ޝަކުވާ ބޮޑުވެފައި އޮތުމުން ފްލެޓް ލިސްޓު ރިވިއުކުރަނީ

މިނިސްޓަރު އިތުރަށް ވިދާޅުވީ، ރައީސް އިންތިހާބުވުމަށްފަހު ފްލެޓާއި ގޯތި ދިނުމުގެ ކަންކަން މަޑު ޖައްސާލަން ކުރީ ސަރުކާރަށް އެންގުމުން އެކަމަށް އިހުތިރާމްކޮށްފައި ނުވާ ކަމަށެވެ.

ހައުސިން މިނިސްޓަރު ރ. އަލީ ހައިދަރު --

ނިމިދިޔަ ސަރުކާރުން "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ދޫކުރި ފްލެޓްތަކާ ގުޅިގެން ހުށަހެޅި ޝަކުވާތަކާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އެންގި ކަންކަން ބަލައި، ލިސްޓު ރިވިއު ކުރައްވާނެ ކަމަށް އާ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.

މިއަދު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށްފަހު މިނިސްޓަރު ވިދާޅުވީ ކުރީ ސަރުކާރުން ދީފައިވާ އެއްވެސް ފްލެޓެއް އަދި ބިމެއް އަތުނުލައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައި ވާތީ، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކުރިން ދީފައިވާ އެއްވެސް ތަނެއް އަތުނުލައްވާނެ ކަމަށެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން، ފުރަތަމަ ބުރުގައި ފްލެޓް ލިބުނު މީހުން ލިސްޓު ނެރެފައި ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާއި ފުރަތަމަ ބުރުގެ ދެމެދުގަ އެވެ. އެ ލިސްޓުން ފްލެޓް ލިބޭ މީހުން ދާއިމީ ލިސްޓު ކުރީ ސަރުކާރުން ނެރުނީ ވެރިކަން ނިމެން ވަރަށް ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށެވެ. 

ދާއިމީ ލިސްޓު ނެރެ، އެގްރިމެންޓްތަކުގައި ސޮއިކުރަމުން ދަނިކޮށް އޭސީސީން ވަނީ އެކަން ހުއްޓުވާފަ އެވެ. އޭސީސީން އެކަން ހުއްޓުވީ ގިނަ ބައެއްގެ ޝަކުވާތައް ހުރުމުންނެވެ.

އެކަންކަމަށް ރިއާޔަތްކޮށް މިނިސްޓަރު މިއަދު ވިދާޅުވީ، ސަރުކާރުން އެ ލިސްޓާ މެދު ގޮތެއް ނުނިންމާ ތިބީ އޭސީސީން ވަކި ގޮތެއް އަންގަންދެން ކަމަށެވެ. އޭސީސީގެ ލަފަޔާ އެކީގައި ލިސްޓު ރިވިއުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ރައީސް އިންތިހާބުވުމަށްފަހު ފްލެޓާއި ގޯތި ދިނުމުގެ ކަންކަން މަޑު ޖައްސާލަން ކުރީ ސަރުކާރަށް އެންގުމުން އެކަމަށް އިހުތިރާމްކޮށްފައި ނުވާ ކަމަށެވެ.

"އެހިސާބުން [ރައީސް މުއިއްޒު އިންތިހާބުވުމާ ހިސާބުން] ދޫކޮށްފަ ހުރި އެއްވެސް ބިމެއް ނުވަތަ ފްލެޓަކަށް މި ސަރުކާރަކުންނެއް ބޭނުމެއް ނޫން އިހުތިރާމް ކުރާކަށެއް. އެއީ، އަޅުގަނޑުމެން ރާވާފަ އެބަހުރި ވަރަށް ބޮޑެތި މަޝްރޫއުތައް، ހާއްސަކޮށް ގުޅިފަޅުގައާ ގިރާވަރުފަޅުގައާ އަދި މާލޭގައާ ހުޅުމާލޭގަ ވެސް، އޭގެ އިތުރުން ފުށިދިއްގަރުފަޅުގަ،" މިނިސްޓަރު ހައިދަރު ވިދާޅުވި އެވެ.

ހައުސިން މިނިސްޓަރު ރ. އަލީ ހައިދަރު --

އިތުރަށް މިނިސްޓަރު ވަނީ، ކުރީ ސަރުކާރުން ވުޖޫދުގައި ނެތް ތަންތަނުން ބިން ދޫކޮށް ރަޖިސްޓްރީ ދޫކޮށްފައި ވާތީ އެކަމަށް ފާޑުވިދާޅުވެފަ އެވެ. ގާނޫނު ބުނާ ގޮތުން، މީހަކަށް ބިމެއްގެ ރަޖިސްޓްރީ ދެވޭނީ އިން ވަކިކޮށްފައި ކަމަށް ވިދާޅުވި އެވެ. އެހެންކަމުން އެ ލިޔުމަށް ގާނޫނީ ގޮތުން ދެވޭނެ ބުރަދަނަކާ ގުޅޭ ގޮތުން މިނިސްޓަރު ވަނީ ސުވާލު އުފައްދަވާފަ އެވެ.

"އެހެންވީމާ އެއީ ކިހާވަރެއްގެ ގާނޫނީ ބަދުދަނެއް އޮތް ލިޔުމެއްތޯ އެފަރާތްތަކަށް ދޫކުރެވުނީ އެއީ ކުރެވޭ ސުވާލެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ގޯތި ދީފައި ހުރި ގޮތަށް ފާޑުވިދާޅުވަމުން މިނިސްޓަރު ވިދާޅުވީ ގުޅިފަޅުންނާއި ގިރާވަރުފަޅުން ކުރީ ސަރުކާރުން ބިން ދޫކޮށްފައި ހުރީ ހަމައެކަނި ގޮޅިތަކެއް ކަމަށެވެ. އެތަނުގައި އެހެން ކަމެއް ކޮށްލެވޭނެ ޖާގައާއި އިތުރު އެއްވެސް ހުސް ޖާގައެއް ވެސް ނެތް ކަމަށް ވިދާޅުވި އެވެ. އެއީ މީހުން ދިރިއުޅުމަށް ވަރަށް ބޮޑަށް ދަތިވާނެ ކަމެއް ކަން ވެސް ފާހަގަކުރެއްވި އެވެ.

ކޮމެންޓް

2
450
ޙަބީބު
10 months ago

ވޯޓުގެ ކުރިންނާ ފަހުންވެސް ބުނީ ނާތުލާނެ ވާހަކައެވެ.މިނިކާ ބާޒަށް ވެރިކަން ލިބުމާއެކު ފޭރިގައްނަނީއެވެ.

ދޮގު
10 months ago

މުއިއްޒު ދޮގު ހެދީ ދޯ، މިއީ ވާވަރަކީ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.