ހަދަމުން ދިޔައީ ބްރިޖެއް ނޫން، ހަދަމުން ދިޔައީ ބޮޑެތި ދޮގު

އާ ސަރުކާރުން ފުރަތަމަ އިސްކަން ދޭނީ މަސައްކަތް ލަސްވި ސަބަބުތައް ހޯދާށެވެ. އެއީ އާ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ މަސައްކަތް ހިމެނޭ " ހަފުތާ14 " ގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ތިލަމާލެ ބްރިޖުގެ މަސައްކަތް: މަސައްކަތުގެ ޖުމްލަ އަގަކީ 500 މިލިއަން ޑޮލަރު -- މި

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެށި އެންމެ އުންމީދީ މަޝްރޫއަކީ މާލެ އާއި ވިލިމާލެ އަދި ގުޅިފަޅާއި ތިލަފަޅު ގުޅާލާ "ތިލަމާލެ ބްރިޖް" ގެ މަސައްކަތެވެ. 

ތިލަމާލެ ބްރިޖް ޕްރޮޖެކްޓަކީ އެ ސަރުކާރަށް އެންމެ ބޮޑަށް ފާޑު ކިޔުން އަމާޒުވި އެއް ޕްރޮޖެކްޓެވެ. އިންޑިއާއިން ދިން 500 މިލިއަން ޑޮލަރުގެ ލޯނެއްގެ ދަށުން އަޅަން ފެށި / ހަދަން ފެށި ތިލަމާލެ ބްރިޖަށް އެހައި ބޮޑަށް ފާޑު ކިޔުން އަމާޒުވީ މަސައްކަތުގެ ސްޕީޑު ނެތިގެނެވެ. އަދި ބްރިޖުގެ މަސައްކަތް ފެށި ދުވަހުން ފެށިގެން ވެސް މަސައްކަތުގެ ޓްރާންސްޕޭރެންސީއެއް ނެތުންނެވެ. މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނަވައިގެން ސިނަމާލެ ބްރިޖް އެޅި އިރު އޮތް ހަލުއިކަން އަދި ދިވެހިން މިހާރު ގަބޫލުކުރާ ހަލުއި ދުވެލި މި ބްރިޖު ހަދާން ހަވާލު ވެގެން އޮތް އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ކުންފުންޏަށް ނުދެއްކިގެނެވެ. މި ބްރިޖުގެ ބިންގާ ބެހެއްޓީވެސް އިންޑިއާގަ އެވެ. 

މި ހުރިހާ ކަމަކާއެކު ބްރިޖުގެ މަސައްކަތް ފެށުން ވެސް ދިޔައީ ދިވެހިންގެ ގަބޫލުކުރުންތަކާއި އުންމީދާ މުޅިން ހިލާފަށް ބަންޑުން އޮވެގެނެވެ. 

ބްރިޖުގެ މަސައްކަތް ފެށުމަށްފަހު އެންމެ ފުރަތަމަ ސަރުކާރުން ދިން ތާރީހަކީ މި އަހަރުގެ ޖޫންއަށް މާލެ - ވިލިމާލެ ބްރިޖުން ގުޅިގެންދާނެ ކަމެވެ. 

