ކަސްޓަމުގެ ވެރިއަކަށް މާނިއު

‏މި މަގާމަށް ޔޫސުފް މާނިއު މުހައްމަދު އައްޔަނު ކުރައްވާފައި ވަނީ ސްޓޭޓް މިނިސްޓަރު ފެންވަރުގަ އެވެ.

ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ހަމަޖެއްސެވީ މާނިއު

ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ބޭފުޅަކު ހަމަޖައްސަވައިފި އެވެ.

އެ މަގާމަށް ހަމަޖައްސަވާފައި ވަނީ ގ. އަތަ، ޔޫސުފް މާނިއު މުހައްމަދެވެ. ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ޔޫސުފް މާނިއު މުހައްމަދު އައްޔަނު ކުރެއްވި ކަމުގެ ލިޔުން ހަވާލުކުރެއްވުމުގެ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ ކުރިފުޅުމަތީ ގައި ކަސްޓަމްސް އޮފިސަރުންގެ ހުވައި ޔޫސުފް މާނިއު މުހައްމަދު ‏ކުރެއްވި އެވެ.

‏މި މަގާމަށް ޔޫސުފް މާނިއު މުހައްމަދު އައްޔަނު ކުރައްވާފައި ވަނީ ސްޓޭޓް މިނިސްޓަރު ފެންވަރުގަ އެވެ.

މާނިއު ކުރީން ވަނީ އިންޓަގްރިޓީ ކޮމިޝަންގެ ރައީސްކަން ކުރައްވާފައެވެ.

މީގެ ކުރީން ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމު ފުރުއްވީ އަބްދުﷲ ޝަރީފެވެ. އޭނާ ވަނީ މި މަހުގެ ހަވަނަ ދުވަހު މަގާމުން ރިޓަޔާ ކުރައްވާފައެވެ. އަބްދުﷲ ޝަރީފް ވަޒީފާއިން މިއަދު ރިޓަޔާ ކުރެއްވި އިރު އެނާ ވަނީ 28 އަހަރުގެ މުއްދަތަކަށް ކަސްޓަމްސްއަށް ހިދުމަތް ކޮށްދެއްވާފަ އެވެ.

ސްޓޭޓް މިނިސްޓަރު ފެންވަރުގައި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ޝަރީފް އައްޔަން ކުރެއްވީ ޖޫން 2020ގަ އެވެ. އޭނާ އެ މަގާމާ ހަވާލުވުމުގެ ކުރިން ހުންނެވީ މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ޑެޕިއުޓީ ކޮމިޝަނާ ކަމުގައެވެ.

ޝަރީފް، ޑެޕިއުޓީ ކޮމިޝަނާގެ މަގާމުން ސީޖީގެ މަގާމަށް ބަދަލުކުރެއްވީ އޭރު އެ މަގާމުގައި ހުންނެވި އަހްމަދު ނުއުމާން، 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ހަތް ވަނަ ދުވަހު އަވަހާރަވުމާއި ގުޅިގެންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.