މޯލްޑިވްސް ބޯޓިން އެވޯޑް | އެންމެންގެ ވޯޓް އަލްޝާލީއަށް

އަލްޝާލީ މެރިން މި އަހަރުގެ ބޯޓިން އެވޯޑުގެ ގިނަ ކެޓަގަރީތަކުން އެވޯޑަށް ނޮމިނޭޓްވެފައިވެ އެވެ.

އެވޯޑަށް ވާދަ ކުރާ އަލްޝާލީ އުޅަނދެއްގެ އެތެރެ
އަލްޝާލީ މެރިންގެ ލޯންޗެއް: މި ލޯންޗް ވަނީ އެވޯޑަށް ނޮމިނޭޓްވެފަ

އުޅަނދެއް ބަންނަން ބޭނުންވާނެ ހުރިހާ ސާމާނެއް ފުރިހަމަ ހިދުމަތާއެކު ލިބޭނީ ކޮން ތަނަކުންހޭ އަހައިފިނަމަ ގިނަ މީހުން ބުނާނީ އަލްޝާލީ މެރިންގެ ޔާޑުންނެވެ. މިއީ އެންމެން ދަންނަ ކަމެކެވެ. މި ފުރިހަމަ ހިދުމަތްދޭ ކުންފުނި މިވަނީ މި އަހަރުވެސް ބޯޓިން އެވޯޑަށް ނޮމިނޭޓްވެފަ އެވެ. އެހެންވެ ގިނަ ބަޔަކު ވޯޓް ދެމުން ގެންދަނީ މި ކުންފުންޏަށެވެ. 

މި އަހަރު ވެސް މި އެވޯޑު އަލްޝާލީ މެރިން މިވަނީ ނޮމިނޭޓްވެފަ އެވެ. މި އަހަރު ވެސް އަލްޝާލީ މެރިން މޯލްޑިވްސް މޯލްޑިވްސް ބޯޓިން އެވޯޑުގައި ލިސްޓު ދިގެވެ.

މި އަހަރުގެ އެވޯޑަށް އަލްޝާލީ މޯލްޑިވްސް އިން ނޮމިނޭޓްވެފައިވާ އުޅަނދުތަކުގެ ބައިގައި ހިމެނޭ 10 މީޓަރާއި 15 މީޓަރާ ދެމެދުގެ ކެޓަގަރީއަށް އެ ކުންފުނީގެ ތިން އުޅަނދެއް ނޮމިނޭޓްވެފައިވެ އެވެ. މި ބަޔަކަށް ނޮމިނޭޓްވެފައިވަނީ ކޮސްޓް ކްރާފްޓް 38 ޕްލަސް އާއި އޭއެސް 45 ގެ އިތުރުން އަލްޝާލީ މެޓްރޯ 45 އެވެ. މި ދެ އުޅަނދަކީ ވެސް މިވަގުތު ރާއްޖޭގައި ހުރި ޑިޒައިން އާއި މި ނޫން ގޮތްގޮތުންވެސް އެންމެ ތަފާތު ދެ އުޅަނދެވެ. 

ބޯޓިން އެވޯޑުގެ ނޮމިނޭޝަން

 • ބެސްޓް ޕްރޮޑަކްޝަން ފައިބަ ވެސަލް 10-5 މީޓަރު - ކެނެރީ 28
 • ބެސްޓް ޕްރޮޑަކްޝަން ފައިބަ ވެސަލް 15-10 މީޓަރު - ކޮސްޓް ކްރާފްޓް 38
 • ބެސްޓް ޕްރޮޑަކްޝަން ފައިބަ ވެސަލް 15-10 މީޓަރު - އޭއެސް 45
 • ބެސްޓް ޕްރޮޑަކްޝަން ފައިބަ ވެސަލް 15-10 މީޓަރު - އަލްޝާލީ މެޓްރޯ 45
 • ބެސްޓް ޕްރޮޑަކްޝަން ފައިބަ ވެސަލް 45-15 މީޓަރު - އައިލެންޑް ހޮޕާ 50
 • ބެސްޓް ޕްރޮޑަކްޝަން ފައިބަ ވެސަލް 45-15 މީޓަރު - އަލްޝާލީ މެޓްރޯ 55
 • ބެސްޓް ޕްރޮޑަކްޝަން ފައިބަ ވެސަލް 45-15 މީޓަރު - އަލްޝާލީ އެކްސްޕްރެސް 55
 • ބެސްޓް ޑިޒައިން އޮފް ދިއިޔާ / ކުންފުނި - އަލްޝާލީ މެޓްރޯ 55
 • ބެސްޓް ޑިޒައިން އޮފް ދިއިޔާ / ކުންފުނި - އޭއެސް 45
 • ބެސްޓް ޑިޒައިން އޮފް ދިއިޔާ / ކުންފުނި - އަލްޝާލީ އެކްސްޕްރެސް 45
 • މޮސްޓް ޕްރިފާޑް މެރިން ޖެނެރޭޓަރު - ޖިންގް ފެންގް ޕަވާ
 • ޑޮކްޔާޑް ސްލިޕްވޭ އޮފް ދި އިޔާ
އަލްޝާލީ މެރިން - އަލްޝާލީ މެރިން ރާއްޖޭގައި އިންވެސްޓް ކުރީ 2006 ގަ އެވެ. މި ކުންފުނި ރާއްޖޭގައި ހިދުމަތް ފަށާފައި ވަނީ އަލްޝާލީ މެރިން ދުބާއީ އާއި ރާއްޖޭގެ ވަރުފަދަ ކުންފުންޏެއް ކަމަށްވާ ކޯސްޓްލައިން ގުޅިގެން އުފެއްދި ޖޮއިންޓް ވެންޗާ ވިޔަފާރިއަކުންނެވެ. އެހެންވެ މިއީ މިހާރު ގިނަ މީހުން ގަބޫލު ކުރާ ގޮތުގައި ދިވެހި ކުންފުންޏެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.