޔަނުކޮށްފައި ވަނީ ގާނޫނީ ވަކީލް، ރ. އިނގުރައިދޫ ހިތްވަރު، މުހައްމަދު ސަމީރެވެ. އަދި، ބަންޑާރަ ނައިބް އަހުމަދު އުޝާމް ވެސް މިއަދު ވަނީ އެ ކޮމިޝަނަށް އައްޔަނުކޮށްފަ އެވެ.

މި ދެ ބޭފުޅުން މިއަދު ޖޭއެސްސީ މެމްބަރު ކަމަށް އައްޔަނުކުރުމަށްފަހު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މަގާމުގެ ފަތްކޮޅު އަރުއްވާފަ އެވެ.

ވަކީލް ސަމީރަކީ ކުރިން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގައި ޕަބްލިކް ޕްރޮސެކިއުޓަރަކަށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަދި، ނަޝީދް އެންޑް ކޯ ގެ ސީނިއާ އެސޯސިއޭޓްކަމުގެ މަގާމާއި، ސަމީރު އެންޑް ޝަމާމް އެލްއެލްޕީގެ މެނޭޖިން ޕާޓްނަރުކަމުގެ މަގާމު ވެސް ފުރުއްވާފައިވެ އެވެ.

ޖޭއެސްސީގެ މެމްބަރު ކަމަށް ބަންޑާރަ ނައިބް އައްޔަނު ކުރައްވަނީ --

އުޝާމް ޖޭއެސްސީއަށް އައްޔަނުކޮށްފައި ވަނީ، ޖޭއެސްސީ އެކުލެވިގެންވާ ގޮތުގައި ބަންޑާރަ ނައިބަކީ ކޮމިޝަން މެމްބަރަކަށްވާތީ އެވެ. ކުރިން ވިލިމާލެ ދާއިރާގެ މެމްބަރު އުޝާމް ބަންޑާރަ ނައިބްގެ މަގާމާ ހަވާލުވެވަޑައިގެންފައި ވަނީ މިމަހުގެ 17 ވަނަ ދުވަހު އެވެ. އެއީ ކުރިން ޑެޕިއުޓީ އެޓާނީ ޖެނެރަލްކަމުގެ މަގާމު ވެސް ފުރުއްވި ބޭފުޅެކެވެ.

ބަންޑާރަ ނައިބްގެ އިތުރުން ޖޭއެސްސީގައި ތިބެނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި މަޖިލީހުން ކަނޑައަޅާ މަޖިލީހުގެ މެންބަރަކާއި މަޖިލީހުން ކަނޑައަޅާ އާންމު މީހަކާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައި ކޯޓު ފަނޑިޔާރަކާއި ދަށު ކޯޓު ފަނޑިޔާރަކާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އަދި ވަކީލުން ތަމްސީލްކުރާނެ މެމްބަރެއްގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ މެމްބަރެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.