ކުރީ ސަރުކާރުން ނުހިއްކާ ތަންތަނުން ގޯތި ކަނޑާ ރަޖިސްޓްރީ ދިން: ސަރުކާރު

"އެހެންވީމާ އެއީ ކިހާވަރެއްގެ ގާނޫނީ ބަދުދަނެއް އޮތް ލިޔުމެއްތޯ އެފަރާތްތަކަށް ދޫކުރެވުނީ އެއީ ކުރެވޭ ސުވާލެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ބިންވެރިޔާ ސްކީމުން ދޭ ގޯތިތަކުގެ ގުރު ނެގުން: ކުރީ ސަރުކާރުން ވުޖޫދުގައި ނެތް ތަންތަނުން ގޯތި ދޫކޮށްފައިވާކަން ސަރުކާރުން ވަނީ ހާމަކޮށްފައި --

ކުރީ ސަރުކާރުން، ހިކިފަސް ބިމެއް ނެތް ތަންތަނުން ގޯތި ދޫކޮށް ރަޖިސްޓްރީ ހަވާލުކޮށްފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަލީ ހައިދަރު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކުރީ ސަރުކާރުން ގޯތި ދޫކުރި އިރު ފަސްގަނޑެއް ނެތް ތަންތަނުން ގާނޫނާ ހިލާފަށް ގޯތި ދޫކޮށްފައިވާކަން ފާހަގަވެފައިވާ ކަމަށެވެ.

ގާނޫނު ބުނާ ގޮތުގައި، ގޯއްޗެއްގެ ރަޖިސްޓްރީ ދޫކުރެވޭނީ އިން ކަނޑައެޅުމަށްފަހުފަ އެވެ. ނެތް ތަނެއްގެ ރަޖިސްޓްރީ ދޫކޮށްފައި ވަނީ ކޮން ގޮތަކަށްތޯ މިނިސްޓަރު ސުވާލު އުފެއްދެވި އެވެ. އަދި އެގޮތަށް ގޯތި ދޫކޮށް، ރަޖިސްޓްރީ ހަވާލު ނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

"އެހެންވީމާ އެއީ ކިހާވަރެއްގެ ގާނޫނީ ބަދުދަނެއް އޮތް ލިޔުމެއްތޯ އެފަރާތްތަކަށް ދޫކުރެވުނީ އެއީ ކުރެވޭ ސުވާލެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ކުރީ ސަރުކާރުން ހިންގި "ބިންވެރިޔާ" ސްކީމްގެ ދަށުން ގޯތި ލިބުނު 5000 މީހުންގެ މެދުގައި ގުރު ނެގުމަށްފަހު ރަޖިސްޓްރީ ވަނީ ހަވާލުކޮށްފަ އެވެ. ގޯތި ދޫކޮށްފައި ވަނީ ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅުންނެވެ. ގޯއްޗަށް އިއުލާނު ކުރި އެތަންތަން ދިޔައީ ހިއްކަމުންނެވެ.

މިނިސްޓަރު މިއަދު ވިދާޅުވީ އޭރު ގުޅިފަޅުންނާއި ގިރާވަރުފަޅުން ގޯތި ދޫކޮށްފައި ހުރީ "ގޮޅިތަކެއް" ހެން އެއްވެސް ގޮތެއް ނެތް ގޮތަކަށް ކަމަށެވެ. އެއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ގޮތެއް ނޫން ކަމަށް ވިދާޅުވި އެވެ.

"ހަމަ ގޮޅި ޖަހާލާފަ ހުރީ، އެއްވެސް އެހެންކަހަލަ ހިދުމަތެއް ދޭނެ ބިމެއް، ހުސް ޖާގައެއް، އެކަހަލަ އެއްވެސް ކަމެއް ނެތް. އެގޮތަށް ގޮޅި ޖަހާލައިގެން ބިން ދޫކުރުމަކީ އަޅުގަނޑަށް ހީވާ ގޮތުން އެތާ ދިރިއުޅޭ ބަޔަކަށް ވެސް ވަރަށް ދަތިވާނެ ކަމެއް. އަނެއްކާ އާބަން ޕްލޭނިން މިންގަނޑަކުން ބަލާއިރު ވެސް ކޮށްގެންވާނެ ކަމެއް ނޫން އެއީ،" މިނިސްޓަރު ވިދާޅުވި އެވެ.

ކުރީ ސަރުކާރުން ބިން ދޫކުރަމުން ދިޔައީ ވުޖޫދުގައި ނެތް ތަނަކުން ކަމަށް އޭރު އިދިކޮޅުގައި ތިބެގެން ވެސް ސަރުކާރުން ދިޔައީ ގޮވާލަމުންނެވެ. ނަމަވެސް، އެކަމަށް އޭރު ސަރުކާރުން އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2023 Mi. All rights reserved.