  •  ފުރަތަމަ ތާރީހު: ޖޫން 2023 ގެ ނިޔަލަށް މާލެ - ވިލިމާލެ ބްރިޖުން ގުޅާލާނެ

ނަމަވެސް ފަހުންވީ ސަރުކާރުން ބުނާން ފެށީ އެ ތާރީހެއް ނޫނެވެ. އަދި ކުރިން އެ ތާރީހުން ދިން ކަމުގެ ރިކޯޑްތައް ހުއްޓާވެސް އެއީ ދިން ތާރީހެއް ކަމަކަށް އެއްބަހެއް ނުވި އެވެ. އަދި ފަހުން ބުނަން ފެށީ ވިލިމާލެ - މާލެ ބްރިޖުން ގުޅޭނެ ތާރީހަކީ އަންނަ ޑިސެމްބަރު މަހެވެ. އެކަމަކު ދެ ވަނަ ދައުރެއްގައި އެ ސަރުކާރަށް ނާދެވި، ރައީސް ޑރ. މުހައްމަދުގެ މުއިއްޒުގެ އާ ސަރުކާރު އައިސް ތިލަމާލެ ބްރިޖަށް ދުރުމި އަޅައި ބެލި އިރު ބިޔަ ބޮޑު އެ މަސައްކަތް ވެސް އޮތީ ދިވެހިން އުންމީދު ކުރި ގޮތާ މުޅީން ތަފާތު ކޮށް އަދި ކުރިސްރުގެ ޕްރޮޖްކެޓްގެ މަސައްކަތާއި ސްޕީޑަށް ފާޑު ކިޔަމުން ދިޔަ މީހުން ބުނި ގޮތަށެވެ. 

ބްރިޖު އަޅަމުންދާ ކަމަށް / ބްރިޖް ހަދަމުން ނިމެމުން ދާ ބުނެ އަޑު ފެތުރިޔަސް ބްރިޖު ހެދުމަށް ވުރެ ބޮޑަށް ފެންނަން އޮތީ ހަދަމުން ދިޔަ ބޮޑު ދޮގުތަކުގެ ޝެޑިއުލެކެވެ. 

"ތިލަމާލެ ބްރިޖުގެ މަސައްކަތް ލަސް. މިވަރުގެ މަސައްކަތެއްނަމަ ޓައިމްލައިނެއް ފެންނަން އޮންނަންވާނެ. މި މަސައްކަތުގައި ޓައިމްލައިނެއް ނުދެއްކުނު. ވޯކް ޕްލޭނެއް ނެތް. ކަންކަން ފޮރުވައިގެން ކޮށްގެން އުޅުނު ކަހަލަ ގޮތަކަށް މިހާތަނަށް ފެނުނީ،" ރާއްޖޭގެ ބޮޑު ކޮންސްޓްރަކްޝަން ކުންފުންޏެއްގެ އިސްވެރިއަކު ބްރިޖުގެ މަސައްކަތްތާ ބެހޭ ގޮތުން ވިދާޅުވި އެވެ. 

ބައެއްގެ ފާޑުކިޔުން އޮތަސް ތިލަމާލެ ބްރިޖު އަޅަން ހަވާލު ވެގެން އޮތީ އާދައިގެ ދެރަވަރުގެ ކުންފުންޏެއް ނޫނެވެ. މި މަޝްރޫއަށްވެސް އެ ކުންފުނިން ދުނިޔޭގެ މަޝްހޫރު އެތައް ކޮންސަލްޓަންޓަކު ގެނެސްގެން މަސައްކަތް ކުރެ އެވެ. 

ސުވާލު އުފެދިގެން އުޅެނީ މިހާރު އެ ފެންން ފެންނަވަރުގައި މަސައްކަތުގެ ދުވެލި އޮތީ ކީއް ވެގެން ހެއްޔެވެ؟ މިއީ އިންޑިއަން އެގްޒިމްގެ މަޝްރޫއަކަށްވާއިރު އެ ގައުމުގެ އެފްކޮންސްއަށް މަސައްކަތުގައި ދުވެލި ނުނެގުނީ ކީއް ވެގެން ހެއްޔެވެ؟ ކުރީގެ ރައީސް ސޯލިހުގެ ވެރިކަން ނިމިފައި ވުމުން ކުރިން އެ ސުވާލު ނުކުރާ މީހުން ވެސް މިހާރު ކުރަނީ އެ ސުވާލެވެ. ބްރިޖު އަޅަނީއޭ ބުނެ ދޮގު ހަދަމުން މައުލޫމާތު ދޭން ޖެހުނީ ހަމަ އެއީ އިންޑިއާގެ ނުފޫޒުގައި ކުރިކަމެކޭ ބުނާންވީ ހެއްޔެވެ؟

