ބްރިޖަށް ވަޑައިގެންނެވި ބޭފުޅުން އެކްސައިޓް ވިޔަސް މަށެއް ނުވޭ

ބްރިޖު ބަލަން ހަތް މަސް ފަހުން ދިޔައިރު ފެންނަން ހުރި އެޕްޑޭޓަކީ މިއެވެ. އާ ސަރުކާރުގެ ވެރިން އިއްޔެ މާލެއާވީ ކޮޅުން ބްރިޖަށް ހެދި ސަރަހައްދުގެ މައްޗަށް އެރުވުމަކީ ވެސް އަޕްޑޭޓެކެވެ.

ބްރިޖުގައި ޖަހާ ތަނބެއް ތައްޔާރު ކުރަނީ : މިހާތަނަށް ޖެހިފައިވަނީ މަދު ތަނބުތަކެއް

ހުރިހާ ބޭފުޅުން ގޮސް ބްރިޖު ސައިޓަށް ވަނީ އިންޑަސްޓްރިއަލް ވިލެޖް / ސިނާއީ އަވަށުގެ ވިލާ ޝެޑް ކައިރިއިންނެވެ. އޭރު އަހަރެން ހުރީ ސައިޓުގެ ތެރޭގަ އެވެ. ވަތން ބައެއް ބޭފުޅުން އެ ތަނުގެ އެތެރެ ފެނުމާއެކު ބުނާ އަޑު އިވުނެނެވެ. ބްރިޖުގެ މޯލްޑް ކަނޑު ހަދާފަ ހުރިލެއް ވެސް ރީއްޗެވެ. މި މަސައްކަތް ފުރިހަމަ އެވެ. އަނެއް ކޮޅުން ގުޅީފަޅަށް ލޯންޗް ކައިރި ކުރުމުގެ ކުރީގައި އެތަނުގައި ވެސް އަހަރެން ހުރީމެވެ. 

އާ ސަރުކާރުގެ އެ ބޭފުޅުން ގުޅިފަޅަށް ފޭބުމާއެކު ވަށައިގެން ބަލަން ފެށި އެވެ. ވަށައިގެން އެވާ މާސިންގާހަ ބޮޑެތި ކޮންކްރީޓް ބްލޮކްސްތަކަކީ ބްރިޖު މަސައްކަތުގެ އެންމެ މުހިންމު އެއް ބައިކަމަށް ބްރިޖު އަޅާ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާއިން ބުނަމުން ދިޔަ ކާސްޓް ތަނެވެ. އެ ކާސްޓްތަައް ނިކަން ރީއްޗަން މި ބޭފުޅުންނަށް ފެންނާނެހެން އެފްކޮންސް އިން ހުރީ މަގުހަދައި ތީރިކޮށް އޭގެ ކައިރިއަށް ދެވޭނެ ގޮތް ވެސް ހަދައިދީފަ އެވެ. މިތަނަށް އަލަށް އަންނަ ބަޔަކަށް މި އީ ހައިރާން ކުރުވަނިވި ދުވެލި ބާރު މަސައްކަތެއްގެ ގޮތުގައި ފެނިދާނެ އެވެ. އެކަމަކު މި މަސައްކަތް ފްލޯކުރާ މީހަކަށް ނޫނީ މިކަމުގެ ހަގީގަތާއި މަސައްކަތުގެ ދުވެލި އެނގުން ދަތިވެދާނެ އެވެ. 

ގުޅިފަޅަށް ވަޑައިގަތް ބޭފުޅުން ސަޕްރައިޒްވެފައި ތިއްބަސް އަހަރެން ހައިރާނެއް ނުވެ އެވެ. މީގެ ހަތަރު މަސް ކުރީގައި އަހަރެން މި ސައިޓަށް އައި ދުވަހާ މިއަދާ މަސައްކަތުގައި މާކަބޮޑު ތަފާތެއް ފާހަގައެއް ނުކުރެ އެވެ. އެކަން ފާހަގަކުރީ އަހަރެން އެކަންޏެއް ނޫނެވެ. އެކަން އެހެން ނޫސްވެރިން ވެސް ފާހަގަ ކުރި އެވެ. 

