ޖަލުތަކުގެ ވެރިއަކަށް ހަސަން ޒަރީރު އައްޔަން ކުރައްވައިފި

ކޮމިޝަނަރު އޮފް ޕްރިޒަންސްގެ މަގާމަށް ހަސަން ޒަރީރު އައްޔަން ކުރެއްވުން

ކޮމިޝަނަރު އޮފް ޕްރިޒަންސް -- ޖަލުތަކުގެ ވެރިއަކަށް ހަސަން ޒަރީރު އައްޔަން ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ކޮމިޝަނަރު އޮފް ޕްރިޒަންސްގެ މަގާމަށް ހަސަން ޒަރީރު، އައްޔަން ކުރައްވާ އޭނާ އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފަތްކޮޅު ދެއްވާފައިވާ ކަމަށެވެ.

ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި ކުރީން ހުންނެވީ އަހްމަދު މުހައްމަދު ފުޅެވެ. އޭނާ ވަނީ މި މަހުގެ 18 ވަނަ ދުވަހު މަގާމުން ވަކިވެވަޑައިގެންފައެވެ.

ޖަލުތައް އިސްލާހު ކުރުމަކީ ކޮންމެ ސަރުކާރެއްގެ އެޖެންޑާ ގައި އެންމެ އިސްކަން ދީފައި އޮންނަ ކަންކަމުގެ ތެރެއިން ކަމެކެވެ. ހާއްސަ ކޮށް ޖަލުގައި އަނިޔާ ކުރުމާއި ލާއިންސާނީ އަމަލުތައް ހުއްޓުވުމާއި ގައިދީންގެ ހައްގުތައް ކަށަވަރު ކޮށްދިނުން ހިމެނެ އެވެ. މިދިޔަ ފަސް އަހަރު އޮތް ސަރުކާރުން ވެސް އެ މަސައްކަތް ކުރާނެ ކަމަށް ވައުދުވި އެވެ. ނަމަވެސް ފަސް އަހަރު ނިމިގެން ދިޔައީ ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވި އެވެ.

ޖަލުތަކުގެ ވެރިއަކަށް އާ ސަރުކާރުން އައްޔަން ކުރި ހަސަން ޒަރީރާއި ގުޅޭ އިތުރު މައުލޫމާތެއް ސަރުކާރުން އަދި ހާމައެއް ނުކުރެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.