ތިލަމާލެ ބުރިޖްގެ މައުލޫމާތު

  •  ތިލަމާލެ ބްރިޖް އަޅަން އެފްކޮންސްއަށް ދިނީ އޮގަސްޓް 26، 2021 ގައި
  •  އޮގަސްޓް 2023 އަށް ބްރިޖް ނިންމަން ޖެހޭނެ
  •  ތިލަފުއްޓާއި ގުޅިފަޅު ގުޅާލައި ނޮވެމްބަރު 2024 އަށް ނިންމަން ޖެހޭނެ
  •  ޑިސެމްބަރު 2023 އާ ހަމަށް ވިލިމާލޭން ގުޅިފަޅަށް ގުޅާނެ
  •  ކޯޒްވޭ ތަކާއެކު ބްރިޖްގެ ދިގު މިން 6.7 ކިލޯ މީޓަރު
  •  ސުޕަ ބްރިޖްގެ ދިގު މިނަކީ 3.6 ކިލޯ މީޓަރު
  •  ބްރިޖަށް 400 މިލިއަން ޑޮލަރުގެ ލޯނު ދެނީ އިންޑިއާގެ އެގްޒިމް ބޭންކުން
  •  މުޅި މަޝްރޫއުގެ އަގަކީ 500 މިލިއަން ޑޮލަރު
  •  އިންޑިއާގެ ހިލޭ އެހީގައި 100 މިލިއަން ޑޮލަރު
  •  220،000 ކިއުބިކް މީޓަރުގެ ސަރަހަދެއް ހިއްކާ ތޮށިލާން
  •  ބްރިޖާ ގުޅިފައިވާ ތިން ކިލޯމީޓަރުގެ މަގާއި ފާލަން ހިމެނޭ
  •  ބްރިޖްގެ މަސައްކަތުގައި 1،227 މުވައްޒަފުން ބައިވެރި ވާނެ
އެފްކޮންސްގެ "މަހަކްސިޔާ" ޖެކަޕް: މިހާރު ވަނީ ތިލަމާލެ ބްރިޖްގެ މަސައްކަތަށް ފުން ކަނޑަށް ގެންގޮސްފައި

މި ބްރިޖު މަސައްކަތުގެ ފީކަޅާކަމުގެ ވާހަކަ ދައްކަން ދިވެހިންގެ ގިނަ ބަޔަކަށް އެނގުނީ މީގެ ކުރިން ރާއްޖޭގައި ރަނގަޅު ޕްރޮޖެކްޓެއް ހިންގައި ސިނަމާލެ ބްރިޖް އަޅާފައި އޮތުމުންނެވެ. ރައީސް ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ޗައިނާ އިން މާލެއާއި ހުޅުލެ ގުޅުވާލި އެ މަސައްކަތަކީ ދިވެހިން އަބަދުވެސް މިސާލު ޖަހާނެ ފުރިހަމަ މަސައްކަތެކެވެ. 

އެ ބްރިޖް އެޅިއިރު ކައިރިން ކަންކަން ބައްލަވައި ވިލަރެސް ކުރެއްވީ މިހާރުގެ ރައީސް މުއިއްޒު އެވެ. ކޮންމެ ދުވަހަކު ބަރާބަރަށް ބްރިޖުގެ މައުލޫމާތު ރައްޔިތުންނަށް ހިއްސާ ކުރަމުން ގެންދެވި އެވެ. ކޮންމެ މަހަކު ނޫސްވެރިން ގެންދެވި އެވެ. ނޫސްވެރިން ބޭނުން ކޮންމެ އިރަކު އަޕްޑޭޓްތައް ދިނެވެ. ހޮޅިއެއް ޖެހިޔަސިސް ހޮޅިއެއް ނެއްޓިޔަސް ހޮޅިއެއް ވެއްޓުނަސް ރައީސް މުއިއްޒު ނޫސްވެރިން އެތަނަށް ގެން ގޮސް އެތަނެއް ދެއްކި އެވެ. އެ މައުލޫމާތުތައް ދިނުމުގައި އޭރު އުޅުއްވީ ވެސް ދިވެހިންނެވެ. އަދި ދިވެހި ރައްޔިތުންނަށް އޭރު ރީއްޗަށް މަސައްކަތް ފަހުމްވާ ގޮތަށް އެ މައުލޫމާތު ކޮންމެ ދުވަހަކު ހިއްސާ ކުރައްވަމުން ގެންދެވީ މިހާރުގެ އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބެވެ. 