"އަފްރާހު ވެސް އައިން ދޯ މިތަނަށް އެންމެ ފަހުން؟ އެ ދުވަހާ މިއަދާ ތަފާތެއް މިތަނުން ފެނޭތަ؟ އަހަރެންނަކަށް ނުފެނޭ! މަސައްކަތް ފެންނަނީ ދުވެލި ލަސްކޮށް،" ރާއްޖޭގެ އެންމެ މަޝްހޫރު އެއް ޕްރައިވެޓް ޓީވީގެ މަގުބޫލު އަންހެން ޕްރެޒެންޓަރަކު މާލެ އެރި މަގުމަތީގައި ލޯންޗުގައި އިނދެގެން އަހަރެންނާ ސުވާލުކުރި އެވެ. ރަނގަޅަށް މަންޒަރު ބެލި ގިނަ ނޫސްވެރިންނަށް އިއްޔެ ފެނުނީ މި މަންޒަރެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ކެބިނެޓް އެއްކޮށް ބްރިޖު ސައިޓު ތަކަށް ވަޑައިގެންނެވިއިރު އެތަން ރީތިކޮށް ޗާލުކޮށްފައި އޮތަސް ހަގީގަތުގައި އެ ބޭފުޅުންނަށް ވެސް މީގެ ހަގީގަތް އެނގި ވަޑައިގަންނަވާނެ އެވެ. ސަރުކާރު ބަދަލުވެ ހެދި ޓްރާންސިޝަން ކޮމެޓީން ބެލިބެލުން އެނގުނު ގޮތުގައި ދެ އަހަރުގެ މަސައްކަތުން އަދި ނިމިފައިވަނީ އެންމެ 27 ޕަސެންޓެވެ. ހަގީގަތުގައި މިއަދާ ހަމައަށް 70 ޕަސެންޓް ނިމިފައި ހުންނާން ޖެހެ އެވެ. 

ބްރިޖު ސައިޓުތަކަށް ވަޑައިގަތް ބައެއް ވަޒީރުންނަކީ ދުވަހަކު ވެސް މި ބާވަތުގެ ކަމެއް ހަމަލޮލުން ފެނިފައި ނެތް ބޭފުޅުންނަށްވުމުން އެކަން ހައިރާން ކުރުވަނިވި ކަމަށްވުން އެކަށީގެންވެ އެވެ. އިންޑިއާގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއަކާއި 400 މިލިއަން ޑޮލަރުގެ ލޯނަކުން އަޅަމުންދާ ތިލަމާލެ / ވިލިނގިލި އަދި ގުޅިފަޅު / ތިލަފުށި ބްރިޖުގެ ދުވެލި މިހާރު ހުރި ގޮތުން ކުރިއަށް އޮތް ދެ އަހަރު ވެސް މިތަން ނިމޭނެކަމާއެކު ސުވާލު އުފެދެ އެވެ. 

ފަހަރުގައި އަންނަ އަހަރުގެ ކުރީކޮޅު ބްރިޖުގެ ވިލިމާލެ - މާލެ ގުޅައިލެވިދާނެ އެވެ. އެކަމަކު މިއީ ހަގީގަތުގައި އެ މަސައްކަތުގެ އެންމެ ފަސޭހަ ބައެވެ. މާލެ ވިލިނގިލި ކަނޑުއޮޅިއަށްވުރެ އެންމެ ތަންފުކެއް ވެސް ވިލިމާލެ - ގުޅީފަޅު ކަނޑުއޮޅި މަސައްކަތް ފަސޭހަ ނުވާނެ ކަމަށް ތަޖުރިބާކާރުން ދެކެ އެވެ. އެތަނުގައި އޮއިވަރު މި ސަރަހައްދަށްވުރެ އެންމެ ތަންފުކެއް ވެސް މަޑެއް ނުވާނެ އެވެ. 

