މިދިޔަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 14،000 އަށް ވުރެ ގިނަ މީހުން މަރާލާފައި ވެއެވެ.
ގަތަރު އިސްވެ އޮވެ މެދުވެރިއެއްގެ ރޯލު އަދާކޮށްގެން އިޒްރޭލުން ފަލަސްތީނުގެ ހަނގުރާމަ ހަތަރު ދުވަހަށް ހުއްޓާލަން ނިންމުމަށް ފަހު އެ ނިންމުމަށް އަމަލު ކުރުން އިޒުރޭލުން ފަސް ކޮށްފި އެވެ.
މިހާރު އެއްބަސްވެފައި އޮތް ގޮތަކީ ހަތަރު ދުވަހަށް ހަނގުރާމަ މެދުކަނޑާލުމުގެ ފެށުން މިއަދަށެވެ. އަދި އެ އެއްބަސްވުމުގެ ދަށުން ހަމާސް ޖަމާއަތުން ހިފަހައްޓާގައިވާ އިޒްރޭލުގެ 50 މީހަކު ދޫކޮށްލާއިރު އިޒްރޭލުގެ ޖަލުތަކުގައިވާ ފަލަސްތީނުގެ 150 މީހަކު ވެސް ދޫކޮށްލާނެ އެވެ.
ނަމަވެސް އިޒްރޭލުން ބުނަނީ އެ އެއްބަސްވުމަށް އަމަލު ކުރުން ފެށޭނީ ހުކުރު ދުވަހުގެ ފަހުން ކަމަށާއި އެއްބަސްވުމުގައި ހިމެނޭ ހުރިހާ ކަމަކަށް މުޅިން އަދި ވެސް އެއްބަސް ނުވެވޭ ކަމަށެވެ. އަދި ހަމާސް ޖަމާއަތުން އެ އެއްބަސްވުމުގައި ސޮއި ކޮށްފައި ނުވާ ކަމަށެވެ.
އިޒްރޭލުން ހަނގުރާމަ މެދުކަނޑާލުމާ ގުޅޭ އެއްބަސްވުމަށް އަމަލު ކުރުން ފަސް ކުރިއިރު އެ ގައުމުގެ ސިފައިން ހުއްޓާ ނުލއި ދަނީ ފަލަސްތީނުގެ އެކި ސަރަހައްދުތަކަށް ހަމަލާތަކެއް ދެމުންނެވެ.
މިދިޔަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 14،000 އަށް ވުރެ ގިނަ މީހުން މަރާލާފައި ވެއެވެ.