އަޔާދީ ތަކާފުލްއިން ސާޕްލަސްއަށް ހުށައެޅުމަށް ހުޅުވާލައިފި

ސާޕްލަސްއަށް އެދި ހުށަހެޅުމަށް ހުޅުވާލައިފައި ވަނީ ޖެނަވަރީ 21، 2024 ގެ 16:00 ގެ ނިޔަލަށެވެ. ފޯމް ހުށަހަޅާނީ މައިއެލައިޑް ޕޯޓަލް އިންނެވެ.

އަޔާދީ ތަކަފުލްގެ އިޝްތިހާރެއް: ސާޕްލަސްއަށް އެދި ހުށަހެޅުމަށް ވަނީ ހުޅުވާލައިފައި --

އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލް އިން 2021 ވަނަ އަހަރުގެ ސާޕްލަސް ބެހުމަށް ކަނޑައަޅައި، ލިބުމަށް ޝަރުތު ހަމަވާ ބައިވެރިން އެކަމަށް އެދި ހުށަޅައެޅުމަށް ހުޅުވާލައިފި އެވެ.

ސާޕްލަސްއަކީ ތަކާފުލްގައި ބައިވެރިވުމަށް ކަސްޓަމަރުން ކޮންޓްރިބިއުޝަން ގޮތުގައިދޭ ފައިސާ ޖަމާކޮށް، ގާއިމްކުރާ "ބައިވެރިންގެ ފަންޑު/ތަކާފުލް ފަންޑު" އިން ދޭ ފައިސާ އެވެ. މިއީ ސީދާ ތަކާފުލްއާއި ގުޅޭ ހަރަދުތަކުގެ ގޮތުގައި ބެލެވޭ، ގެއްލުމުގެ ބަދަލު ދިނުމާއި ރީ-ތަކާފުލް ކުރުން ފަދަ ހަރަދުތައް އުނިކުރުމަށްފަހު ހުންނަ ބާކީ ފައިސާ، ބައިވެރިންގެ ރިސްކް ފަންޑްގެ ގޮތުގައި އިންވެސްޓްކޮށްގެން އަހަރު ނިމޭއިރު ފަންޑުގައި އިތުރަށް ހުންނަ ފައިސާއަށް ކިޔާ ނަމެވެ. މިފައިސާ އަށް "ބައިވެރިންގެ ފަންޑުގެ ފައިދާ" އޭވެސް ކިޔަ އެވެ.

އެލައިޑުން ބުނީ އާންމު އުސޫލުން ސާޕްލަސް ލިބުމަށް ޝަރުތު ހަމަވާނީ، ސާޕްލަސް ދިނުމަށް ކަނޑައަޅާފައިވާ ހިދުމަތްތަކުގެ ތެރެއިން ހިދުމަތެއް ނަގައި، ސާޕްލަސް ދިނުމަށް ކަނޑައަޅާފައިވާ މުއްދަތު ކަމަށްވާ، 2021 ވަނަ އަހަރުގައި ބަދަލަށް އެދި ހުށައަޅާފައި ނުވާ ފަރާތްތަކަށް ކަމަށެވެ.

އެގޮތުން، ސާޕްލަސްގެ ގޮތުގައި ކަނޑައެޅޭ ފައިސާއަށް އެދި އެކަމަށް ޝަރުތުހަމަވާ ފަރާތްތަކުން ހުށައެޅުމުން އެފައިސާ ޖަމާކުރާނީ އަޔާދީ ތަކާފުލްއަށް ހިއްސާކޮށްފައިވާ އެފަރާތެއްގެ ބޭންކު އެކައުންޓަކަށެވެ. 

އަދި، ސާޕްލަސް ފައިސާ ޖަމާކުރަން، މިހާރު ހިއްސާކޮށްފައިވާ އެކައުންޓް ބަދަލުކުރަން ބޭނުންވާނަމަ، އެންމެ ބައިވެރިއެއްގެ ގޮތުގައި ނަގައިފައިވާ ސެޓްފިކެޓްތަކުގެ ވެރިފަރާތްތަކަށް މައިއެލައިޑް ވެބް ޕޯޓަލް އަދި އެލައިޑް މޯބައިލް އެޕް އިން އެ މައުލޫމާތުތައް ބަދަލުކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އިތުރަށް ބުނީ، 2021 ވަނަ އަހަރުގެ ސާޕްލަސްއަށް ޝަރުތު ހަމަވާ ކަސްޓަމަރުންގެ ތެރެއިން އެކަމަށް އެދި ހުށަނާޅާ ފަރާތްތަކަށް ކަނޑައެޅިފައިވާ ފައިސާ، ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ބައިވެރިންގެ ފަންޑަށް އަނބުރާ ރައްދުކުރެވޭނެ ކަމަށެވެ.

ސާޕްލަސްއަށް އެދި ހުށަހެޅުމަށް ހުޅުވާލައިފައި ވަނީ ޖެނަވަރީ 21، 2024 ގެ 16:00 ގެ ނިޔަލަށެވެ. ފޯމް ހުށަހަޅާނީ މައިއެލައިޑް ޕޯޓަލް އިންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.