"ހުޅުމާލެ ފޭސް 3 އާއި ފުށިދިއްގަރުފަޅު ހިއްކުމުން 75،000 ފްލެޓް އެޅޭނެ"

"މާލޭން ނުލިބޭނެ ބައިބަރު ހިދުމަތްތައް ވެސް އެތަނުން ލިބެން ހުންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުގެ ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަލީ ހައިދަރު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

ބޯހިޔާވަހިކަމަށް ދިމާވެފައިވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ކުރިއަށް އޮތް 20 އަހަރަށް ރައީސް ޑރ. މުއިއްޒު އެކުލަވާލާފައިވާ އާބަން ޕްލޭނަށް ބިން އިތުރުވެ، 75،000 ހައުސިން ޔުނިޓް އުފެދިގެން ދާނެ ކަމަށް ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒުގެ މެނިފެސްޓޯގައި، ދުރުރާސްތާ ޕްލޭންގައި ކުރިއަށް އޮތް 20 އަހަރުގެ ތެރޭގައި އުފެދިގެން ދާނީ 65،000 ފްލެޓެވެ. މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ވެރިކަމަށް ވަޑައިގަތް އިރު އާބަން ޑިވެލޮޕްމެންޓް ޕްލޭންތައް ނިންމާފައިވީ ނަމަވެސް، އިތުރަށް ބިން ލިބޭތީ ހައުސިން ފްލެޓްތައް އިތުރުކުރަން ނިންމާފައިވާ ކަމަށެވެ.

"އޭރު ދެންނެވި 60،000 އަށްވުރެ ވެސް ގިނަވާނެއޭ. އަޅުގަނޑު ދަންނަވާނަން އަދި އެއަށްވުރެ ވެސް ގިނަވާނެއޭ. އެއީ އަޅުގަނޑުމެންނަށް މިހާރު އިތުރު ބިންތަކެއް ވެސް އެބަ ލިބޭ. ހުޅުމާލެ ފޭސް 3 އަކީ މިސަރުކާރުން ޕްލޭންކޮށްފަ އޮތް ތަނެއް ނޫން، އެކަމަކު މިދިޔަ ސަރުކާރުން އެތަން އޮތީ ހިއްކަން ފަށާފަ، އެހެންވީމަ އެތަނަކީވެސް އިތުރު ބިން،" މިނިސްޓަރު ވިދާޅުވި އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ އިތުރުން، ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ހިންގަން ހަމަޖައްސާފައިވާ ފުށިދިއްގަރުފަޅު ހިއްކުމުން ލިބޭ ސަރަހައްދު ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެތަނުން 1280 ހެކްޓަރުގެ ބިމެއް ލިބޭނެ ކަމަށް ވިދާޅުވި އެވެ. އެއީ ހުޅުމާލެ ދެފިޔަވަހި އެއްކޮށްލީމަ ވާވަރުގެ ތިން ގުނަ އެވެ.

"މާލޭން ނުލިބޭނެ ބައިބަރު ހިދުމަތްތައް ވެސް އެތަނުން ލިބެން ހުންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ހިދުމަތްތަކުގެ ތެރޭގައި، ރަގަޅު ފެންވަރުގެ ސްކޫލްތަކާއި ޔުނިވާސިޓީތަކާއި ހޮސްޕިޓަލްތައް އަދި ކުޅިވަރު ކުޅޭނެ ސަރަހައްދުތަކުގެ އިތުރުން އިގްތިސޯދީ މަސައްކަތްތައް ކުރާނެ ސަރައްދުތައް ހިމެނެ އެވެ. އަދި ފަތުރުވެރިކަމުގެ މަސައްކަތް ހިންގާނެ ސަރަހައްދުތަކާއި ކުނި މެނޭޖް ކުރާނެ ސަރަހަދުތައް ވެސް ފުށިދިއްގަރުފަޅުގައި ހަދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މި ސަރުކާރުން [ގެނެސްދެނީ] ޓޯޓަލް ހައުސިން ސޮލިއުޝަން އެކޭ ރައީސް ވެސް ވިދާޅުވި އިންތިހާބު ތެރޭގަ، ފުށިދިއްގަރުފަޅުން އަޅުގަނޑުމެންނަށް މި ލިބެނީ. އެއީ މުޅިއަކު 75،000 ހައުސިން ޔުނިޓަކީ މުޅި މި ސަރަހައްދަށް ކުރިއަށް އޮތް 20 އަހަރަށް ފުދޭ ވަރަށް ގެދޮރު ހޯދައިދިނުން،" މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ، ށިދިއްގަރުފަޅު އެކަނި ވެސް 1600 އަކަފޫޓްގެ 11،000 ގޯއްޗާއި 1400 އަކަފޫޓްގެ 20،000 ފްލެޓް އެޅޭނެ ބިން ލިބޭނެ އެވެ. އަދި ގުޅިފަޅުގައި 5،000 ގޯއްޗާއި 15،000 ފްލެޓް އެޅޭނެ ބިން ލިބޭނެ އެވެ. މިދިޔަ ސަރުކާރުން ކުރިއަށް ގެންދަން ނިންމި ޕޯޓް ގުޅިފަޅުގައި އެޅިޔަސް އެ އަދަދަށް ގޯއްޗާއި ފްލެޓް ލިބޭނެ ބިން ކަނޑައެޅޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2023 Mi. All rights reserved.