50 ތަނބު ޖަހަން ޖެހޭ، ޖެހުނީ ހަ ތަނބު

ރައީސް މުއިއްޒުއަށް ބްރިޖު ދައްކަން އިއްޔެ ބޭއްވި ބްރިޖު ވިޒިޓުން ފާހަގަވި އެއްކަމަކީ ރަސްމީކޮށް ޖަހަން ބުނި ތަނބުތަކުގެ ތެރޭން މިހާތަނަށް ޖެހިފަހުރީ އެންމެ ހަ ތަނބު ކަމެވެ. މިއީ މާލެ ކޮޅުން އެއްކަމުގައި ހަދާފައިވާ ބްރިޖުގެ މައިބައި ނުހިމަނައި ފެންނަން ހުރި އަދަދެކެވެ. މި އަހަރުގެ ފެބްރުއަރީ 23 ވަނަ ދުވަހު ބްރިޖު ދައްކާލި ދުވަހު ސަރުކާރުގެ ފަރާތުން ބްރިޖުގެ މައުލޫމާތު ދެއްވަން އޭރު ހުންނެވި ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު ޖިނާން ވިދާޅުވެފައިވާ ގޮތުގައި ބްރިޖުގެ 12 ތަނބެއްގެ މަސައްކަތް އެއްފަހަރާ ކުރިއަށް އެބަދެ އެވެ. 

އެއީ ރަނގަޅު ވާހަކަފުޅެކެވެ. އޭރު 12 ތަނބެއްގެ މަސައްކަތް ކުރިއަށް ދިޔަ ނަމަވެސް މިވީ އަހަރެއްހާ ދުވަހުގެ ތެރޭގައި އެއްގަމުގައި ހުރި ބައި ފިޔަވަހި ޖެހިފައި ވަނީ ހަ ތަނބެވެ. މި އަދަދަށް ތަނބު ޖެހުމަކީ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ބަޔަކު ބުނެފާނެ އެވެ. އެކަމަކު ބްރިޖުގައި 50 ތަނބު ޖަހަން ޖެހެ އެވެ. މި ތަނބުތައް ހުންނާނީ މި ބްރިޖުން އެންމެ ފުރަތަމަ ނިންމަން ކަނޑައަޅާފައިވާ ސެގްމަންޓް އޭގައި މާ ލެއިން ފެށިގެން ބްރިޖް ދަމާލާ ވިލިމާލެ އަދި ގުޅިފަޅާ ހަމަ އަށް ހިމެނޭ ސަރަހައްދުގަ އެވެ. މިހާރު ޖަހާފައި ހުރި ތަނބެއްނަމަ އެ ތަނބެއް ފެންނަން ހުރީ ކަކޫތާ ފެނާއި އެއް ގަމުންނެވެ. ކަނޑުގެ ފުން ހިސާބެއްގައި އަދިއެއް ވެސް ތަނބެއް ޖެހިފައެއް ނެތެވެ. މި ތަނބުތަށް ފެންނަން ހުރީ ވިލިނގިލީ ފަރުމަތިން ހިއްކި ސަރަހަދު އެވެ. އެންމެ ފުން ހިސާބެއްގައި ވެސް އިތުރު ތަނބެއް  ކަނޑުގެ ފުން ހިސާބުތަކުގައި ތަނބެއް ޖެހިގެން ނޫނީ މި ބްރިޖު ފުރިހަމައެއް ނުކުރެވޭނެ އެވެ. 

ތިލަމާލެ ބުރިޖްގެ މައުލޫމާތު

  •  ތިލަމާލެ ބްރިޖް އަޅަން އެފްކޮންސްއަށް ދިނީ އޮގަސްޓް 26، 2021 ގައި
  •  އޮގަސްޓް 2023 އަށް ބްރިޖް ނިންމަން ޖެހޭނެ
  •  ތިލަފުއްޓާއި ގުޅިފަޅު ގުޅާލައި ނޮވެމްބަރު 2024 އަށް ނިންމަން ޖެހޭނެ
  •  ޑިސެމްބަރު 2023 އާ ހަމަށް ވިލިމާލޭން ގުޅިފަޅަށް ގުޅާނެ
  •  ކޯޒްވޭ ތަކާއެކު ބްރިޖްގެ ދިގު މިން 6.7 ކިލޯ މީޓަރު
  •  ސުޕަ ބްރިޖްގެ ދިގު މިނަކީ 3.6 ކިލޯ މީޓަރު
  •  ބްރިޖަށް 400 މިލިއަން ޑޮލަރުގެ ލޯނު ދެނީ އިންޑިއާގެ އެގްޒިމް ބޭންކުން
  •  މުޅި މަޝްރޫއުގެ އަގަކީ 500 މިލިއަން ޑޮލަރު
  •  އިންޑިއާގެ ހިލޭ އެހީގައި 100 މިލިއަން ޑޮލަރު
  •  220،000 ކިއުބިކް މީޓަރުގެ ސަރަހަދެއް ހިއްކާ ތޮށިލާން
  •  ބްރިޖާ ގުޅިފައިވާ ތިން ކިލޯމީޓަރުގެ މަގާއި ފާލަން ހިމެނޭ
  •  ބްރިޖްގެ މަސައްކަތުގައި 1،227 މުވައްޒަފުން ބައިވެރި ވާނެ
ބްރިޖުގެ މަސައްކަތް ގުޅީފަޅުގައި މަސައްކަތް ކުރާ ސަރަހައްދުތައް -- މި

