އަރަބި ބަސް ދަސްކޮށްދޭ ސެންޓަރެއް ގާއިމު ކުރަނީ

މިއަދުގެ ބައްދަލްވުމު ގައި މިސްރުގައި ރާއްޖޭގެ ސަގާފީ މަރުކަޒެއް ގާއިމު ކުރުމަށާއި ދިވެހިން ޝައުގުވެރިވާ އިސްލާމީ ތާރީހީ ސިލްސިލާ ފިލްމުތައް ފަސޭހައިން ލިބޭނެ ގޮތްތައް ހައްދަވާ ދެއްވުމަށް ވަޒީރު ނަސީރު އެދިވަޑައިގަތެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަަޒީރު އާދަމް ނަސީރު އިބްރާހީމް

ދިވެހިރާއްޖޭގައި އަރަބި ބަސް ދަސްކޮށްދޭ ސެންޓަރެއް ގާއިމު ކުރުމުގެ މަސައްކަތާއި އެކަމަށް ބޭނުން ވާނެ މުދައްރިސުން މިސްރުން ހަމަޖެއްސެވުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި އެވެ.

އެ މަޝްވަރާ ކުރައްވާފައި ވަނީ ދިވެހިރާއްޖެއާ މިސްރާ ދެމެދުގައި ޒަމާނުއްސުރެ އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކޮށް ދެ ގައުމުން ވެސް އިސްކަންދޭ ކަންކަމުގައި އެކުގައި މަސައްކަތް ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަަޒީރު އާދަމް ނަސީރު އިބްރާހީމް މިސްރުގެ ސަފީރު މާޖިދު މުސްލިހާ މިއަދު ބައްދަލު ކުރައްވާފައެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ އިން ބުނި ގޮތުގައި ދިވެހިރާއްޖޭގައި އަރަބި ބަސް ދަސްކޮށްދޭ ސެންޓަރެއް ގާއިމު ކުރުމުގެ މަސައްކަތާއި އެކަމަށް ބޭނުން ވާނެ މުދައްރިސުން މިސްރުން ހަމަޖެއްސެވުމާއި ގުޅޭގޮތުން ދެ ބޭފުޅުން މަޝްވރާ ކުރެއްވި އެވެ. މި މަސައްކަތަކީ މުސްތަގުބަލު ގައި ވަރަށް ފުޅާކޮށް ކުރިއަށް ދާނެ މަސައްކަތެއް ކަން ފާހަގަ ކުރައްވައި މިކަމުގެ ސަބަބުން ރާއްޖޭގެ އިސްލާމީ ވަހްދަތާއި ގައުމީ ވަންތަކަމާއި އަދި ދެ ގައުމުގެ ސަގާފީ ކަންކަން ވަރުގަދަ ވެގެން ދާނެ ކަން މިސްރުގެ ސަފީރު ވަނީ ފާހަގަ ކުރައްވާފަ އެވެ.

މިއަދުގެ ބައްދަލްވުމު ގައި މިސްރުގައި ރާއްޖޭގެ ސަގާފީ މަރުކަޒެއް ގާއިމު ކުރުމަށާއި ދިވެހިން ޝައުގުވެރިވާ އިސްލާމީ ތާރީހީ ސިލްސިލާ ފިލްމުތައް ފަސޭހައިން ލިބޭނެ ގޮތްތައް ހައްދަވާ ދެއްވުމަށް ވަޒީރު ނަސީރު ހުށަހެޅުއްވި އެވެ. ސަފީރު ވަނީ އެކަންކަން ކުރެއްވުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.

މިއަދުގެ ބައްދަލްވުމުގައި އެންމެ މުހިންމު ކަމަކަށް ހުށައެޅުނީ ދެ ގައުމުގެ ރަހްމަތްތެރި ކަމުގެ ރަމުޒު ތަކެއްގެ ގޮތުން މިސްރުގެ ވެރިރަށް ގާހިރާގެ މަގަކަށް ދިވެހި ނަމެއް ދިނުމާއި ދިވެހިރާއްޖޭގެ މަގަކަށް މިސްރުގެ ނަމެއް ދިނުމެވެ. ނަމަވެސް އެ ހުށައެޅުމާއި ގުޅޭގޮތުން އިތުރު ތަފްސީލެއް ނުދެއެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގައި ހުރި ސަގާފީ ތަރިކަތައް ރައްކާތެރި ކުރުމުގައި މިސްރުގެ އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީންކަން ދެއްވި އެވެ. ހާއްސަކޮށް ޔުނެސްކޯ ވޯލްޑް ހެރިޓޭޖް ލިސްޓުގައި ދިވެހިރާއްޖޭގެ ހިރިގަލު މިސްކިތްތައް ޝާމިލު ކުރުމުގެ މަސައްކަތު ގައި އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވެސް މިސްރުގެ ސަފީރު ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

1
450
ހުސަެނުބެ
8 months ago

ދިވެހި ބަސް ކުރިއަރުވާ މިނިސްޓަރ ފުރަތަމަ މިހޯދީ އަރަބިބަސް ކިޔަވާ ދެވޭނެ ގޮތެކެވެ. ހައްހައް

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.