"ދައުލަތަށް ނުލިބި ހުރި ފައިސާ ހޯދަން ފިޔަވަޅު އަޅާނަން"

ދައުލަތަށް ނުލިބި ހުރި ފައިސާގެ އަދަދު އެތަށް ބިލިއަން ރުފިޔާއަކަށް އަރަ އެވެ. މި ފައިސާ ހޯދަން މިހާތަނަށް އެކަށީގެންވާ މަސައްކަތްތަކެއް ވެސް ނުކުރެވެ އެވެ.

ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މިއަދު މަޖިލީހުގައި -- މަޖިލިސް

ދައުލަތަށް ނުލިބު ހުރި ފައިސާ ހޯދަން އާ ސަރުކާރުން އަޅާ ފިޔަވަޅުތައް ކުރިއަށް އޮތް މަސް ދުވަސް ތެރޭ ފެންނަން ފަށާނެ ކަމަށް އާ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެ އެވެ. 

ރައްޔިތުން މަޖިލީހުގައި މިއަދު ވާހަކަފުޅު ދައްކަވަމުން ޝަފީގު ވިދާޅުވީ ދައުލަތަށް ނުލިބި ހުރި ފައިސާ ހޯދަން އަޅާ ފިޔަވަޅުތައް ކުރިއަށް ހިނގާ މަސްތަކުގެ ތެރޭ ފެންނަން ފަށާނެ ކަމަށެވެ. 

"އެންފޯސްމަންޓް ފިޔަވަޅުތަށް ހަރުދަނާ ކޮށްގެން ދައުލަތަށް ނުލިބިވާ ފައިސާ ހޯދަން ފިޔަވަޅު އަޅާނަން. ކުރިއަށް އޮތް މަސްތަކުގައި މި ފިޔަވަޅުތަށް އަޅާތަން ފެނިގެންދާނެ،" އިތުރު ތަފުސީލް ނުދެއްވައި މިނިސްޓަރު ވިދާޅުވި އެވެ. 

ދައުލަތަށް ނުލިބި ހުރި ފައިސާގެ އަދަދު އެތައް ބިލިއަން ރުފިޔާއަކަށް އަރަ އެވެ. މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ އެންމެ ފަހުގެ ހިސާބުތަށް ދައްކާ ގޮތުގައި ޓެކްސް ނުދައްކާ 34 ކުންފުނި އެބައޮތެވެ. 

މި އަހަރުގެ ޖޫންގެ ނިޔަލަށް ރިސޯޓުތަކުގެ ބިމު ކުލިން 3.4 ބިލިއަން ރުފިޔާ (2.9 ބިލިއަން ރުފިޔާ) އަދި ޓެކްސް ނޫން އެހެން އާމްދަނީން 171.5 މިލިއަން ރުފިޔާ (205.5 މިލިއަން ރުފިޔާ) ނުލިބި އެބައޮތެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.