މަޖިލީހުގައި އެމްއެންޕީ ތަމްސީލުކުރުމުގެ ފުރުސަތު ގެއްލިއްޖެ

އުޝާމް އިސްތިއުފާ ދިނުމުން މެމްބަރުންގެ އަދަދު ދޭކަށް ވެއްޓިފައިވާތީ، ގަވާއިދު ބުނާ ހައިސިއްޔަތު އެ ޕާޓީއަށް ގެއްލިފައިވާކަން އަސްލަމް އިއުލާނުކުރެއްވި އެވެ.

އެމްއެމްޕީގެ ޕީޖީ ގުރޫޕްގެ މެންބަރުން: މީގެ ތެރެއިން މެމްބަރު އުޝާމް ވަނީ އިސްތިއުފާ ދެއްވާފައި --

މެމްބަރުންގެ އަދަދު ދަށްވުމުން ރައްޔިތުންގެ މަޖިލީސް ތަމްސީލުކުރާ ސިޔާސީ ޕާޓީތަކުގެ ދަފްތަރުން މޯލްޑިވްސް ނޭޝަނަލް ޕާޓީ 
(އެމްއެންޕީ) އުނިކޮށްފި އެވެ.

މަޖިލީހުގައި މީގެ ކުރިން އެމްއެންޕީއަށް ނިސްބަތްވެވަޑައިގަންނަވާ ތިން މެމްބަރުން ތިއްބަވަ އެވެ. އެއީ ޕާޓީގެ ރައީސް، ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އާއި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲގެ އިތުރުން ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް އެވެ.

ނަމަވެސް، މިދިޔަ ހުކުރު ދުވަހު އެކުލަވާލި އާ ސަރުކާރުގެ ބަންޑާރަ ނައިބްގެ މަގާމަށް ވަޑައިގެންނެވުމަށް އުޝާމް ވަނީ މަޖިލީސް މެމްބަރު ކަމުން އިސްތިއުފާ ދެއްވާފަ އެވެ. ހުކުރު ދުވަހުގެ ރޭ އޭނާ ވަނީ ބަންޑާރަ ނައިބުގެ ހުވާ ވެސް ކުރައްވާފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ މަޖިލީސް ގަވާއިދު ބުނާ ގޮތުގައި، މަޖިލީހަށް އިންތިހާބު ވުމަށްފަހު ސިޔާސީ ޕާޓީތަކުން މަޖިލީހުގައި ތަމްސީލު ކުރަން އެދޭ މެމްބަރުންގެ އަދަދު އެއްވެސް ވަގުތެއްގައި ތިން މެމްބަރުންނަށްވުރެ މަދުވެއްޖެ ނަމަ، އެ ޕާޓީއެއް މަޖިލީހުގައި ތަމްސީލުކުރުމުގެ ހައިސިއްޔަތު ގެއްލިގެންދާނެ ކަމަށެވެ.

އުޝާމް އިސްތިއުފާ ދިނުމުން މެމްބަރުންގެ އަދަދު ދޭކަށް ވެއްޓިފައިވާތީ، ގަވާއިދު ބުނާ ހައިސިއްޔަތު އެ ޕާޓީއަށް ގެއްލިފައިވާކަން އަސްލަމް އިއުލާނުކުރެއްވި އެވެ. 

މި ތިން މެމްބަރުން އިސްވެ ތިއްބަވައިގެން އުފެއްދި އެމްއެންޕީ އިލެކްޝަން ކޮމިޝަނުގައި ރަޖިސްޓްރީކޮށްފައި ވަނީ އޮކްޓޯބަރު 25، 2021 ގައެވެ. އެ ޕާޓީގައި މިހާރު ތިބީ 9838 މެމްބަރުންނެވެ.

ކޮމެންޓް

1
450
އެސް އެސް
5 months ago

ދެން މަހަށްދޭ، އެއްވެސް އިރެއްގައި މަގްބޫލް ކަމެއް ލިބުނު ޕާޓީއެއްނޫން ތިޔައީ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.