ބައެއް ވަޒީރުންނަށް ރުހުން ނުދޭން އެމްޑީޕީން މަޝްވަރާ ފަށައިފި

ބައެއް ވަޒީރުން ދައްކަވާ ވާހަކަތަކާއި ގެންގުޅުއްވާ ސިޔާސަތު ތަކުުގެ ސަބަބުން އެމްޑީޕީގެ ރޫހު މިހާރު އޮތީ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށެވެ.

އެމްޑީޕީން ރުހުން ނުދޭން މަަޝްވަރާ ކުރާ މިނިސްޓަރުނަ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓް ގައި ހިމެނިވަޑައިގަންނަވާ ބައެއް މިނިސްޓަރުންނަށް ރުހުން ނުދޭން މެޖޯރިޓީ ޕާޓީ -- އެމްޑީޕީން މިރޭ މަޝްވަރާ ފަށައިފި އެވެ.

ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) ގެ ދަށުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ޢައްޔަން ކޮށްފައިވާ 22 ބޭފުޅުންގެ ނަން، ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި އިއްޔެ ވަނީ މަޖިލީހަށް ފޮނުވާފައެވެ.

މަޖިލީހުގެ 55 މެންބަރުން ނިސްބަތްވާ އެމްޑީޕީން ރޭ ބޭއްވި ބައްދަލްވުމުގައި ނިންމާފައިވަނީ ހުރިހާ ވަޒީރުންނަށް ރުހުން ދިނުމަށެވެ. ނަމަވެސް ބައެއް ވަޒީރުން ދައްކަވާ ވާހަކަތަކާއި ގެންގުޅުއްވާ ސިޔާސަތު ތަކުުގެ ސަބަބުން އެމްޑީޕީގެ ރޫހު މިހާރު އޮތީ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށެވެ.

އެ މަަޝްވަރާ މިރޭ ވަނީ ފަށާފައެވެ. އެކަން އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ބައެއް މެންބަރުން ވަނީ ޔަގީން ކޮށްދީފައެވެ. 

އެންމެ ގިނަ މެންބަރުންގެ ރޫހު ހުރީ މިނިސްޓަރު އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަލީ އިހްސާނާއި، މިނިސްޓަރު އޮފް އިސްލާމިކް އެފެއާޒް، ޑޮކްޓަރު މުހައްމަދު ޝަހީމް އަލީ ސައީދާއި މިނިސްޓަރު އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުހައްމަދު ސައީދާއި މިނިސްޓަރު އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް ޑޮކްޓަރު އަލީ ހައިދަރު އަހްމަދަށް ރުހުން ނުދިނުމަށެވެ.

ހައިދަރަށް ރުހުން ދޭން މެންބަރުން ދެކޮޅު ހަދަނީ ކުރީ ސަރުކާރުން ނިންމި ލިސްޓަށް ފްލެޓާއި ގޯތި ނުދޭން ނިންމާފައިވާތީ އެވެ. ޝަހީމަށް ރުހުން ދޭން މެންބަރުން ދެކޮޅު ހަދަނީ ހައްޖު ކޯޓާއި ދިނުމުގައި އަމަލު ކުރަން ނިންމާފައިވާ ގޮތުންނެވެ. އިހްސާނާއި ސައީދާ މެދު ގިނަ ޝަކުވާތަކެއް މެންބަރުން ފާޅުކޮށްފައިވެ އެވެ.

އެމްޑީޕީގެ 55 މެންބަރުން ދެކޮޅު ހަދައިފިނަމަ އެެއްވެސް ވަޒީރަކަށް ރުހުން ނުލިބޭނެ އެވެ. ނަމަވެސް މެންބަރުންގެ ރޫހު ހުރީ ގިނަ ވަޒީރުންނަށް ރުހުން ދިނުމެވެ.

ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގައި ބައެއް އާ މިނިސްޓްރީތަކާއި އަދި ކުރިން ހުރި މިނިސްޓްރީތަކުގެ މެންޑޭޓަށް ބޮޑެތި ބަދަލުތަކެއް ގެންނަވާފައިވެ އެވެ. 

ކޮމެންޓް

2
450
ތިބެވޭނެ
2 weeks ago

ރުހުން ނުދިނަސް ތިބެވޭނެ

މޫސާ
2 weeks ago

ޑރ. ޝަހީމަށް ރުހުން ދޭކަށް ނުފެނޭ. އޭނާ، މިނިސްޓްރީގެ މެންޑޭޓް އޮޅުވާލައި ސެލްފު ޕްރޮމޯޝަންއެއް މިހާރުވެސް ފޭސްބުކުގައި އެޔޮތީ ފަށާފައި. އިސްލާމިކް ޔުނިވަރސިޓީއާއި ތަމްރިނުދޭ މަރުކަޒުތައް ވެސް މި ހީވަނީ އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގަންޖެހޭ ތަންތަންހެން!

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2023 Mi. All rights reserved.