އެއާ ހިލާފަށް ތިލަމާލެ ބްރިޖުގެ މައުލޫމާތު ނަގައިގަތް ސަރުކާރަކަށް ނުދެވުނެވެ. ފޮޓޯއެއް ނެގުން ވެސް މަނަލެވެ. އެހިސާބު ގަނޑާ ކައިރިވުން ވެސް މަނަލެވެ. ބްރިޖްގެ ކަންކަމަށް ހައުސިން މިނިސްޓްރީން އައްޔަން ކުރައްވާފައި ހުންނެވި މުވައްޒަފަށް އެކަމުގެ ފުލް އޮތޯރިޓީ ދީފައެއް ނޯވެ އެވެ. އޭނައަށް އެއްޗެއް ބުނެވެނީ އެފްކޮންސް އިން ނުވަތަ އިންޑިއާ އެމްބަސީން އެއްޗެއް ބުނިއްޔާ އެވެ. އޭނާގެ އަނގައިން ބުނާ ކޮންމެ ބަހެއް ފުރަތަމަ ވެރިފައިވާން ޖެހެނީ އެމްބަސީއަށެވެ. 

ދިގު ބްރިޖެއްގެ މަސައްކަތް ފެށި ފަސް އަހަރުގެ ވެރިކަމެއް ނިމިގެން ދިޔައިރު އެތަނުގެ މައްޗަށް އަރައި ދިވެހި ރައްޔިތުންނަށް އެންމެ މައުލޫމާތެއްވެސް ހައުސިން އިންފްރާސްޓްރަކްޗަރު މިނިސްޓަރު މުހައްމަދު އަސްލަމް ނުދެއްވަ އެވެ. "ފްލެޓުގެ މަސައްކަތުގައި ފިއްލަވައިގެން" އޭމާ އުޅުއްވި ގޮތަށް ބްރިޖްގެ މަސައްކަތުގައި ވެސް އޭނާ އުޅުއްވީ "ފިއްލަވައި" ގެނެވެ. ބްރިޖާ ގުޅޭ ގޮތުން ދޮގެއް ހަދަން ވެސް ހަމައެކަނި އެއްޗެއް ވިދާޅުވީ މަޖިލީހަށް ހާޒިރު ކުރުމުންނެވެ. އެތާނގައި ވެސް ވިދާޅުވަމުން ގެންދެވީ ހަމަ ބަރާބަރު ޓައިމްލައިނަށް ޝެޑިއުލަށް މަސައްކަތް ދެއެވެ. މަސައްކަތް ދަނީ ކުރެހި ގޮތަށެވެ، އެފްކޮންސްއިން ކުރާ ފެންވަރަށް މި މަސައްކަތް ކުރެވޭނެ ދެވަނަ ބައެއް ދުނިޔޭ ތާކުން ނުހޯދޭނެ އެވެ. އެކަމަކު އެހެން ދޮގު ހައްދަވަމުން ގޮސް އެންމެފަހުން މިނިސްޓަރު އަސްލަމްވެސް މަޖިލީހުގައި އިއުތިރާފުވެ ވަޑައިގަތެވެ. އެކަމަކު "ޓައިމް އެކްޓެންޝަނެ" އް ދޭން ގަސްތު ނުކުރައްވާ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

