ހަތަރު ދުވަހަށް ހަނގުރާމަ ހުއްޓާލަން އިޒުރޭލު އެއްބަސް ވެއްޖެ

މިދިޔަ މަހުގެ 7 ވަނަ ދުވަހު ފެށި ހަނގުރާމައިގައި މިހާތަނަށް ފަލަސްތީނުގެ 14،000 އަށް ވުރެ ގިނަ މީހުން މަރާލާފައި ވެއެވެ.

އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމީން ނަތެންޔާހޫ

އިޒްރޭލުން ފަލަސްތީނަށް އަރައިގަނެ މިދިއަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން ކުރާ ހަނގުރާމަ މެދުކަނޑާލަން އިޒްރޭލުގެ ކެބިނެޓުން ފާސްކޮށްފި އެވެ. 

މި އެއްބަސްވުން އައީ ދެމެދުގައި ގަތަރުން މެދުވެރިއެއްގެ ރޯލު އަދާކޮށްގެން އެކުލަވާލި މި އެއްބަސްވުމަކަށް ވާހަކަ ދައްކައިގެނެވެ. -- އެއްބަސްވުން ފާސްކުރި ނަމަވެސް މި އެއްބަސްވުމަށް އަމަލުކުރަން ފަށާނެ ތާރީހެއް އަދި އިއުލާނެއް ނުވެއެވެ. 

މި އެބަސްވުމުގެ ފުރަތަމަ މަރުހަލާގައިވާ ގޮތުން ހަނގުރާމަ މެދުކަނޑާލަން ނިންމާފައިވަނީ ހަތަރު ދުވަހަށެވެ. އަދި އެއްބަސްވުމުގެ ތެރެއިން ގޮސް ހަމާސް ޖަމާއަތުން ހިފަހައްޓާފައިވާ އިޒްރޭލުގެ 50 މީހަކު ދޫކޮށްލާނެ އެވެ. އިޒްރޭލުގެ ޖަލުތަކުގައިވާ ފަލަސްތީނުގެ 150 މީހަކު ވެސް ދޫކޮށްލާނެ އެވެ.

ގަތަރު އިސްވެ ހެދި އެއްބަސްބުން އިޒްރޭލުންގެ ކެބިނެޓުގައި ފާސް ކުރި އިރު އެ އެއްބަސްވުމުގެ ދަށުން އިޒްރޭލުން ފަލަސްތީނުގެ ގާޒާ އަށް ދުވާލަކު އިންސާނީ އެހީއާއެކު އަންނަ 300 ޓްރަކް ވެއްދުމުގެ ހުއްދަ ވެސް ދޭން ޖެހޭނެ އެވެ. ހަނގުރާމަ މެދުކަނޑާލާފައި އޮންނަ ހަތަރު ދުވަހު ގާޒާ އަށް ތެޔޮ އެތެރެކުރުމުގެ ހުއްދަ ވެސް އިޒްރޭލުން ދޭނެ އެވެ. 

މިދިޔަ މަހުގެ 7 ވަނަ ދުވަހު ފެށި ހަނގުރާމައިގައި މިހާތަނަށް ފަލަސްތީނުގެ 14،000 އަށް ވުރެ ގިނަ މީހުން މަރާލާފައި ވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.