ގުޅިފަޅުން އިއްޔެ ފެނުނު މަންޒަރަކީ މީގެ ހައެއްކަ މަސް ކުރިން ވެސް ހަމަ ފެނުނު މަންޒަރެވެ. އެތަނުގައި މަސައްކަތް ކުރެ އެވެ. އެކަމަކު ތަނެއް ނިންމަން މަސައްކަތް ކުރާ ގޮތަށް ކަމެއް ކުރާތަނެއް ނުފެނެ އެވެ. ގިނަ މީހުން ތިބީ ފައި ބާލައިގެން އިށީނދެގެންނެވެ. ކަމާވާ ގޮތަށް ކަމެއް ކުރާ ތަނެއް ނުފެނެ އެވެ. ގުޅިފަޅު ސައިޓުން މި މަސައްކަތުގައި ފެނުނު ކުރިއެރުމަކީ ކަނޑުގެ ފުން ހިސާބުގައި ޖަހަން ޖެހޭ ތަނބުތަކުގެ ތައްގަނޑުތަށް އަޅަން ފަށާފައި ހުރި ތަނެވެ. މިއީ ބޮޑު ކުރިއެރުމެއްގެ ގޮތުގައި ބުނެވިދާނެ އެވެ. އެކަމަށްޓަކައި ގުޅީފަޅު އަރައިގެންދާ މަގުގެ ދެ ފަރާތުގައި ސަތަރި އަޅާފަ ކުރަމުން ދިޔައީ އެ މަސައްކަތެވެ. ބައެއް ނޫސްވެރިން އެ ތަނބުގެ އެތެރެ ފޮޓޯ ނަގަން އުޅެން ފެށުމުން އެކަން ނުކުރަން އެފްކޮންސްގެ އޮފިޝަލުން ބުނިތަން ވެސް ފެނުނެވެ. އެކަމަކު މީގެ ކޮންމެ "ކޮޅި" އެއްގެ ތެރޭގައި ހުރީ ދަގަނޑު ރިންގު އަޅައި ގަދައަށް އަމުނާލާފަ އެވެ. 

ބްރިޖު ބަލަން ހަތް މަސް ފަހުން ދިޔައިރު ފެންނަން ހުރި އެޕްޑޭޓަކީމި އެވެ. އާ ސަރުކާރުގެ ވެރިން އިއްޔެ މާލެއާވީ ކޮޅުން ބްރިޖަށް ހެދި ސަރަހައްދުގެ މައްޗަށް އެރުވުމަކީ ވެސް އަޕްޑޭޓެކެވެ. މި އަޕްޑޭޓު ދެއްކުމުން ބައެއް ބޭފުޅުން ސަޕްލައިޒް ވިޔަސް މަށެއް ނުވެ އެވެ. ސަބަބަކީ މިކަން ކުރަމުންދާ ދުވެއްޔާއި މިކަމުގެ ކަންކަންދާ ގޮތުގެ ފުރިހަމަ އަޕްޑޭޓް އެނގޭ މީހުން މިކަން މާބޮޑު ކަމަށް ވެގެން ނޫޅޭނެ އެވެ. 

ކޮމެންޓް

1
450
ފަރޫ
5 months ago

ތި ބުރިޖްގަނޑު އަވަހަށް ހަދާދީ، އަހަރުން ބޭނުން ސަޕްރައިވެލަން. ބްރިޖްގް ދުއްވާލަން. އަލަށް ލިބުނު ގޯތި ބަލާލަންދާން

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.