"އަޅުގަނޑު ގަބޫލު ކުރަން ބްރިޖް މަސައްކަތް ލަސްވުމެއް އުޅޭ.. "އޭގެ ތެރޭން [ލަސްވާ] ކަންތައް ތަކުން ކޮންމެ ވެސް މިންވަރެއް ކެޗަޕް ކުރެވޭނެ. ތަފްސީލްތައް އަޅުގަނޑަށް އެނގޭ. ބްރިޖުގެ މަސައްކަތުއި ލަސްވުމެއް އުޅޭ. އެކަމަކު ކުރިއަށް އެބަދޭ،" އަސްލަމް ވިދާޅުވި އެވެ. އަސްލަމް އިއުތިރާފުވެ ވަޑައިގަތް ފަހުން ވެސް މުޅި ސަރުކާރުން އަދި ރައީސް އޮފީހުންވެސް ހުރިހާ ތަނެއްގައި ވެސް ބުނަމުން އައީ ޝެޑިއުލާ އެއްގޮތަށް ބްރިޖްގެ މަސައްކަތް ހިނގަ އެވެ. އިންޑިއާ އެމްބަސީން ވެސް ބުނަމުން ގެންދިޔައީ އެހެނެވެ.

އަސްލަމްގެ އެ އިއުތިރާފު އޮތީ ހަމައެކަނި އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުގެ ތަޅުމުގަ އެވެ. އެކަން ރަނގަޅުކޮށް ސްޕީޑް ނަގަން ކުރެވުނު ކަމެއް ނެތެވެ. ކުރިހާވެސް ކަމަކީ ބްރިޖުގެ މަސައްކަތް އަވަސް ކުރަން އެފްކޮންސް އަށް އިތުރު ފައިސާ ދިނުމެވެ. އެކަމަށް މުޅި ސަރުކާރުން ކުރި ކަމެއް ރައްޔިތުންނަކަށް ނުފެނުނެވެ. ބްރިޖު އަޅަން ބަޖެޓުން ކުރި ހަަރަދު ދިޔައީ މަތިވަނުންނެވެ. ލޯނާއި ހިލޭ އެހީގައި ކުރަމުން ދިޔަ މި މަސައްކަތުގެ ދުވެލި ނުނެގި ދިޔައީ ގޯސް ހަދަމުންނެވެ. 

ރިޔާސީ އިންތިހާބުގެ ނާކާމިޔާބީއަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ގޮތުގައި އެ މަނިކުފާނުގެ ސަރުކާރުން ފެށި އެންމެ ބިޔަ މަޝްރޫއު، ތިލަމާލެ ބްރިޖު ނިމުނު ނަމަ، ރިޔާސީ އިންތިހާބުގެ ނަތީޖާއިން ތަފާތު ފެނުނީހެވެ.

"ތިލަމާލެ ބްރިޖު މަޝްރޫއު ނުނިމުމަކީ އަޅުގަނޑު ދެރަވާ ކަމެއް. އެކަން ކުރެވުނު ނަމަ، ކޮށް ނިންމުނު ނަމަ، އަޅުގަނޑުމެންގެ މި އިންތިހާބުގެ ނަތީޖާއަށް ހެޔޮ އަސަރެއް ކުރީސްކަން އަޅުގަނޑަށް ފާހަގަކުރެވޭ. އެހެން ނަމަވެސް، ޓެކްނިކަލް އެތައް މައްސަލައަކާ ހެދި އެކަން ފަސްވެގެން ގޮސްފައި އޮތްކަން ފާހަގަކުރެވޭ،" ކުރީގެ ރައީސް ސޯލިހް ވިދާޅުވި އެވެ.

