ސަރުކާރުގެ ބައެއް އިސް މަގާމުތަކަށް ބޭފުޅުން އައްޔަން ކުރައްވައިފި

ރައީސުލްޖުމްހުރިއްޔާ ވަނީ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި އިތުރު ހަތަރު ބޭފުޅަކު އައްޔަނު ކުރައްވާފަ އެވެ.

މިއަދު މަގާމުތަކަށް އައްޔަން ކުރެއްވި ބޭފުޅުން

ސަރުކާރުގެ ބައެއް އިސް މަގާމުތަކަށް ބޭފުޅުން އައްޔަން ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއް ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، ސަރުކާރުގެ ބައެއް އިސް މަގާމުތަކަށް ބޭފުޅުން އައްޔަން ކުރައްވައިފައިވާ ކަމަށެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީގެ މަގާމަށް، ޅ. ހިންނަވަރު ބޮޑުފެންޑާގެ އަބްދުﷲ ނާޒިމް އިބްރާހީމް ވަނީ އައްޔަނު ކުރައްވާފަ އެވެ. އެ މަގާމަށް ނާޒިމް އައްޔަން ކުރެއްވީ މިނިސްޓަރު ފެންވަރު ގައެވެ.

ރައީސުލްޖުމްހުރިއްޔާ ވަނީ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި އިތުރު ހަތަރު ބޭފުޅަކު އައްޔަނު ކުރައްވާފަ އެވެ.

  •  މިނިސްޓަރު އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް - މުހައްމަދު ފަހުމީ ހަސަން
  •  މިނިސްޓަރު އޮފް ސްޓޭޓް ފޯ ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން - އިބްރާހީމް ޢާމިރު
  •  ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގޭގެ ސްޓޭޓް މިނިސްޓަރު - ފާތިމަތު ޝަމްނާޒް އަލީ ސަލީމް
  •  ކޮމިޝަނަރު އޮފް ޕްރިޒަންސް - ހަސަން ޒަރީރު

މީގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ފާތިމަތު ޝަމްނާޒް އަލީ ސަލީމަކީ މާލެ ސިޓީ ކައުންސިލްގެ މެންބަރެކެވެ. އޭނާ ވަނީ މަގާމާއި ހަވާލުވެވަޑައިގަތުމަށް އިއްޔެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ސަރުކާރުގެ ބައެއް އިސް މަގާމުތަކަށް އިއްވެސް ބައެއް ބޭފުޅުން ވަނީ އައްޔަން ކުރައްވާފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2023 Mi. All rights reserved.