އީސޫއާ މުއާގެ ޓެގް ނައްޓަން އަންގައި، މައްސަލަ ބޭރުކޮށްލައިފި

ކްރިމިނަލް ކޯޓުން "މި" ނޫހަށް މިއަދު ބުނީ، މި މައްސަލައިގައި މަދަނީ މިންގަނޑުން ހެކި ވަޒަން ކުރިއިރު، ދައުވާ ކުރިއަށް ގެންދެވޭ މިންވަރަށް ހެކި ނެތުމުން ދައުވާތައް ބާތިލް ކޮށްފައިވާ ކަމަށެވެ.

ރިލްވާނާއި ޔާމީންގެ މަރުގެ މައްސަލައިގައި ދައުވާކޮށްފައިވާ އަހަނދު (ކ)، މުއާ (މ) އަދި އިސޫ (ވ)

ބްލޮގަރު ޔާމީން ރަޝީދުގެ މަރާއި ގެއްލުވާލައިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރުގެ މައްސަލައިގައި ދައުވާކޮށްފައިވާ އުފުލި އިސްމާއިލް އަބްދުއްރަހީމް (އިސޫ) އާއި އަހްމަދު މުއާޒު (ގަޓު މުއާ)ގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.

މި މައްސަލައިގައި އިސޫގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވުމުގެ ކުށުގެ ދެ ދައުވާ އެވެ. އަދި މުއާޒް މައްޗަށް ދައުލަތުން އުފުލީ ޓެރަރިޒަމްގެ އަމަލެއް ރޭވުމުގެ ކުށުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުން "މި" ނޫހަށް މިއަދު ބުނީ، މި މައްސަލައިގައި މަދަނީ މިންގަނޑުން ހެކި ވަޒަން ކުރިއިރު، ދައުވާ ކުރިއަށް ގެންދެވޭ މިންވަރަށް ހެކި ނެތުމުން ދައުވާތައް ބާތިލް ކޮށްފައިވާ ކަމަށެވެ.

ކޯޓުން ދައުވާތައް ބާތިލްކޮށްފައިވާއިރު، މި ދެ މީހުން ތިބީ ޓެގް އެޅުވުމަށްފަހު ދޫކޮށްލާފަ އެވެ. އެމީހުން ހުރިހާ ހަރަކާތެއް ދިޔައީ މޮނީޓާ ކުރަމުންނެވެ. ނަމަވެސް، ކޯޓުން ވަނީ އެމީހުންގެ ފައިގައި އެޅުވި ޓެގް ނެއްޓުމަށް ވެސް އަންގާފަ އެވެ.

މަރު ކޮމިޝަނުން ތަހުގީގު ކުރި މި މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ތިން މީހެއްގެ މައްޗަށް ދައުވާ ކުރި އެވެ. އެއީ، އިސޫ އަދި މުއާގެ އިތުރުން އަހުމަދު އިސްމާއިލް (ބުރު އަހަނދު) އަށް ވެސް ދައުވާ ކުރި އެވެ. 

އަހަނދުގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ރޭވުމުގެ ކުށުގެ ދައުވާ އެވެ. އޭނާގެ މައްސަލަ ވެސް ކޯޓުން ވަނީ ހެކި ނެތް ކަމަށް ބުނެ ދޫކޮށްލާފަ އެވެ. 

ރިލްވާނާއި ޔާމީންގެ މަރު މައްސަލައިގެ ފަސްމަންޒަރު - ރިލްވާން ގެއްލުވައިލި މައްސަލައިގައި ދައުލަތުން މީގެ ކުރިން ގ. ހިލްޓަން، އާލިފް ރައޫފާއި، ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވެ އެވެ. އެކަމަކު އެމީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް އޮގަސްޓް 2، 2018 ގައި ކްރިމިނަލް ކޯޓުން ހުކުމް ކުރުމާއި ގުޅިގެން އެމީހުން ވަނީ ވީއްލި މިނިވަންވެފަ އެވެ.

ޔާމީންގެ މަރާލުމުގެ ކުށުގައި ދައުލަތުން ހަތް މީހެއްގެ މައްޗަށް ދައުވާ ކުރި އެވެ. އެއީ މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި، މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދާއި، މ. ތާއިފް، އިސްމާއީލް ރަޝީދާއި، މ. ކުދެހިގޭ، ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި، މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.

އެމީހުންގެ މައްޗަށް އުފުލި ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާތައް ސާބިތުވެފައި ވަނީ މީގެ ތެރެއިން ހައިޝަމާއި ޒިހާންގެ މައްޗަށް އެކަންޏެވެ. އެމީހުން އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ ޖެނުވަރީ 19، 2022 ގައެވެ.

ކުށް ސާބިތު ނުވާ ކަމަށް ދަށު ކޯޓުން ކަނޑައެޅި އިސްމާއީލް ރަޝީދާއި ދިފްރާންގެ މައްސަލަ ދައުލަތުން ވަނީ ހައިކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. އެކަމަކު އަދި ހައިކޯޓުން މި މައްސަލައިގެ އަޑުއެހުމެއް ބާއްވައިފައެއް ނުވެ އެވެ. ދެން ތިބި މީހުންގެ މައްސަލަ އިސްތިއުނާފް ކުރެވޭ ވަރަށް ހެކި ނެތުމުން އެމީހުންގެ މައްސަލަ އިސްތިއުނާފް ނުކުރުމަށް ދައުލަތުން ވަނީ ނިންމައިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.