އެކްސިޑެންޓް ގައި ހަތަރު މީހަކަށް ވަނީ އަނިޔާ ވެފައެވެ. އެއީ ދެ އަންހެނުންނާއި ދެ ފިރިހެނުންނެވެ. އޭގެ ތެރެއިން ފިރިހެނަކާއި އަންހެނެއްގެ ހާލު ވަރަށް ދެރަ ކަމަށް ވެސް ބުންޏެވެ.
ހުޅުމާލޭގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި ހަތަރު މީހުންގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ ހިދުމަތުން ބުނި ގޮތުގައި ހުޅުމާލެ ސެންޓްރަލް ޕާކު ކައިރީ ގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. އެކްސިޑެންޓްވީ ކާރަކާއި ތިން ސައިކަލު ޖެހިގެންނެވެ.
އެކްސިޑެންޓް ގައި ހަތަރު މީހަކަށް ވަނީ އަނިޔާ ވެފައެވެ. އެއީ ދެ އަންހެނުންނާއި ދެ ފިރިހެނުންނެވެ. އޭގެ ތެރެއިން ފިރިހެނަކާއި އަންހެނެއްގެ ހާލު ވަރަށް ދެރަ ކަމަށް ވެސް ބުންޏެވެ.
ފުލުހުން ބުނީ އެކްސިޑެންޓްގެ ރިޕޯޓް ލިބުނީ މިރޭ 7:42 ހާއިރު ކަމަށެވެ.
އެކްސިޑެންޓް ގައި ކާރާއި ސައިކަލަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.