ތިލަމާލެ ބްރިޖު މަޝްރޫއަށް ބަޖެޓުގެ ހަރަދު

  •  2023 ވަނަ އަހަރު - 543.8 މިލިއަން
  •  2024 ވަނަ އަހަރު - 1,181.7 ބިލިއަން
  •  2025 ވަނަ އަހަރު - 2,358.9 ބިލިއަން

ބްރިޖުން މިހާތަނަށް ނިންމުނީ 27 ޕަސެންޓް

ބްރިޖަށް ހެސްކިޔާފަ ސަރުކާރުން ހަރަދު ކުރަމުން ދިޔަ ނަމަަވެސް މި މަސައްކަތް އޮތް ހިސާބު ހަގީގަތުގައި ދިވެހިންނަށް އެނގިގެން މިދިޔައީ ވެރިކަން ބަދަލުވެ ރައީސް މުއިއްޒުގެ ވެރިކަން ފެށި މައުލޫމާތު ބަންޑުންވާން ފެށުމުންނެވެ. 

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ވިދާޅުވި ގޮތުގައި އާ ސަރުކާރުން މިހާތަނަށް ހޯދައި ބެލި ބެލުމުން ތިލަމާލެ ބްރިޖުން މިހާތަނަށް ނިމިފައި އޮތީ 27 ޕަސެންޓް މަސައްކަތެވެ. އަދި މިހާތަނަށް ނިމެންޖެހޭ 77 ޕަސެންޓު އޮތީ ނުނިމި އެވެ. އަތް ނުލަ އެވެ. 

މިޔަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ފިރުޒުލް ވާހަކަފުޅު ދައްކަވާ މަންޒަރު.. ފޮޓޯ: މި

"މިހާރު މަސައްކަތް ގޮސްފައިވާ ހިސާބަށް ބަލާއިރު އަސްލު ހަގީގަތުގައި ތިލަމާލެ ބްރިޖުގެ މަސައްކަތް މިއަދާ ހަމައަށް އަންނައިިރު 77 ޕަސެންޓް ނިމިފައި އޮންނަންޖެހޭ، ފުރަތަމަ އެކުލަވައިލެވުނު ތާވަލަށް ބަލާއިރު. އެހެންނަމަވެސް އެ ރިޕޯޓުގައި ވެސް ވާގޮތުން މިހާތަނަށް ނިމިފައިވަނީ 27 ޕަސެންޓް މަސައްކަތް،" ފިރުޒުލް ވިދާޅުވި އެވެ.

އާ ސަރުކާރުން ފުރަތަމަ އިސްކަން ދޭނީ މަސައްކަތް ލަސްވި ސަބަބުތައް ހޯދާށެވެ. އެއީ އާ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ މަސައްކަތް ހިމެނޭ " ހަފުތާ14 " ގެ ތެރޭގައި ހިމެނޭ ކަމެކެވެ. 

"އެ ކަންކަމަށްފަހު ދެން އަޅުގަނޑުމެންނަށް ރީޝެޑިއުލް ކުރެވިގެން އިތުރަށް ކުރަންޖެހޭ މަސައްކަތްތައް ފުރިހަމަކޮށް ނިންމައިލުމަށް އަޅުގަނޑުމެންނަށް މަގު ޗާޓަކާ ހަމައަށް އާދެވޭނީ،" ފިރުޒުލް ވިދާޅުވިއެވެ.

ކޮމެންޓް

3
450
ާމިނިވަން
5 months ago

އޭރުގެ ސަރުކާރުން އެގްރީމެންޓް ހާމަ ނުކުރަން ކޯޓައް ދިޔަ ވާހަކަ ހިމަނާލިނަމަ

ހުސޭނު
5 months ago

ހެވެއްނު ޖީބުތައް އޮންނާނީ ފުރިބާރުވެފަ އެވެރިންގެ

މަންޖެ
5 months ago

ދެން އަވަހަށް ނިންމާ. ކުރީ ސަރުކާރު - ބޭކާރު . އެމީހުން އެއި އެއްވެސް ކަމެއްވި ބައެއްނޫން

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.