މިސްރުގެ މަގަކަށް ދިވެހި ނަމެއް، ރާއްޖޭގެ މަގަކަށް މިސްރުގެ ނަމެއް ދެނީ

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަަޒީރު އާދަމް ނަސީރު އިބްރާހީމް މިސްރުގެ ސަފީރު މާޖިދު މުސްލިހާ މިއަދު ވަނީ ބައްދަލު ކުރައްވާފައެވެ.

މިނިސްޓަރު އާދަމް ނަސީރު، މިސްރުގެ ސަފީރު މާޖިދު މުސްލިހާއި ބައްދަލު ކުރައްވަނީ

ރާއްޖެ-މިސްރު ރަހުމަތްތެރި ކަމުގެ ރަމުޒެއްގެ ގޮތުން މިސްރުގެ ވެރިރަށް ގާހިރާގެ މަގަކަށް ދިވެހި ނަމެއް ދިނުމާއި ދިވެހިރާއްޖޭގެ މަގަކަށް މިސްރުގެ ނަމެއް ދިނުމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފި އެވެ.

އެކަމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައި ވަނީ ދިވެހިރާއްޖެއާ މިސްރާ ދެމެދުގައި ޒަމާނުއްސުރެ އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކޮށް ދެ ގައުމުން ވެސް އިސްކަންދޭ ކަންކަމުގައި އެކުގައި މަސައްކަތް ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަަޒީރު އާދަމް ނަސީރު އިބްރާހީމް މިސްރުގެ ސަފީރު މާޖިދު މުސްލިހާ މިއަދު ބައްދަލު ކުރައްވާފައެވެ.

މި ބައްދަލުވުމުގައި ދިވެހިންގެ ސަގާފަތާއި ގައުމީ ތަރިކަ ދިރުވާ އާލާ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ ތަސައްވަރެއް ކަމަށް ވަޒީރު ފާހަގަ ކުރެއްވި އެެވެ.

އަދި މި ތަސައްވަރަށް ފަހިކަން ލިބޭ ގޮތަށް މުހިއްމު އެހީތެރި ކަމެއް ދެއްވަން ހުށަހެޅުއްވީތީ އެކަމަށްޓަކައި ވަޒީރު ވަނީ މިސްރުގެ ސަފީރަށް ޝުކުރު ދަންނަވާފައެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ދެ ބޭފުޅުން މަޝްވަރާ ކުރައްވާ ފައި ވަނީ 2024 ވަނަ އަހަރަކީ ދިވެހިރާއްޖެ އާއި މިސްރުގެ ހާރިޖީ ގުޅުމަށް 55 އަހަރު ފުރޭ އަހަރު ކަމަށް ވުމާ ގުޅިގެން އެ ވުޒާރާގެ ދާއިރާއިން ތަފާތު ހަރަކާތްތަކެއް ރާވާ ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުންނެވެ.

މިނިސްޓަރު އާދަމް ނަސީރު، މިސްރުގެ ސަފީރު މާޖިދު މުސްލިހާއި ބައްދަލު ކުރައްވަނީ

މިއަދުގެ ބައްދަލްވުމުގައި އެންމެ މުހިންމު ކަމަކަށް ހުށައެޅުނީ ދެ ގައުމުގެ ރަހްމަތްތެރި ކަމުގެ ރަމުޒު ތަކެއްގެ ގޮތުން މިސްރުގެ ވެރިރަށް ގާހިރާގެ މަގަކަށް ދިވެހި ނަމެއް ދިނުމާއި ދިވެހިރާއްޖޭގެ މަގަކަށް މިސްރުގެ ނަމެއް ދިނުމެވެ. ނަމަވެސް އެ ހުށައެޅުމާއި ގުޅޭގޮތުން އިތުރު ތަފްސީލެއް ނުދެއެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގައި އަރަބި ބަސް ދަސްކޮށްދޭ ސެންޓަރެއް ގާއިމު ކުރުމުގެ މަސައްކަތާއި އެކަމަށް ބޭނުން ވާނެ މުދައްރިސުން މިސްރުން ހަމަޖެއްސެވުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވި އެވެ. މި މަސައްކަތަކީ މުސްތަގުބަލު ގައި ވަރަށް ފުޅާކޮށް ކުރިއަށް ދާނެ މަސައްކަތެ އްކަން ފާހަގަ ކުރައްވައި މިކަމުގެ ސަބަބުން ރާއްޖޭގެ އިސްލާމީ ވަހްދަތާއި ގައުމީ ވަންތަކަމާއި އަދި ދެ ގައުމުގެ ސަގާފީ ކަންކަން ވަރުގަދަ ވެގެން ދާނެ ކަން މިސްރުގެ ސަފީރު ވަނީ ފާހަގަ ކުރައްވާފަ އެވެ.

މިއަދުގެ ބައްދަލްވުމު ގައި މިސްރުގައި ރާއްޖޭގެ ސަގާފީ މަރުކަޒެއް ގާއިމު ކުރުމަށާއި ދިވެހިން ޝައުގުވެރިވާ އިސްލާމީ ތާރީހީ ސިލްސިލާ ފިލްމުތައް ފަސޭހައިން ލިބޭނެ ގޮތްތައް ހައްދަވާ ދެއްވުމަށް ވަޒީރު ނަސީރު ހުށަހެޅުއްވި އެވެ. ސަފީރު ވަނީ އެކަންކަން ކުރެއްވުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގައި ހުރި ސަގާފީ ތަރިކަތައް ރައްކާތެރި ކުރުމުގައި މިސްރުގެ އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީންކަން ދެއްވި އެވެ. ހާއްސަކޮށް ޔުނެސްކޯ ވޯލްޑް ހެރިޓޭޖް ލިސްޓުގައި ދިވެހިރާއްޖޭގެ ހިރިގަލު މިސްކިތްތައް ޝާމިލު ކުރުމުގެ މަސައްކަތު ގައި އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވެސް މިސްރުގެ ސަފީރު ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

3
450
ޝަހީދު
10 months ago

ދިވެހިރާއްޖޭގައި ސަގާފަތާއި އާދަކާދައާއި ތަރިކަ ދައްކައިދޭ މަރުކަޒެއް ގާއިމު ނުކުރެވި ތިބި ބަޔަކަށް އެހެން ގައުމެއްގައި އެފަދަ މަރުކަޒެއް ގާއިމުކުރެވޭނީ ކިހިނެއް؟ އެހެންޏާ މިބާވަތުގެ މަރުކަޒުތައް ގާއިމުކުރުމާ ގުޅިފައިވަނީ ހަންފެތުރުން

މަރީ
10 months ago

ހާދަ ވަރުގަދަ އުފެއްދުންތެރި މަސައްކަތެއް. ތި ކަން ނުކުރިޔަސް ހެޔޮ

މިސުރުބޯކިބާ
10 months ago

މިޒަމާނަށްފެތޭ ކްރިއޭޓިވް މަސައްކަތްތައް މިނިސްޓަރު ކުރައްވާނެ ކަމަށް އުންމީދުކުރަން.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.